Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާގެ އަސްކަރީ ހަތިޔާރު ހިފައިގެން ދަތުރު ކުރި ބޯޓެއް އިޒްރޭލް އަށް ޖައްސައިފި

އިޒްރޭލްގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުގައި، އެމެރިކާ އިން މިހާ ގިނަ އަދަދެއްގެ ގޮވާ ތަކެތި ކުއްލި ގޮތަކަށް ފޯރުކޮށްދީފައި ވަނީ، އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ އޮޕަރޭޝަންތައް އަލުން ފެށުމަށް އިޒްރޭލް އިން ވަމުން އަންނަ ތައްޔާރީ ތަކުގެ ބައެއްގެ ގޮތުގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މެއި 2026 | ހޯމަ 14:18
އެމެރިކާގެ އަސްކަރީ އުޅަނދު ތަކުން ސާމާނު ތަކެއް ބާލާ މަންޒަރު ފެންނަ ފައިލް ފޮޓޯއެއް.

އެމެރިކާގެ އަސްކަރީ އުޅަނދު ތަކުން ސާމާނު ތަކެއް ބާލާ މަންޒަރު ފެންނަ ފައިލް ފޮޓޯއެއް. | ރޮއިޓާސް

އީރާންއާ ދެކޮޅަށް އިޒްރޭލް އިން ވަރުގަދަކޮށް އަލުން ހަނގުރާމަ ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، އެމެރިކާގެ އަސްކަރީ ގޮވާ ތަކެތި ހިފައިގެން ދަތުރު ކުރި އެތައް މަތިންދާ ބޯޓެއް އިޒްރޭލް އަށް ޖައްސާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ. 

އިޒްރޭލްގެ ޗެނަލް 13 އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޖަރުމަނުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒު ތަކުން ގޮވާ ތަކެއްޗާއި، ވަޒަން ވަޒަން ބަރުކޮށްގެން ދަތުރު ކުރި އެމެރިކާގެ އެތައް ކާގޯ މަތިންދާ ބޯޓެއް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވަނީ އިޒްރޭލްގެ ވެރި ރަށް ތެލް އަވީވް އަށް ޖައްސައިފަ އެވެ. 

މި މަތިންދާ ބޯޓު ތަކަކީ އިޒްރޭލް އަށް ބޭނުންވާ އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާ އިން ކުރަމުން އަންނަ މަަސައްކަތުގެ ދަށުން ފޮނުވި ބޯޓު ތަކެއް ކަމަށް މީޑިއާ ތަކުގައި ބުނެފައިވެ އެވެ. 

އިޒްރޭލްގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުގައި، އެމެރިކާ އިން މިހާ ގިނަ އަދަދެއްގެ ގޮވާ ތަކެތި ކުއްލި ގޮތަކަށް ފޯރުކޮށްދީފައި ވަނީ، އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ އޮޕަރޭޝަންތައް އަލުން ފެށުމަށް އިޒްރޭލް އިން ވަމުން އަންނަ ތައްޔާރީ ތަކުގެ ބައެއްގެ ގޮތުގަ އެވެ. މީގެ އިތުރުން، މިއީ ސަރަހައްދީ މަސްލަހަތު ގޯސްވަމުން ދާ ދަނޑިވަޅެއްގައި، އިޒްރޭލްގެ ދިފާއީ ޤާބިލުކަން އިތުރު ކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. 

އިޒްރޭލް އާއި އީރާންއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިންތިހާ އަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އެމެރިކާ އިން މެދު ނުކެނޑި އިޒްރޭލް އަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންދާ ދިޔުމަކީ ސަރަހައްދީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވަމުންދާ ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ. ނަމަވެސް، މިކަމާ ގުޅޭ ގޮތުން އެމެރިކާގެ ސަރުކާރުން، ނުވަތަ އިޒްރޭލްގެ ޑިފެންސް މިނިސްޓްރީ އިން ރަސްމީކޮށް އެއްޗެއް ބުނެފައި ނުވެ އެވެ. 

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖަރުމަނުން ފުރައިގެން، އިޒްރޭލްގެ ވެރި ރަށް ތެލް އަވީވް އަށް ޖެއްސި މި މަތިންދާ ބޯޓު ތަކުގައި ހުރި ގޮވާ ތަކެތީގެ ތަފްސީލެއް މިހާތަނަށް އާންމު ކޮށްފައި ނުވެ އެވެ. އެހެން ނަމަވެސް، މިއީ ކުރިއަަށް އޮތް ދުވަސް ތަކުގައި އިޒްރޭލް އިން ދޭން ރާވާފައިވާ ވަރުގަދަ ހަމަލާ ތަކަަކަށް ބޭނުންވާ މުހިންމު އަސްކަރީ ސާމާނު ކަމަށް ބެލެވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާ-އިޒްރޭލު

އިތުރަށް ކިޔާލަން

18 މެއި 2026

އީރާންގެ އަސްކަރީ ޤާބިލުކަން ވަރަށް ބޮޑަށް ދަށްކޮށްލާފައިވާ ކަމަށް އެމެރިކާގެ ސެންޓްކޮމް އިން ބުނެފި

18 މެއި 2026
އީރާންގެ އަސްކަރީ ޤާބިލުކަން ވަރަށް ބޮޑަށް ދަށްކޮށްލާފައިވާ ކަމަށް އެމެރިކާގެ ސެންޓްކޮމް އިން ބުނެފި
18 މެއި 2026

ހިސޯރު ހުއްޓާނުލައިފި ނަނަ، އޮމާން ކަނޑަކީ އެމެރިކާ އަށް ސަހަރާ އަކަށް ވާނެ: އީރާން

18 މެއި 2026
ހިސޯރު ހުއްޓާނުލައިފި ނަނަ، އޮމާން ކަނޑަކީ އެމެރިކާ އަށް ސަހަރާ އަކަށް ވާނެ: އީރާން
18 މެއި 2026

ޕާކިސްތާން މެދުވެރިކޮށް، އީރާންގެ ހުށަހެޅުން އެމެރިކާއާ ހިއްސާ ކޮށްފި

18 މެއި 2026
ޕާކިސްތާން މެދުވެރިކޮށް، އީރާންގެ ހުށަހެޅުން އެމެރިކާއާ ހިއްސާ ކޮށްފި
18 މެއި 2026

ދެ ދުވަހުގެ ތެރޭގައި އެމެރިކާ އިން ހަނގުރާމަ ފަށައިފާނެ: ޕްރޮފެސަރު މުޙައްމަދު އަލްމަސްރީ

18 މެއި 2026
ދެ ދުވަހުގެ ތެރޭގައި އެމެރިކާ އިން ހަނގުރާމަ ފަށައިފާނެ: ޕްރޮފެސަރު މުޙައްމަދު އަލްމަސްރީ
18 މެއި 2026

ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް އީރާން އަށް، "ސުލްޙަ ނުވެއްޖެ ނަމަ އެކައްޗެއް ވެސް ނުބަހައްޓާނަން!"

18 މެއި 2026
ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް އީރާން އަށް، "ސުލްޙަ ނުވެއްޖެ ނަމަ އެކައްޗެއް ވެސް ނުބަހައްޓާނަން!"
18 މެއި 2026

ޗައިނާ އާއެކު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް، ޚާއްސަ މަންދޫބަކަށް ޣަލިބާފް ހަމަޖައްސަަވައިފި

18 މެއި 2026
ޗައިނާ އާއެކު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް، ޚާއްސަ މަންދޫބަކަށް ޣަލިބާފް ހަމަޖައްސަަވައިފި
17 މެއި 2026

މެދުވެރިއެއްގެ ރޯލު އަދާކުރާއިރު، އީރާނުގެ އަސްކަރީ ބޯޓުތައް ބަހައްޓަން ޕާކިސްތާނުން ފުރުސަތު ދިން

17 މެއި 2026
މެދުވެރިއެއްގެ ރޯލު އަދާކުރާއިރު، އީރާނުގެ އަސްކަރީ ބޯޓުތައް ބަހައްޓަން ޕާކިސްތާނުން ފުރުސަތު ދިން
17 މެއި 2026

326 ދުވަހަށް ފަހު، ޔޫއެސްއެސް ޖެރަލްޑް ފޯޑް އެނބުރި އެމެރިކާ އަށް

17 މެއި 2026
326 ދުވަހަށް ފަހު، ޔޫއެސްއެސް ޖެރަލްޑް ފޯޑް އެނބުރި އެމެރިކާ އަށް
17 މެއި 2026

ހޮރްމޫޒް ކަނޑު އޮޅިން ދުޝްމަނުންގެ ހަނގުރާމައިގެ ސާމާނު ދަތުރު ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އީރާން އިން ބުނެފި

17 މެއި 2026
ހޮރްމޫޒް ކަނޑު އޮޅިން ދުޝްމަނުންގެ ހަނގުރާމައިގެ ސާމާނު ދަތުރު ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އީރާން އިން ބުނެފި
17 މެއި 2026

އީރާން ހަނގުރާމައިގެ މައްސަލައިގައި ޕުޓިން އާއި ޔޫއޭއީގެ ރައީސް މަޝްވަރާ ކުރައްވައިފި

17 މެއި 2026
އީރާން ހަނގުރާމައިގެ މައްސަލައިގައި ޕުޓިން އާއި ޔޫއޭއީގެ ރައީސް މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު