Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުގެ މައްސަލައިގައި ޗައިނާގެ އެހީ ބޭނުމެއް ނޫން: ޓްރަމްޕް

ޗައިނާ އަށް ފުރައި ވަޑައިގެންނެވުމުގެ ކުރިން، ވައިޓް ހައުސްގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާން މައްސަލައިގައި އެމެެރިކާ އަށް ޗައިނާގެ އެއްވެސް އެހީތެރި ކަމެއް ބޭނުން ނުވާ ކަމަށް. ސުލްޙައިގެ މަގުން، ނުވަތަ އެހެން ގޮތަކުން ކަމަށް ވީ ނަމަވެސް، އީރާންގެ މައްސަލައިގައި އެމެރިކާ އިން ކާމިޔާބު ހޯދާނެ ކަމަށް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 މެއި 2026 | ބުދަ 06:05
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

ޗައިނާ އަށް ކުރައްވަ ރަސްމީ ދަތުރުފުގައި އީރާންގެ މައްސަލައާ ގުޅޭ ގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ދިގު މަޝްވަރާ ތަކެއް ކުރައްވާނެ ކަމަށާއި، ނަމަވެސް އީރާންގެ މައްސަލައިގައި ޗައިނާގެ އެހީ ބޭނުން ނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ޗައިނާ އަށް ފުރައި ވަޑައިގެންނެވުމުގެ ކުރިން، ވައިޓް ހައުސްގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާން މައްސަލައިގައި އެމެެރިކާ އަށް ޗައިނާގެ އެއްވެސް އެހީތެރި ކަމެއް ބޭނުން ނުވާ ކަމަށެވެ. ސުލްޙައިގެ މަގުން، ނުވަތަ އެހެން ގޮތަކުން ކަމަށް ވީ ނަމަވެސް، އީރާންގެ މައްސަލައިގައި އެމެރިކާ އިން ކާމިޔާބު ހޯދާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދުގެ ދެ ލީޑަރުން މި ބައްދަލު ކުރައްވަނީ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. މި ބައްދަލުވުމުގެ މަޤުސަދަކީ ވިޔަފާރި އާއި، އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ އަދި ދެ ޤައުމުގެ ދެ މެދުގައި އޮންނަ ޚިޔާލު ތަފާތުވުންތައް ހައްލު ކުރުމެވެ. 

ޓްރަމްޕް ޗައިނާ އަށް މި ވަޑައިގަންނަވަނީ އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ނިންމުމަށް ސިޔާސީ މަޝްވަރާތައް ފަށައި، ނަމަވެސް އެ މަޝްވަރާތައް ހުއްޓިފައިވާ ވަގުތެއްގަ އެވެ. ޗައިނާ އާއި އީރާން އަކީ ގާތް ގުޅުމެއް ވެސް އޮންނަ ދެ ޤައުމެވެ. އީރާންގެ ތެލުގެ އެންމެ ބޮޑު ބައެއް ގަންނަ ޤައުމު ތަކުގެ ތެރޭގައި ވެސް ޗައިނާ ހިމެނެ އެވެ. 

ބުދަ ދުވަހުގެ ވަގުތެއްގައި ޓްރަމްޕް ޗައިނާ އަށް ވަޑައިގަންނަވާނެ އެވެ. އަދި ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ރަސްމީ ބައްދަލުވުންތައް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މިއީ 2017 ވަނަ އަހަރުގެ ފަހުން ޓްރަމްޕް ޗައިނާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާ-ޗައިނާ ގުޅުންއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްޗައިނާގެ ރައީސް ޝީ ޖީންޕިންގް

އިތުރަށް ކިޔާލަން

12 މެއި 2026

އީރާންގެ ހަގީގަތް ހާމަ ކުރުމަށް، އެމެރިކާާ އިން ޕާކިސްތާން އަށް އަންގައިފި

12 މެއި 2026
އީރާންގެ ހަގީގަތް ހާމަ ކުރުމަށް، އެމެރިކާާ އިން ޕާކިސްތާން އަށް އަންގައިފި
12 މެއި 2026

ހަމަލާ ދީފި ނަމަ، ވަރުގަދަ ފިލާވަޅެއް ދަސްކޮށްދޭނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

12 މެއި 2026
ހަމަލާ ދީފި ނަމަ، ވަރުގަދަ ފިލާވަޅެއް ދަސްކޮށްދޭނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް
12 މެއި 2026

އީރާންއާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމުގެ މަޝްވަރާ ކުރުމަށް، ޓްރަމްޕް އެޑްވައިޒަރުންނާ ބައްދަލު ކުރައްވައިފި

12 މެއި 2026
އީރާންއާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމުގެ މަޝްވަރާ ކުރުމަށް، ޓްރަމްޕް އެޑްވައިޒަރުންނާ ބައްދަލު ކުރައްވައިފި
11 މެއި 2026

އީރާން މައްސަލައިގައި ޓްރަމްޕް ބޭނުން ވަނީ ޗައިނާގެ ރައީސް އަށް ޕްރެޝަރު ކުރިމަތި ކުރުވަން

11 މެއި 2026
އީރާން މައްސަލައިގައި ޓްރަމްޕް ބޭނުން ވަނީ ޗައިނާގެ ރައީސް އަށް ޕްރެޝަރު ކުރިމަތި ކުރުވަން
11 މެއި 2026

އީރާން އިން ހުށަހެޅީ ވަރަށް އިންސާފުވެރި ހުށަހެޅުމެއް: ބަޣާއީ

11 މެއި 2026
އީރާން އިން ހުށަހެޅީ ވަރަށް އިންސާފުވެރި ހުށަހެޅުމެއް: ބަޣާއީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު