Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން ހަނގުރާމަ ހުއްޓާލުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ގޮވާލައްވައިފި

ޗައިނާގެ ރަސްމީ ނޫސް އެޖެންސީ ކަމަށްވާ ޝިންހުއާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ދެ ޤައުމުގެ ލީޑަރުންގެ މި ބައްދަލުވުމުގައި މެެދު އިރުމަތީގެ މަސްރަހާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފައި. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗައިނާގެ ރައީސް ވިދާޅީ، ގަލްފު ސަރަހައްދުގެ މަސްރަހު މިހާރު އޮތީ ހަނގުރާމަ އާއި ސުލްޙައާ ދެމެދު ވަރަށް ނާޒުކު ފައްތަރެއްގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 މެއި 2026 | ބުދަ 06:08
ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި، ރަޝިޔާގެ ރައީސް ޕުޓިން.

ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި، ރަޝިޔާގެ ރައީސް ޕުޓިން. | ގެޓީ އިމޭޖަސް

އެމެރިކާާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން މެދު އިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ގޮވާލައްވައިފި އެވެ. 

ޗައިނާގެ ރައީސް ޝީ ޖިންޕިން މިހެން ގޮވާލައްވާފައި ވަނީ، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން މިހާރު އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުރެއްވި ބައްދަލުވުމުގެ ތެރެއިންނެވެ. އެ ބައްދަލުވުމުގައި ޗައިނާގެ ރައީސް ވަނީ ސަރަހައްދީ ހަމަޖެހުމަށްޓަކައި ހަނގުރާމައިގެ އަމަލުތައް ހުއްޓާލުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފަ އެވެ. 

ޗައިނާގެ ރަސްމީ ނޫސް އެޖެންސީ ކަމަށްވާ ޝިންހުއާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ދެ ޤައުމުގެ ލީޑަރުންގެ މި ބައްދަލުވުމުގައި މެެދު އިރުމަތީގެ މަސްރަހާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗައިނާގެ ރައީސް ވިދާޅުވޫ، ގަލްފު ސަރަހައްދުގެ މަސްރަހު މިހާރު އޮތީ ހަނގުރާމަ އާއި ސުލްޙައާ ދެމެދު ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. 

މެދު އިރުމަތީގައި އިތުރު ވަމުންދާ ނުތަނަވަސްކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވަމުން ޗައިނާގެ ރައީސް ވިދާޅުވީ، މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލައި، މަޝްވަރާގެ މަގު އިޚްތިޔާރު ކުރުމަކީ ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ސަލާމަތަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަަށެވެ. އަދި މި ނާޒުކު ދަނޑި ވަޅުގައި ހުރިހާ ފަރާތް ތަކަކުން ވެސް ކެތްތެރިކަން އިސްކުރުމަށް ޗައިނާގެ ރައީސް ބާރު އެޅުއްވި އެވެ. 

ރަޝިޔާގެ ރައީސް ޕުޓިން ޗައިނާ އަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދުނިޔޭގެ ސިޔާސީ މަސްރަހުގައި ހުރި މުހިންމު މައްސަލަތަކާ ގުޅޭ ގޮތުން އެއްގަލަކަށް އެރުމަށް ކުރައްވާ ދަތުރުފުޅެކެވެ. މެދު އިރުމަތީގެ މައްސަލައިގެ އިތުރުން، ދެ ޤައުމުގެ އިޤްތިޞާދީ އަދި އަސްކަރީ ގުޅުންތަކާ ގުޅޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޗައިނާ އިން ވަނީ މީގެ ކުރިން ވެސް މެދު އިރުމަތީގެ ހަމަ ނުޖެހުން ތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރުމަށް ޝައުޤުވެރިކަން ފާޅު ކޮށްފަ އެވެ. ޗައިނާ ރައީސްގެ މި ގޮވާލެއްވުމަަކީ ބައިނަލްއަޤުވާމީ މައިދާނުގައި ޗައިނާގެ ނުފޫޒު ގަދަވަމުންދާކަން ހާމަ ކޮށްދޭ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޗައިނާގެ ރައީސް ޝީ ޖީންޕިންގް

އިތުރަށް ކިޔާލަން

20 މެއި 2026

ޓްރަމްޕް އަށް ފަހު، ރަޝިޔާގެ ރައީސް ޕުޓިން ވެސް ޗައިނާ އަށް ވަޑައިގެންފި

20 މެއި 2026
ޓްރަމްޕް އަށް ފަހު، ރަޝިޔާގެ ރައީސް ޕުޓިން ވެސް ޗައިނާ އަށް ވަޑައިގެންފި
20 މެއި 2026

އީރާންގެ މަޝްވަރާތައް ކާމިޔާބު، އެކަމަކު ހަމަލާ ދޭން މި ތިބީ ތައްޔާރަށް: އެމެރިކާގެ ނައިބު ރައީސް

20 މެއި 2026
އީރާންގެ މަޝްވަރާތައް ކާމިޔާބު، އެކަމަކު ހަމަލާ ދޭން މި ތިބީ ތައްޔާރަށް: އެމެރިކާގެ ނައިބު ރައީސް
19 މެއި 2026

އީރާން ހަމަލާ ދިނުން ފަސްކޮށްލި ކަމަށް ޓްރަމްޕް ވިދާޅުވުމާއެކު ތެލުގެ އަގު ދަށަށް ހިނގައްޖެ

19 މެއި 2026
އީރާން ހަމަލާ ދިނުން ފަސްކޮށްލި ކަމަށް ޓްރަމްޕް ވިދާޅުވުމާއެކު ތެލުގެ އަގު ދަށަށް ހިނގައްޖެ
19 މެއި 2026

އީރާާނުގެ ހުށަހެޅުމުގައި ހިމަނާފައިވާ ކަންކަން ހާމަ ކޮށްފި

19 މެއި 2026
އީރާާނުގެ ހުށަހެޅުމުގައި ހިމަނާފައިވާ ކަންކަން ހާމަ ކޮށްފި
19 މެއި 2026

އީރާން އާއެކު ނިއުކްލިއާ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ވަރަށް ބޮޑު: ޓްރަމްޕް

19 މެއި 2026
އީރާން އާއެކު ނިއުކްލިއާ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ވަރަށް ބޮޑު: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު