Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން މައްސަލައިގައި ޓްރަމްޕް ބޭނުން ވަނީ ޗައިނާގެ ރައީސް އަށް ޕްރެޝަރު ކުރިމަތި ކުރުވަން

އެމެރިކާާގެ ބައެއް އިސް އޮފިޝަލުންނާ ހަވާލާދީ އާދީއްތަ ދުވަހު މި ވާހަކަ ރިޕޯޓު ކޮށްފައި ވީ ނަމަވެސް، ޓްރަމްޕް އާއި ޝީ ޖިންޕިންގެ ބައްދަލުވުމުގެ މައިގަނޑު މަޤުސަދަކީ ވިޔަފާރީގެ ދަތިތަކަށް ހައްލު ހޯދުން ކަމަށް އޮފިޝަލުން ވަނީ ހާމަ ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 މެއި 2026 | ހޯމަ 10:33
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ޗައިނާގެ ރައީސް ޝީ ޖިންޕިން.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ޗައިނާގެ ރައީސް ޝީ ޖިންޕިން. | ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ހަފުތާގެ ތެރޭގައި ޗައިނާ އަށް ވަޑައިގެން އެ ޤައުމުގެ ރައީސް ޝީ ޖިންޕިންއާ ބައްދަލު ކުރައްވާއިރު، އީރާން މައްސަލައިގައި ޗައިނާގެ ރައީސް އަށް ޕްރެޝަރު ކުރަން ޓްރަމްޕް ބޭނުންވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އެމެރިކާާގެ ބައެއް އިސް އޮފިޝަލުންނާ ހަވާލާދީ އާދީއްތަ ދުވަހު މި ވާހަކަ ރިޕޯޓު ކޮށްފައި ވީ ނަމަވެސް، ޓްރަމްޕް އާއި ޝީ ޖިންޕިންގެ ބައްދަލުވުމުގެ މައިގަނޑު މަޤުސަދަކީ ވިޔަފާރީގެ ދަތިތަކަށް ހައްލު ހޯދުން ކަމަށް އޮފިޝަލުން ވަނީ ހާމަ ކޮށްފަ އެވެ. 

މިއީ އެމެރިކާގެ ރައީސް ކަމުގެ ދެ ވަަނަ ދައުރަކަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން، ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުގައި ޗައިނާގެ ބެއިޖިންގައި ހުންނަ ޓެމްޕަލް އޮފް ހެވަން ބައްލަވާލެއްވުމުގެ އިތުރުން، ރަސްމީ ގޮތުން މަރުޙަބާ ދެންނެވުމަށް ވެސް ޚާއްސަ ރަސްމިއްޔާތު ތަކެއް އޮންނާނެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދުގެ ލީޑަރުންގެ މި ބައްދަލު ކުރުމުގައި ޓެރިފް އާއި، ތައިވާން، އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ އަަދި މުހިންމު މައުދަންތައް ހޯދުމުގެ މައްސަލަ ތަކަށް ވެސް މަޝްވަރާ ކުރާނެ ކަމަށް ބެލެވެ އެވެ. 

ޕްރިންސިޕަލް ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ އަންނާ ކެލީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ ވަރަށް ބޮޑު މާނައެއް އޮތް ދަތުރުފުޅެއް ކަމަަށެވެ. ނަމަވެސް، ރައީސް ޓްރަމްޕް ދަތުރު ކުރައްވަނީ ހަމައެކަނި ރަމްޒީ ބޭނުމެއްގައި ނޫން ކަމަށާއި، އެމެރިކާގެ ރައްޔިތުންނަށް އުންމީދު ކުރެވޭނީ ރައީސް ޤައުމަށް ހެޔޮ އެއްބަސްވުންތައް ހޯދައި ދެއްވުން ކަމަށް ވެސް ކެލީ ވިދާޅުވި އެވެ. 

ކެލީ ވިދާޅުވީ ޓްރަމްޕްގެ ދަތުރުގެ އަަސާސީ މަޤުސަދަކީ ޗައިނާ އާއެކު އޮތް ގުޅުން ރަނގަޅު ކުރުމާއި، އެމެރިކާގެ އިޤްތިޞާދީ މިނިވަންކަން އަލުން ހޯދުން އަދި އިންސާފުވެރި ގޮތެއްގައި ކަންކަން ކުރިއަށް ގެންދިޔުން ކަމަށެވެ. 

ޓްރަމްޕް ޗައިނާ އަށް ވަޑައިގަންނަވާނީ ބުދަ ދުވަހު އެވެ. މިއީ މީގެ ކުރިން ވެސް ކުރެއްވުމަށް ރާވާފައި އޮތް ދަތުރުފުޅެކެވެ. ނަމަވެސް، އެމެރިކާ އިން އީރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ވަނީ މި ދަތުރުފުޅު ފަސް ކުރައްވައިފަ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާ-ޗައިނާ ގުޅުންއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްޗައިނާގެ ރައީސް ޝީ ޖީންޕިންގް

އިތުރަށް ކިޔާލަން

11 މެއި 2026

އީރާން އިން ހުށަހެޅީ ވަރަށް އިންސާފުވެރި ހުށަހެޅުމެއް: ބަޣާއީ

11 މެއި 2026
އީރާން އިން ހުށަހެޅީ ވަރަށް އިންސާފުވެރި ހުށަހެޅުމެއް: ބަޣާއީ
11 މެއި 2026

އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް ބަރޯސާވުން ކުޑަ ކުރާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

11 މެއި 2026
އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް ބަރޯސާވުން ކުޑަ ކުރާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
11 މެއި 2026

އީރާން އިން ދިން ޖަވާބު ބަލައި ނުގަނެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

11 މެއި 2026
އީރާން އިން ދިން ޖަވާބު ބަލައި ނުގަނެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
10 މެއި 2026

ފަތުރުވެރިކަމުގެ ސިނާޢަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާތީ، ސިނާއަތް ސަލާމަތްކުރަން ކުއްލި އެހީއަށް އެދިއްޖެ

10 މެއި 2026
ފަތުރުވެރިކަމުގެ ސިނާޢަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާތީ، ސިނާއަތް ސަލާމަތްކުރަން ކުއްލި އެހީއަށް އެދިއްޖެ
10 މެއި 2026

އިޒްރޭލް އިން އިރާގުގައި ސިއްރު އަސްކަރީ މަރުކަޒެއް ޤާއިމު ކޮށްފި

10 މެއި 2026
އިޒްރޭލް އިން އިރާގުގައި ސިއްރު އަސްކަރީ މަރުކަޒެއް ޤާއިމު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު