މަޖިލީހުން ގާނޫނެއް ފާސްކޮށްގެން ނޫނީ އަނގަބަންދުކުރުމުގެ އަމުރުތައް ނުނެރެވޭ، މިހާރު އޮތް އަމުރު ގާނޫނުއަސާސީއާ ހިލާފު: އަލީ ހުސައިން
ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ނަމުގައި ނެރޭ އަމުރުތަކަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން ނޫނީ ނެރެވޭނެ އަމުރުތަކެއް ނޫން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ. މިފަދަ އަމުރުތައް ނެރުމުގައި ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުމަކީ ގާނޫނުއަސާސީއާއި އަދުލު އިންސާފުގެ އަސާސީ އުސޫލުތަކާ ހިލާފު ކަމެއްކަން އޭނާ ފާހަގަކުރެއްވި. އަދި ކޯޓުތަކުން އަމަލުކުރަންވާނީ ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ އިމުގެ ތެރެއިން ކަމަށްވެސް އަލީ ހުސައިން ވިދާޅުވި.


ގާނޫނީ ވަކީލު އަލީ ހުސައިން. | ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށްގެން މެނުވީ އަނގަބަންދުކުރުމުގެ އަމުރުތައް ނެރެވޭނެ ކަމަކަށް ގަބޫލެއް ނުކުރާ ކަމަށާއި ނެރެފައިވަނީ ގާނޫނުއަސާސީއާ ހިލާފު އަމުރެއް ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ޓީވީޓޯކް ޝޯގައި ވާހަކަދައްކަވަމުން ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ ރިޔާސީ ރަސްކަމެއްގައި ކޯޓު ހުރުމަތް ކެނޑި ކަމަށްވެސް ނިންމާނީ ރަސްގެފާނު ނިންމަވާނެ ކަމަށެވެ. އެހެންވީމާ މިހާރު މި އޮތް ނިޒާމަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ހުންނަ މީހާއަކަށް ރައްޔިތުންގެ މަޖިލިސް ލިބުނީމަ އޭނަ އޮޓަމެޓިކަލީ ބަދަލުވަނީ ސީދާ ރަސްގެފާނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ހުސައިން ފާހަގަކުރެއްވީ ގާނޫނީ އުސޫލަކީ އެކަން ކަނޑައަޅާނީވެސް އަނެއްކާ އެ ކޯޓުން ކަމަށެވެ. މި އަމުރު ނެރުމާ ގުޅޭގޮތުން ކޯޓުގެ ހުރުމަށް ހިމާޔަތްކުރުމާ ގުޅޭގޮތުން ފުރަތަމަ ވަނީ ގަވާއިދެއް ހަދާފައި ކަމަށާއި ކޯޓު ހުރުމެއް ކުރަންޖެހޭ ކަމަށްވަންޏާ އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ހަދަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ގާނޫނު ޑްރާފްޓްކުރަން އަންގަންޖެހޭނީ އެޓަރނީ ޖެނެރަލްގެ އޮފީހަށް ކަމަށާއި ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށްގެން ނޫނިއްޔާ މި ބާވަތުގެ އަމުރުތައް ނެރެވޭނެ ކަމަކަށް ގަބޫލެއް ނުކުރާ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
ޤާނޫނެއް ހެދުމަށްޓަކައި އެ ޤާނޫނު ޑްރާފްޓްކުރަން އަންގަންޖެހޭނީ އެޓަރނީ ޖެނެރަލްގެ އޮފީހަށް. ދެން އެޓަރނީ ޖެނެރަލްގެ އޮފީހަށް ވަކި ބޭފުޅަކު އެ ޤާނޫނު ޑްރާފްޓްކުރާނީ ރާއްޖޭގައި. އެހެންވީމާ، ދެން ހަމަ ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭނީ އިނގޭތޯ. ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކޮށްގެން ނޫނިއްޔާ މި ބާވަތުގެ އަމުރުތައް ނެރެވޭނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. އެއީ، ފަނޑިޔާރަކަށް ކުރެވޭނީ، ޤާނޫނުއަސާސީގައި ފަނޑިޔާރަކަށް ކުރެވޭނެ ކަމަށް ކަނޑައަޅައި ބަޔާންކޮށްފައި އޮތް ކަމެއް އެކަނި ކުރެވޭނީ އިނގޭތޯ. ކަނޑައަޅައި ބަޔާންކޮށް، މި ބާވަތުގެ އޯޑަރުތައް ނެރެވިދާނެ ކަމަށް ބަޔާންކޮށްފައި އޮންނަ އަމުރުތައް އެކަނި ނެރެވޭނީ. އަދި މީގައި އުޅޭ އަޅުގަނޑުމެން ވަރަށް އަސާސީ ކަމެއްވެސް މި އަމުރުން އެބަ ޙަޤީޤަތުގައި އަމުރުން އަޅުގަނޑުމެންނަށް ފެންނާކަށް ނެތް. އެއީ، ޤާނޫނުއަސާސީއާ ޚިލާފު ކަމެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި އަމުރަށް ޢަމަލުކުރަންޖެހޭނެ އެހެންނަމަވެސް، އެއީ، އހެން ކޯޓަކުން، މަތީ ކޯޓަކުން، ހައި ކޯޓުން މި އަމުރު ބާތަނުކުރަން، ޢަމަލުކުރަންޖެހެނީ.ގާނޫނީ ވަކީލު އަލީ ހުސައިން
އަލީ ހުސައިން ވިދާޅުވީ މި އަމުރަކީ ސީދާ ގާނޫނުއަސާސީއާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. ގާނޫނުއަސާސީގެ 42 ވަނަ މާއްދާއަށާއި މުޅި ގާނޫނުއަސާސީއަށް ބެލިއްޖެނަމަ އެއްވެސް މީހަކާ ފިޔަވަޅެއް އަޅަންޖެހެނީ އެހެނިހެން ނޯޓިސް ދީފަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މީހަކާ މެދު ފިޔަވަޅެއް އަޅާއިރު އަމުރެއް ނެރޭއިރު އެ މީހަކަށް ޑިފެންޑްވުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށާއި މިސާލަކަށް އޭނާގެ ކްލަޔަންޓް ހުސައިން ފިޔާޒު މޫސާއާ ދެކޮޅަށް އަމުރު ނެރުނު ފިޔާޒު ކައިރީގައި އަހާވެސް ނުލާ އަމުރު ނެރުން ގޯހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިސާލަކަށް އަޅުގަނޑުގެ ކްލަޔަންޓް، ޙުސައިން ފިޔާޒު މޫސާއާ ދެކޮޅަށް މި އަމުރު އެ ރައްދުވާ އެއްފަރާތްކަމުގައި ބަޔާންކޮށްފައި އަމުރު ނެރުނު ފިޔާޒު ކައިރީގައި އަހާވެސް ނުލާ، އަޅުގަނޑަކީ ލޯޔަރު އަޅުގަނޑަށް ލިބެންޖެހޭނެތާ މިސާލަކަށް ފިޔާޒުގެ ފަރާތުން ޑިފެންޑްވުމުގެ ޙައްޤު ނުވަތަ ނޯޓިސް ލިބެންޖެހޭނެތާ. ފިޔާޒުގެ އެއްވެސް ބައެއް ނެތި މި އަމުރު ނެރުން އެއީ ގޯހެއް. އެއީ ޤާނޫނު އަސާސީއާ ޚިލާފު އެއް ސަބަބެއް. އަނެއްކަމަކީ، އަޅުގަނޑުމެން މި ކިޔާ ޕްރިންސިޕަލްސް އޮފް ނެޗުރަލް ޖަސްޓިސް ނުވަތަ ޤާނޫނުގެ އުސޫލުތަކަށް ބެލިޔަސް، މީހަކާ މެދު ފިޔަވަޅެއް އަޅަންޏާ އެ މީހަކު ކުރެން އަހާލަންޖެހޭނެ ދެއްތޯ؟ ކިހިނެއްވެގެންތޯ އެކަން ކުރީ؟ ކިހިނެއްވެގެންތޯ މިކަން ނުކުރާންވީ އިނގޭތޯ؟ އެކަން އަޅުގަނޑުމެންނަށް އެނގެނީ މިއީ ކީރިތި ޤުރުއާނުގެ ނައްސަށް ބެލީމަވެސް އެނގޭނެ.ގާނޫނީ ވަކީލު އަލީ ހުސައިން
އަލީ ހުސައިން ވިދާޅުވީ އޮންނަންޖެހޭ ގޮތް ނޫން ގޮތަށް މި ބާވަތުގެ އަމުރުތައް ނެރުނީމާ އެކަން ޤާނޫނުއަސާސީއާ ޚިލާފު ކަމަށެވެ. ހަމަ އެގޮތަށް މީހުންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރުތައް ވެސް ކުރިން އެބަހުރި ކަމަށާއި، ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރުގައި މީހެއްގެ ޕާސްޕޯޓް ހިފަހައްޓާ ކަމަށް ވަންޏާމު އެ މީހެއްގެ ގާތު ޕާސްޕޯޓް ނުހިފެހެއްޓެންވީ ނުވަތަ ޕާސްޕޯޓް ހިފެހެއްޓުމާ ގުޅޭ ގޮތުން އެ މީހެއްގެ ޑިފެންސްގައި ދައްކާނެ އެއްވެސް ވާހަކައެއް އޮތްތޯ ނުވަތަ ނޫންތޯ ބަލަންޖެހޭނެ ކަމަށެވެ. އަދި އެވަރަށް އެ ޕްރޮސެސް ހިންގަން ޖެހޭނެ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.








