Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރުން: ގަރާރަށް ބަހުސް ކުރާނެ މެންބަރުންގެ އަދަދާ، ދިފާއުގައި ވާހަކަދައްކަން ދޭނެ ވަގުތު ކަނޑައަޅަނީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަކިކުރުމުގެ މައްސަލައިގައި ބަހުސްކުރާނެ ވަގުތާއި ދިފާއުގައި ވާހަކަދައްކަވާނެ ވަގުތު ކަނޑައެޅުމަށް އާންމު ކޮމިޓީގެ ބައްދަލުވުމެއް ބުދަ ދުވަހަށް އެޖެންޑާކޮށްފި. މި މައްސަލައިގެ ނޯޓިސް މި މަހުގެ 14 ވަނަ ދުވަހު ފޮނުވާފައިވާއިރު، މަޖިލީހުގެ ދައުރު އިތުރުކުރީ މި މަސައްކަތް އަވަސްކުރުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރޭ. ގާނޫނުއަސާސީގައިވާ ގޮތުން ނައިބު ރައީސް ވަކިކުރުމުގެ ގަރާރެއް ހުށަހެޅުމުން 14 ދުވަހުގެ ނޯޓިސް ދިނުމާއެކު، އަމިއްލަ ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ދޭންޖެހޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 20 މެއި 2026 | ބުދަ 04:55
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: މި މަހުގެ 14 ވަނަ ދުވަހު ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރެއް ލިބިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: މި މަހުގެ 14 ވަނަ ދުވަހު ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރެއް ލިބިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ | މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރާނެ މެންބަރުންގެ އަދަދާއި ދިފާއުގައި ވާހަކަދެއްކެވުމަށް ނާޒިމް އަށް ދޭ ފުރުސަތުގެ ދިގުމިން ކަނޑައަޅަން އާންމު ކޮމިޓީގެ ބައްދަލުވުމެއް އެޖެންޑާ ކޮށްފި އެވެ. 

މި މަހުގެ 14 ވަނަ ދުވަހު ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރެއް ލިބިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލަ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހަމަ އެ ދުވަހު ބުނެފަ އެވެ. 

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމެއް ވަނީ ބުދަ ދުވަހަށް އެޖެންޑާ ކޮށްފަ އެވެ. އާންމު ކޮމިޓީގެ އެޖެންޑާގައި ވަނީ ނާޒިމް މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ވަކިކުރުމމުގެ ގަރާރުގެ ބަހުސްގައި ވާހަކަދައްކަވާނރ މެންބަރުންގެ އަދަދާ މެންބަރަކަށް ވާހަކަ ދެއްކުމަށް ލިބޭ ފުރުސަތުގެ ދިގުމިނާ، ނާޒިމް އަށް ދިފާއުގައި ވާހަކަ ދެއްކުމަށް ލިބޭ ފުރުސަތުގެ އަދަދާ، އެ ފުރުސަތުގެ ދިގުމިން ކަނޑައެޅުމެވެ. 

ގާނޫނު އަސާސީގައި ވާގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން ގަރާރެއް ހުށަހަޅާއިރު، 14 ދުވަހުގެ ނޯޓިސްއެއް ދޭން ޖެހެ އެވެ. އަދި އެ މައްސަލައިގެ ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ވެސް ނައިބު ރައީސަށް ދޭންޖެހޭނެ އެވެ. ނަމަވެސް އޭނާއާ ގުޅޭ ވޯޓުގައި ބައިވެރިނުވެވޭނެ އެވެ. 

ބުރާސްފަތި ދުވަހު އެ ގަރާރު ހުށަހަޅާފައިވާއިރު މި އަހަރުގެ މަޖިލީހުގެ މި ދައުރު ވަނީ "މުހިއްމު މަސައްކަތްތަކެއް" ހުރި ކަމަށް ބުނެ ދަންމާލާފަ އެވެ. ނަމަވެސް ތިން ދުވަސް ވީއިރުވެސް އެއްވެސް ޖަލްސާއެއް ބާއްވާފައި ނުވާއިރު މިއީ ނާޒިމް ވަކި ކުރުމުގެ މަސައްކަތް އަވަސްއަރުވާލައިގެން ނިންމާލުމަށްޓަކައި ކޮށްފައިވާ ކަމެއް ކަމަށް އިދިކޮޅު މެންބަރުން ތުހުމަތު ކުރައްވަ އެވެ. 

އަހްމަދު ނާޒިމްރައްޔިތުންގެ މަޖިލިސްއާންމު ކޮމިޓީ

އިތުރަށް ކިޔާލަން

19 މެއި 2026

ރައީސް އޮފީހުގައި ހިނގާ ކަންކަން ރިޕޯޓްކުރާ ނޫސްވެރިން ކުރިމަތިލާންޖެހޭ ކޮންމެ ކަމެއްގައި އެކީގައި ތިބޭނަން: ރައީސް ސޯލިހު

19 މެއި 2026
ރައީސް އޮފީހުގައި ހިނގާ ކަންކަން ރިޕޯޓްކުރާ ނޫސްވެރިން ކުރިމަތިލާންޖެހޭ ކޮންމެ ކަމެއްގައި އެކީގައި ތިބޭނަން: ރައީސް ސޯލިހު
19 މެއި 2026

މި ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ފައްޓަވައިފިން، އެކަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން: ކުރީގެ ރައީސް ނަޝީދު

19 މެއި 2026
 މި ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ފައްޓަވައިފިން، އެކަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން: ކުރީގެ ރައީސް ނަޝީދު
18 މެއި 2026

މަޖިލީހަށް ބޭނުންވަނީ ކަންކަން ހާމަކޮށް، ސަރުކާރަށް ޕްރެޝަރ ކުރާނެ މެންބަރުން: ސޯބެ

18 މެއި 2026
މަޖިލީހަށް ބޭނުންވަނީ ކަންކަން ހާމަކޮށް، ސަރުކާރަށް ޕްރެޝަރ ކުރާނެ މެންބަރުން: ސޯބެ
18 މެއި 2026

މުހިއްމު މަސައްކަތް ހުރި ކަމަށް ބުނެ މަޖިލީހުގެ ދައުރު ދަންމާލުމަށް ފަހު ތާވަލު ކުރި ފުރަތަމަ ޖަލްސާ ވެސް ކެންސަލް

18 މެއި 2026
މުހިއްމު މަސައްކަތް ހުރި ކަމަށް ބުނެ މަޖިލީހުގެ ދައުރު ދަންމާލުމަށް ފަހު ތާވަލު ކުރި ފުރަތަމަ ޖަލްސާ ވެސް ކެންސަލް
17 މެއި 2026

މާ ހައިބަތު ބޮޑު ކަރާމާތެއް ލިބިގެންވާ ރައީސްއެއް ހުރުމަކުން ނުފުދޭ: ފައްޔާޒު

17 މެއި 2026
މާ ހައިބަތު ބޮޑު ކަރާމާތެއް ލިބިގެންވާ ރައީސްއެއް ހުރުމަކުން ނުފުދޭ: ފައްޔާޒު
16 މެއި 2026

އަންހެން ކުއްޖަކު ބްލެކްމެއިލް ކުރަން ފޮޓޯ އާއި ވީޑިއޯ ހޯދަން ޕީއެންސީގެ މެންބަރަކު އެދުނު: އައްބާސް

16 މެއި 2026
އަންހެން ކުއްޖަކު ބްލެކްމެއިލް ކުރަން ފޮޓޯ އާއި ވީޑިއޯ ހޯދަން ޕީއެންސީގެ މެންބަރަކު އެދުނު: އައްބާސް
15 މެއި 2026

ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ!

15 މެއި 2026
ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ!
15 މެއި 2026

މަޖިލީހުން ގާނޫނެއް ފާސްކޮށްގެން ނޫނީ އަނގަބަންދުކުރުމުގެ އަމުރުތައް ނުނެރެވޭ، މިހާރު އޮތް އަމުރު ގާނޫނުއަސާސީއާ ހިލާފު: އަލީ ހުސައިން

15 މެއި 2026
މަޖިލީހުން ގާނޫނެއް ފާސްކޮށްގެން ނޫނީ އަނގަބަންދުކުރުމުގެ އަމުރުތައް ނުނެރެވޭ، މިހާރު އޮތް އަމުރު ގާނޫނުއަސާސީއާ ހިލާފު: އަލީ ހުސައިން
14 މެއި 2026

މަޖިލީހުގެ ފުރަތަމަ ދައުރު ދިގުދަންމާލައިފި

14 މެއި 2026
 މަޖިލީހުގެ ފުރަތަމަ ދައުރު ދިގުދަންމާލައިފި
14 މެއި 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ރީ- ރަޖިސްޓަރީވުމަށް ހުޅުވާލައިފި

14 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ރީ- ރަޖިސްޓަރީވުމަށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް