Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ޖަލްސާ

މި ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ފައްޓަވައިފިން، އެކަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން: ކުރީގެ ރައީސް ނަޝީދު

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، މަޖިލީހުގެ ތެރެއިން ވެރިކަން ބަދަލުކުރުމުގެ މަސައްކަތުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ. އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކޮށް، މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ހަމަކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 19 މެއި 2026 | އަންގާރަ 01:34
ހޯމަ ދުވަހުގެރޭ މާލޭގައި ބޭއްވި ސޯބެގެ ކެމްޕެއިން ޖަލްސާގައި ކުރީގެ ރައީސް ނަޝީދު ވާހަކަ ދައްކަވަނީ

ހޯމަ ދުވަހުގެރޭ މާލޭގައި ބޭއްވި ސޯބެގެ ކެމްޕެއިން ޖަލްސާގައި ކުރީގެ ރައީސް ނަޝީދު ވާހަކަ ދައްކަވަނީ | އެމްޑީޕީ ސެކްރިޓޭރިއެޓް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި، އެކަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ މާލޭގައި ބޭއްވި، އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މަޖިލީހުގެ މެންބަރު ކަމަށް ވާދަކުރައްވާ އައްޑޫގެ ކުރީގެ މޭޔަރު ސޯބެގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ހޯދައިގެން މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި މި މަސައްކަތުގައި ޕީއެންއެފްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ހުންނެވީ ތައްޔާރަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް ވައްދަން، ތިންބައިކުޅަ ދެބައި މެންބަރުންގެ ސޮއި ހަމަކުރައްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މިއަހަރު ނިމުމުގެ ކުރިން މި ވެރިކަން ބަދަލުކުރާން ވެއްޖެ. ހާސްވެ ނުލައްވާ. ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު، ތަނަވަސް އަޣުލަބިއްޔަތު، އިތުބާރު ނެތް ކަމަށް ނެގޭ ވަރަށް ތިންބައިކުޅަ ދެބައި، އަޅުގަނޑުމެންގެ އަތަށް ގެންނާނަން އިރާދަކުރެއްވިއްޔާ. ރައީސް ޔާމީން ވެސް އެ ހުންނެވީ މިކަން ކުރައްވަން ވަރަށް ބޮޑަށް ތައްޔާރަށް. އަދި އަޅުގަނޑަށް މާ ސާފުކޮށް އެނގޭ ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ ބޭފުޅުން ހުރަސްކުރައްވާނެ. ޕާޓީ ބަދަލު ކުރައްވާނެ. މި ރައީސުލްޖުމްހޫރިއްޔާ އަށް އިތުބާރު ނެތް ކަމަށް އެ ބޭފުޅުން ސޮއިކުރައްވާނެ
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ރައްޔިތަކަސް، މާލޭ ރައްޔިތަކަސް އަދި މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް މިއަދު ސޯބެ އެ މަގާމަށް ހޮވަން އުޅޭ ސަބަބެއް ނޯޅޭނެ ކަމަށެވެ. އެއީ ރައީސް މުއިއްޒުގެ ވެރިކަން ބަލަދުކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ހޯމަ ދުވަހުގެރޭ މާލޭގައި ބޭއްވި ސޯބެގެ ކެމްޕެއިން ޖަލްސާގެ ތެރެއިން
ހޯމަ ދުވަހުގެރޭ މާލޭގައި ބޭއްވި ސޯބެގެ ކެމްޕެއިން ޖަލްސާގެ ތެރެއިން

އެފަދައިން ވިދާޅުވެ ރައީސް ނަޝީދު ވަނީ އޭޕްރީލް ހަތަރުވަނަ ދުވަހު ބޭއްވި ރެފަރެންޑަމްގެ ނަތީޖާއިން ރައީސް މުއިއްޒުގެ ސަރުކާރު މިހާރު ވެސް ފެއިލްވެފައިވާކަން ހާމަވާ ކަމަށެވެ. އޭގެ މާނައަކީ އެމަނިކުފާނުގެ އިތުބާރު ރައްޔިތުންގެ ކައިރީގައި މިހާރު ގެއްލިފައިވާކަން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑި ފުރުއްވަމުން ގެންދެވި ކުރީގެ މެންބަރު މުހައްމަދު ސިނާން އާއި އިތުރު ބަޔަކު އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރިލް މަހުގެ 12 ދުވަހު ކަނޑައެޅުމާ ގުޅިގެންނެވެ.

އެ ދާއިރާގެ ބައި އިލެކްޝަން އަންނަ މަހު 6 ވަނަ ދުވަހު ބާއްވާއިރު، ވާދަކުރައްވާ ކެނޑިޑޭޓުންނަކީ ސޯބެ އާއި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސަޢީދެވެ.

ރައްޔިތުންގެ މަޖިލިސްހިތަދޫ އުތުރުސޯބެކުރީގެ ރައީސް މުހައްމަދު ނަޝީދުކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމްއިތުބާރު ނެތްކަމުގެ ވޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

އަޅުގަނޑާއި ރައީސް ނަޝީދު މި ތިބީ ސޯބެ އަށް މި އިންތިޚާބު ކާމިޔާބުކޮށްދިނުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ތައްޔާރަށް: ރައީސް ސޯލިހު

އަޅުގަނޑާއި ރައީސް ނަޝީދު މި ތިބީ ސޯބެ އަށް މި އިންތިޚާބު ކާމިޔާބުކޮށްދިނުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ތައްޔާރަށް: ރައީސް ސޯލިހު

19 މެއި 2026
ކުރީގެ ދެ ރައީސުން ކަމަށްވާ ނަޝީދު އަދި ޔާމީން، "އަނގަބަންދު" އަމުރާ ހިލާފުވި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފި

ކުރީގެ ދެ ރައީސުން ކަމަށްވާ ނަޝީދު އަދި ޔާމީން، "އަނގަބަންދު" އަމުރާ ހިލާފުވި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފި

18 މެއި 2026
މަޖިލީހަށް ބޭނުންވަނީ ކަންކަން ހާމަކޮށް، ސަރުކާރަށް ޕްރެޝަރ ކުރާނެ މެންބަރުން: ސޯބެ

މަޖިލީހަށް ބޭނުންވަނީ ކަންކަން ހާމަކޮށް، ސަރުކާރަށް ޕްރެޝަރ ކުރާނެ މެންބަރުން: ސޯބެ

18 މެއި 2026
އުންމީދު ވަރަށް ބޮޑު، ޤައުމުގެ މިސްރާބު ރަނގަޅު ކުރުމަށް އެކުގައި މަސައްކަތް ކުރެވޭނެ: ތިން ރައީސުންގެ ކޮމެޓީ

އުންމީދު ވަރަށް ބޮޑު، ޤައުމުގެ މިސްރާބު ރަނގަޅު ކުރުމަށް އެކުގައި މަސައްކަތް ކުރެވޭނެ: ތިން ރައީސުންގެ ކޮމެޓީ

18 މެއި 2026
މުހިއްމު މަސައްކަތް ހުރި ކަމަށް ބުނެ މަޖިލީހުގެ ދައުރު ދަންމާލުމަށް ފަހު ތާވަލު ކުރި ފުރަތަމަ ޖަލްސާ ވެސް ކެންސަލް

މުހިއްމު މަސައްކަތް ހުރި ކަމަށް ބުނެ މަޖިލީހުގެ ދައުރު ދަންމާލުމަށް ފަހު ތާވަލު ކުރި ފުރަތަމަ ޖަލްސާ ވެސް ކެންސަލް

18 މެއި 2026

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު