Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާންގެ މަޝްވަރާތައް ކާމިޔާބު، އެކަމަކު ހަމަލާ ދޭން މި ތިބީ ތައްޔާރަށް: އެމެރިކާގެ ނައިބު ރައީސް

މިހާރުގެ ޙާލަތަށް ބަލާއިރު، ކަންކަން ދަނީ ރަނގަޅު މިސްރާބުގައި ކަމަށް ވީ ނަމަވެސް، އެމެރިކާގެ އަތުގައި "އޮޕްޝަން ބީ" އެއް އެބަ އޮތް ކަމަށް ވޭންސް ވިދާޅުވި. އެއީ މަޝްވަރާތައް ނާކާމިޔާބު ވެއްޖެ ނަމަ، އަސްކަރީ ކެމްޕެއިން އަލުން ފެށުން ކަމަށް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 މެއި 2026 | ބުދަ 01:48
ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެމެރިކާގެ ނައިބު ރައީސް ވޭންސް ވާހަކަ ދައްކަވަނީ.

ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެމެރިކާގެ ނައިބު ރައީސް ވޭންސް ވާހަކަ ދައްކަވަނީ. | ގެޓީ އިމޭޖަސް

އީރާން އާއެކު ކުރިއަށް ގެންދާ މަޝްވަރާތައް ކާމިޔާބު ކަމަށާއި، މަޝްވަރާ ތަކުން ކުރިއެރުން ތަކެއް ލިބެމުން އަންނަ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވޭންސް ވިދާޅުވީ، އީރާން އާއެކު ކުރިއަށްދާ ވާހަކަ ތަކުން އުންމީދީ ނަތީޖާ ތަކެއް ފެންނަމުން އަންނަ ކަމަށެވެ. ނަމަވެސް، އެންމެ ފަހުން ކަންކަން ނިމިގެން ދާނީ އެއްބަސްވުމަކަށް އައިސްގެން، ނުވަތަ ނޫންކަން އޭނާ ފާހަގަ ކުރެއްވި އެވެ. 

ވޭންސް މިހެން ވިދާޅުވެފައި މި ވަނީ އަންގާރަ ދުވަަހު އީރާން އަށް އަލުން ހަމަލާތައް ދޭން ނިންމި ކަމަށާއި، ނަމަވެސް ގަލްފުގެ ޤައުމު ތަކުގެ ވެރިން އެދިވަޑައިގެންނެވުމުން އެ ހަމަލާތައް ދިނުން މަޑު ޖައްސާލީ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ. ވޭންސް ވެސް ވިދާޅުވީ، އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އަލުން ހަމަލާ ދޭނެ ކަމަށެވެ.

އެމެރިކާ އާއި އީރާންއާ ދެމެދު އޮތް ނުތަނަވަސްކަން ބޮޑުވެފައިވާއިރު، ވޭންސް އަކީ އެމެރިކާގެ ފަރާތުން މަޝްވަރާ ތަކުގައި އިސްކޮށް ހުންނަވާ ބޭފުޅާ އެވެ. އެންމެ ފަހުން މިދިޔަ އޭޕްރީލް މަހު ޕާކިސްތާންގައި އޮތް މަޝްވަރާ ތަކަށް ވެސް ވަޑައިގެންނެވީ ވޭންސް އެވެ. ނަމަވެސް، އެ މަޝްވަރާ ތަކުގައި ވެސް އެއްވެސް ނަތީޖާއެއް ލިބިފައި ނުވެ އެވެ. ވޭންސް ވިދާޅުވީ، ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު އީރާން އަށް ނުދެވޭނެކަން އެ ޤައުމުން ވެސް ޤަބޫލު ކުރަން ޖެހޭ ކަމަށެވެ. 

މިހާރުގެ ޙާލަތަށް ބަލާއިރު، ކަންކަން ދަނީ ރަނގަޅު މިސްރާބުގައި ކަމަށް ވީ ނަމަވެސް، އެމެރިކާގެ އަތުގައި "އޮޕްޝަން ބީ" އެއް އެބަ އޮތް ކަމަށް ވޭންސް ވިދާޅުވި އެވެ. އެއީ މަޝްވަރާތައް ނާކާމިޔާބު ވެއްޖެ ނަމަ، އަސްކަރީ ކެމްޕެއިން އަލުން ފެށުން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ވޭންސް ވިދާޅުވީ، އެމެރިކާ އޮތީ "ލޮކްޑް އެންޑް ލޯޑަޑް" ނުވަތަ ކޮންމެ ވަގުތެއްގައި ވެސް ހަމަލާ ދޭން ތައްޔާރަށް ކަމަށެވެ. އެމެރިކާގެ ސަރުކާރުން އެ މަގުން ދާން ބޭނުން ނުވި ނަަމަވެސް، މަޖުބޫރު ވެއްޖެ ޙާލަތެއްގައި އެ ފިޔަވަޅު އެޅުމުގެ ޤާބިލުކަމާއި އިޚްތިޔާރު އެމެރިކާާގެ ރައީސް ޓްރަމްޕް އަށް އޮތް ކަމަށް ވޭންސް ވިދާޅުވި އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން ހަމަލާ ދިނުން ފަސްކޮށްލި ކަމަށް ޓްރަމްޕް ވިދާޅުވުމާއެކު ތެލުގެ އަގު ދަށަށް ހިނގައްޖެ

އީރާން ހަމަލާ ދިނުން ފަސްކޮށްލި ކަމަށް ޓްރަމްޕް ވިދާޅުވުމާއެކު ތެލުގެ އަގު ދަށަށް ހިނގައްޖެ

19 މެއި 2026
އީރާާނުގެ ހުށަހެޅުމުގައި ހިމަނާފައިވާ ކަންކަން ހާމަ ކޮށްފި

އީރާާނުގެ ހުށަހެޅުމުގައި ހިމަނާފައިވާ ކަންކަން ހާމަ ކޮށްފި

19 މެއި 2026
އީރާން އާއެކު ނިއުކްލިއާ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ވަރަށް ބޮޑު: ޓްރަމްޕް

އީރާން އާއެކު ނިއުކްލިއާ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ވަރަށް ބޮޑު: ޓްރަމްޕް

19 މެއި 2026
އަންގާރަ ދުވަހު އީރާން އަށް ހަމަލާ ދޭން ނިންމިން، މަޑު ޖައްސާލީ ގަލްފުގެ ވެރިން އެދިގެން: ޓްރަމްޕް

އަންގާރަ ދުވަހު އީރާން އަށް ހަމަލާ ދޭން ނިންމިން، މަޑު ޖައްސާލީ ގަލްފުގެ ވެރިން އެދިގެން: ޓްރަމްޕް

19 މެއި 2026
ސުލްޙައިގެ ބޭނުން ތަކަށް ޔުރޭނިއަމް މުއްސަނދި ކުރުމުގެ ހައްގު އީރާން އަށް އޮންނާނެ: ރަޝިޔާގެ ފޮރިން މިނިސްޓަރު

ސުލްޙައިގެ ބޭނުން ތަކަށް ޔުރޭނިއަމް މުއްސަނދި ކުރުމުގެ ހައްގު އީރާން އަށް އޮންނާނެ: ރަޝިޔާގެ ފޮރިން މިނިސްޓަރު

19 މެއި 2026

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު