Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބްލެކްމެއިލްގެ ތުހުމަތު މެންބަރަކަށް

އަންހެން ކުއްޖަކު ބްލެކްމެއިލް ކުރަން ފޮޓޯ އާއި ވީޑިއޯ ހޯދަން ޕީއެންސީގެ މެންބަރަކު އެދުނު: އައްބާސް

މިދިޔަ ރަމަޟާން މަހު ކުރި ފޯނު ކޯލެއްގައި އެ މެންބަރު އެފަދަ ކަމަކަށް އެދިވަޑައިގަތީ ބޭނުންވާނެ ފަންޑާއި ވަސީލަތްތައް ވެސް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެ ކަމަށާއި، ނަމަވެސް އެކަމަށް އިންކާރުކޮށް އެ އަންހެން ކުއްޖާއަށް އެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް އައްބާސް ހާމަކުރެއްވި. މި މައްސަލައާ ގުޅިގެން އައްބާސް ވަނީ އެ މެންބަރުގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 16 މެއި 2026 | ހޮނިހިރު 11:35
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް | ރާއްޖެއެމްވީ

އަންހެން ކުއްޖަކު ބްލެކްމެއިލް ކުރުމަށްޓަކައި އެ ކުއްޖާގެ ފޮޓޯ އާއި ވީޑިއޯ ހޯދައިދިނުމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެދިވަޑައިގެންނެވި ކަމަށް ބުނެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ.

އައްބާސް މި ތުހުމަތު ކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް، އެ މެންބަރު އަންހެން ކުއްޖަކު ބްލެކްމެއިލް ކުރަން ބޮޑު ރޭވުމެއް ރޭވި ކަމަށް ވިދާޅުވަމުންނެވެ.

Advertisement - newsAdvertisement

އައްބާސް ވިދާޅުވި ގޮތުގައި މިދިޔަ ރަމަޟާން މަހުގެ ތެރޭގައި ޕީއެންސީގެ އެ މެންބަރު އޭނާއަށް ގުޅުއްވައި، ވަކި އަންހެން ކުއްޖަކު ދިރިއުޅޭ އެޕާޓްމަންޓް ބިލްޑިންގާއި އެ ކުއްޖާ އުޅޭ ފްލޯ އެނގޭތޯ ސުވާލު ކުރެއްވި އެވެ. އެ ސުވާލާ ގުޅިގެން އެއީ ކޮން ބޭނުމަކު އަދި ކާކު ބުނެގެން ބަލާ ބެލުމެއްތޯ ސުވާލު ކުރުމުން، އެ މެންބަރު ވިދާޅުވީ އެއީ އޭނާގެ އަނބިމީހާ ބުނެގެން ބަލާލި ކަމެއް ކަމަށް އައްބާސް ހާމަކުރެއްވި އެވެ.

މީގެ އިތުރުން، އެ އަންހެން ކުއްޖާ ބްލެކްމެއިލް ކުރުމަށްޓަކައި ބޭނުންވާނެ ފޮޓޯ ނުވަތަ ވީޑިއޯ އެއް ހޯދައިދިނުމަށް އެ މެންބަރު އެދިވަޑައިގެންނެވި ކަމަށް އައްބާސް ވިދާޅުވި އެވެ. އަދި އެކަމަށް ބޭނުންވާނެ ފަންޑާއި، ބޭނުންވާނެ ހުރިހާ އާލާތްތަކެއް (އިކުއިޕްމަންޓް) ވެސް ފޯރުކޮށްދޭނެ ކަމަށް އެ މެންބަރު ވިދާޅުވި ކަމަށް އައްބާސްގެ ޕޯސްޓުގައި ބަޔާންކޮށްފައިވެ އެވެ.

ނަމަވެސް، އެފަދަ ނާތަހުޒީބު ކަމެއް އޭނާ ނުކުރާނެ ކަމަށް ބުނެ އެކަމަށް އިންކާރު ކުރެއްވި ކަމަށް އައްބާސް ވިދާޅުވި އެވެ. އައްބާސް ވިދާޅުވީ އެ މެންބަރާއެކު މި ފޯނު ކޯލް ކުރިއަށްދިޔައިރު، އޭނާގެ އަނބިމީހާވެސް ކައިރީގައި އިން ކަމަށެވެ. އަދި އެމީހުން ކުރަން އުޅުނު މުޑުދާރު ކަންތައްތަކުން ސަލާމަތްވުމަށް ނުވަތަ ކަންކަން ސިއްރު ކުރުމުގެ ގޮތުން، އެ އަންހެން ކުއްޖާ ބްލެކްމެއިލް ކުރަން އުޅޭކަން ވަގުތުން އެ ކުއްޖާ އަށް ގުޅައި ކިޔައިދީފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މުހައްމަދު އައްބާސްވެލިދޫ ދާއިރާޕީއެންސީރައްޔިތުންގެ މަޖިލިސްބްލެކްމެއިލް

އިތުރަށް ކިޔާލަން

15 މެއި 2026

ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ!

15 މެއި 2026
ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ!
15 މެއި 2026

މަޖިލީހުން ގާނޫނެއް ފާސްކޮށްގެން ނޫނީ އަނގަބަންދުކުރުމުގެ އަމުރުތައް ނުނެރެވޭ، މިހާރު އޮތް އަމުރު ގާނޫނުއަސާސީއާ ހިލާފު: އަލީ ހުސައިން

15 މެއި 2026
މަޖިލީހުން ގާނޫނެއް ފާސްކޮށްގެން ނޫނީ އަނގަބަންދުކުރުމުގެ އަމުރުތައް ނުނެރެވޭ، މިހާރު އޮތް އަމުރު ގާނޫނުއަސާސީއާ ހިލާފު: އަލީ ހުސައިން
15 މެއި 2026

ރައީސް މުއިއްޒުއާ ބެހޭ ގޮތުން ގިނަގިނައިން ޑޮކިއުމަންޓްރީތައް ހަދައިގެން ނެރުމަށް އެމަނިކުފާނު ގޮވާލައްވައިފި

15 މެއި 2026
ރައީސް މުއިއްޒުއާ ބެހޭ ގޮތުން ގިނަގިނައިން ޑޮކިއުމަންޓްރީތައް ހަދައިގެން ނެރުމަށް އެމަނިކުފާނު ގޮވާލައްވައިފި
15 މެއި 2026

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު މެންބަރު އައްބާސްގެ އަބުރަށް އަރައިގަތް ކަމަށް ބުނެ ދައުވާ ކުރަނީ

15 މެއި 2026
ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު މެންބަރު އައްބާސްގެ އަބުރަށް އަރައިގަތް ކަމަށް ބުނެ ދައުވާ ކުރަނީ
15 މެއި 2026

އެމްޑީޕީގެ ސިޔާސަތަކީ އެންމެން އަބަދު ހަމައިގެ ނުތިބެ، ބޮވެންވާނެ ސިޔާސަތު: ރައީސް މުއިއްޒު

15 މެއި 2026
އެމްޑީޕީގެ ސިޔާސަތަކީ އެންމެން އަބަދު ހަމައިގެ ނުތިބެ، ބޮވެންވާނެ ސިޔާސަތު: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު