Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހިސޯރު ހުއްޓާނުލައިފި ނަނަ، އޮމާން ކަނޑަކީ އެމެރިކާ އަށް ސަހަރާ އަކަށް ވާނެ: އީރާން

އެމެރިކާ އިން އީރާންގެ ބަނދަރުތައް ހިސޯރު ކޮށްފައި އޮތް އޮތުމަކީ، ހަނގުރާމައިގެ އަމަލެއްގެ ގޮތުގައި ރިޒާއީ ސިފަ ކުރެއްވި. އޭނާ ވިދާޅުވީ މިފަދަ އަމަލުތަކާ ދެކޮޅަށް ތެދުވުމަކީ އީރާން އަށް ލިބިގެންވާ ފުރިހަމަ ހައްގެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މެއި 2026 | ހޯމަ 11:24
އީރާންގެ އެކްސްޕީޑިއެންސީ ކައުންސިލްގެ މެމްބަަރު އަދި އީރާންގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ކުރީގެ ކޮމާާންޑަރު މުހްސިން ރިޒާއީ.

އީރާންގެ އެކްސްޕީޑިއެންސީ ކައުންސިލްގެ މެމްބަަރު އަދި އީރާންގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ކުރީގެ ކޮމާާންޑަރު މުހްސިން ރިޒާއީ. | ރޮއިޓާސް

އީރާންގެ ބަނދަރުތައް ބަންދުކޮށް އެމެރިކާ އިން ހިންގަމުން އަންނަ ހިސޯރު ކުރުންތައް ހުއްޓާނުލައިފި ނަމަ، އޮމާން ކަނޑަކީ އެމެރިކާގެ ސިފައިންގެ ސަހަރާ އަކަށް ވެގެންދާނެ ކަމުގެ އިންޒާރު އީރާންގެ އިސް އޮފިޝަލަކު ދެއްވައިފި އެވެ. 

މި އިންޒާރު ދެއްވާފައި ވަނީ އީރާންގެ އެކްސްޕީޑިއެންސީ ކައުންސިލްގެ މެމްބަަރު އަދި އީރާންގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ކުރީގެ ކޮމާާންޑަރު މުހްސިން ރިޒާއީ އެވެ. އީރާންގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ވާހަކަ ދައްކަވަމުން ރިޒާއީ ވިދާޅުވީ، އޮމާން ކަނޑަކީ އެމެރިކާގެ ސިފައިން ވަޅުލާ ތަނަކަށް ވުމުގެ ކުރިން، އީރާންގެ ބަނދަރުތައް ހިސޯރު ކޮށްގެން ތިބި ތިބުން ނިމުމަކަށް ގެންނަން އެމެރިކާގެ ސިފައިންނަށް ނަސޭހަތްތެރިވާ ކަމަށެވެ. 

އެއާ އެކު އޭނާ ވިދާޅުވީ، އީރާންގެ އަސްކަރިއްޔާ އޮތީ ކުރިމަތި ވެދާނެ ކޮންމެ ހަމަލާ އަކަށް ވެސް، އަދި ކުރިމަތިލުން ތަކަކަށް ވެސް ފުރިހަމަ އަށް ތައްޔާރަށް ކަމަށެވެ. އީރާން އިން އޮތީ އެއްވެސް ކަމެއް ފަސް ޖެހި، ދޫދޭ ގޮތަށް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

އެމެރިކާ އިން އީރާންގެ ބަނދަރުތައް ހިސޯރު ކޮށްފައި އޮތް އޮތުމަކީ، ހަނގުރާމައިގެ އަމަލެއްގެ ގޮތުގައި ރިޒާއީ ސިފަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ މިފަދަ އަމަލުތަކާ ދެކޮޅަށް ތެދުވުމަކީ އީރާން އަށް ލިބިގެންވާ ފުރިހަމަ ހައްގެއް ކަމަށެވެ. މީގެ އިތުރުން، އެމެރިކާ އިން ކަނޑުގެ މަގުން އީރާން ހިސޯރު ކޮށްފައި އޮންނަ އޮތުން ދިގު ދެންމި ވަރަކަށް، ދުނިޔޭގެ އެކި ޤައުމު ތަކަށް ލިބޭ ގެއްލުންތައް ބޮޑުވަމުން ދާނެ ކަމަށް ވެސް އޭނަ ފާހަގަ ކުރެއްވި އެވެ. 

ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން ކުރިއަށްދާ މަޝްވަރާތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރިޒާއީ ވިދާޅުވީ، އެމެރިކާ އަކީ އިތުބާރު ކުރެވޭ ފަރާތެއްކަން އަމަލުން ދައްކަން ޖެހޭ ކަމަށެވެ. މިހާރު އޮތް ޙާލަތުގައި އެމެރިކާ އަކީ އިތުބާރު ހުރި ބައެއްކަން ސާބިތު ކޮށްދޭން ޖެހޭނީ އެމެރިކާ އަމިއްލަ އަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އީރާންގެ ޑިޕްލޮމެސީގެ މަސައްކަތްތައް ކުރިއަށްދާ ވަގުތުގައި ވެސް، އީރާންގެ ހަތިޔާރު އެޅި ފައުޖުތައް ތިބީ ބަޑީގެ ގާފިލާގައި އަތްލައިގެން، ކޮންމެ ވަގުތެއްގައި ވެސް ހަމަލާ ދޭން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާ އިން އީރާންގެ ބަނދަރުތައް ހިސޯރު ކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު އެވެ. އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ، އޭނާ ބޭނުންވާ ޝަރުތުތަކުގެ މަތިން އީރާން އިން ސުލްޙައިގެ އެއްބަސްވުމަކަށް އަންނަންދެން މި ހިސޯރު ކުރުންތައް ދެމި އޮންނާނެ ކަމަށެވެ. ނަމަވެސް، އީރާން އިން ބުނަނީ އެމެރިކާގެ އެއްވެސް ފިއްތުމަކަށް އެ ޤައުމުން ބޯ ނުލަނބާނެ ކަމަށެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ

އިތުރަށް ކިޔާލަން

18 މެއި 2026

ޕާކިސްތާން މެދުވެރިކޮށް، އީރާންގެ ހުށަހެޅުން އެމެރިކާއާ ހިއްސާ ކޮށްފި

18 މެއި 2026
ޕާކިސްތާން މެދުވެރިކޮށް، އީރާންގެ ހުށަހެޅުން އެމެރިކާއާ ހިއްސާ ކޮށްފި
18 މެއި 2026

ދެ ދުވަހުގެ ތެރޭގައި އެމެރިކާ އިން ހަނގުރާމަ ފަށައިފާނެ: ޕްރޮފެސަރު މުޙައްމަދު އަލްމަސްރީ

18 މެއި 2026
ދެ ދުވަހުގެ ތެރޭގައި އެމެރިކާ އިން ހަނގުރާމަ ފަށައިފާނެ: ޕްރޮފެސަރު މުޙައްމަދު އަލްމަސްރީ
18 މެއި 2026

ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް އީރާން އަށް، "ސުލްޙަ ނުވެއްޖެ ނަމަ އެކައްޗެއް ވެސް ނުބަހައްޓާނަން!"

18 މެއި 2026
ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް އީރާން އަށް، "ސުލްޙަ ނުވެއްޖެ ނަމަ އެކައްޗެއް ވެސް ނުބަހައްޓާނަން!"
18 މެއި 2026

ޗައިނާ އާއެކު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް، ޚާއްސަ މަންދޫބަކަށް ޣަލިބާފް ހަމަޖައްސަަވައިފި

18 މެއި 2026
ޗައިނާ އާއެކު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް، ޚާއްސަ މަންދޫބަކަށް ޣަލިބާފް ހަމަޖައްސަަވައިފި
17 މެއި 2026

މެދުވެރިއެއްގެ ރޯލު އަދާކުރާއިރު، އީރާނުގެ އަސްކަރީ ބޯޓުތައް ބަހައްޓަން ޕާކިސްތާނުން ފުރުސަތު ދިން

17 މެއި 2026
މެދުވެރިއެއްގެ ރޯލު އަދާކުރާއިރު، އީރާނުގެ އަސްކަރީ ބޯޓުތައް ބަހައްޓަން ޕާކިސްތާނުން ފުރުސަތު ދިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު