Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޮޑު ބަދަލު

މާ ހައިބަތު ބޮޑު ކަރާމާތެއް ލިބިގެންވާ ރައީސްއެއް ހުރުމަކުން ނުފުދޭ: ފައްޔާޒު

ފައްޔާޒު ވިދާޅުވީ، ރާއްޖޭގައި ތިން ބާރު ވަކިވެފައިވާ ނިޒާމެއް އޮތް ނަމަވެސް، އަމަލީ ގޮތުން އެ ބާރުތައް މަސްހުނިވެފައިވާތީ ދައުލަތުގެ ބާރުތައް ސީދާ ރައްޔިތުންނަށް ލިބޭނެ ފަދަ ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށް. މިގޮތުން ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގައި ރައްޔިތުންގެ ބަސް ހޯދުމާއި، ކައުންސިލަރުން ހިމެނޭހެން ބޮޑު މަޖިލީހެއް އެކުލަވާލައިގެން ރައްޔިތުންގެ ދައުރު ފުޅާކުރުން މުހިންމުކަން އޭނާ ފާހަގަކުރެއްވި. އަދި ރައީސުލްޖުމްހޫރިއްޔާއަކީ ހަމައެކަނި ހައިބަތު ބޮޑު ބޭފުޅެއްގެ ބަދަލުގައި، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދޭ ޚާދިމަކަށް ވާންޖެހޭ ކަމަށްވެސް ފައްޔާޒު ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 މެއި 2026 | އާދީއްތަ 08:39
ފުވައްމުލައް ސިޓީގައި އެމްޑީޕީން ބޭއްވި ޖަލްސާގައި އެޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ.

ފުވައްމުލައް ސިޓީގައި އެމްޑީޕީން ބޭއްވި ޖަލްސާގައި އެޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ. | އެމްޑީޕީ

މާ ހައިބަތު ބޮޑު ކަރާމާތެއް ލިބިގެންވާ ރައީސުލްޖުމްހޫރިއްޔާއެއް ހުރުމަކުން ނުފުދޭ ކަމަށާއި، ސަރުކާރުގެ ސައިޒް ކުޑަ ކުރަން ޖެހޭ ކަމަށް  އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ. 

ހޮނިހިރު ދުވަހުގެ ރޭ ފުވައްމުލައް ސިޓީގައި ބޭއްވި ބޮޑު ބަދަލު ކެންޕޭން ޖަލްސާގައި ފައްޔާޒު ވިދާޅުވީ، ފެހި ގާނޫނު އަސާސީއާކު ރާއްޖެ އަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް އެމްޑީޕީ ނޫން ވެރިކަމެއް އަންނަ ކޮންމެ ފަހަރަކު ބިރުވެރި މާހައުލަކަށް ވެއްޓޭ ކަމަށާއި، އެތައް ގުރުބާނީއެއް ވެގެން ހޯދި ހައްގުތައް ބީވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަމުގެ ސަބަބުން ފުދުންތެރިކަމަށް  ވަރަށް ބޮޑު އަސަރެއް ކުރާ ކަމަށެވެ.

މިފަދަ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ،  ސިޔާސީ ޕާޓީއެއްގެ ބޭނުމަކީ ރައްޔިތުންނަށް ދިމާވާ ކަންތައްތަކަކަށް ހައްލު ހޯދުން ކަމަށާއި، ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން ސިޔާސީ ޕާޓީތަކުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ހޯދާފައި ހުރި ހައްގުތައް ހިފަހައްޓައި، އެ ހައްގުތައް ފުޅާ ކުރުމަށް ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސިޔާސީ ޕާޓީއެއްގެ ބޭނުމަކީ އެ ޕާޓީއަށް ލިބޭ ގޮނޑިމޭޒުގެ އޮޑިޓް ހަދާފައި ބަހެއްޓުމެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ގާއިމް ކުރެވުނު ނަމަވެސް ހަގީގަތުގައި ތިން ބާރު ވަކި ނުވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ސަރުކާރު ޖަވާބު ދާރީ ކުރާނެ ތަނެއްގެ ގޮތުގައި ބެލެވުނު ނަމަވެސް އެއީ ސަރުކާރު ހިމާޔަތް ކުރަން އޮންނަ ތަނެއް ކަމަށެވެ. 

އެހެންކަމުން ބާރުތައް ސީދާ ރައްޔިތުންނާ ހިސާބަށް ގެންނަން ޖެހޭ ކަމަށާއި، ބޮޑު ބަދަލެއް އަންނަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ އަޅުގަނޑުމެން ކުރި މަސައްކަތުން މިހޯދުނު ހައްގުތައް ހޯދުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ބެލުނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ދިވެހި ރާއްޖެއަށް ގެނައުން. ދެން އޭގެ މަންފާތަކެއް ކޮށްފި. އެހެންނަމަވެސް މިއަދު އަޅުގަނޑުމެން ފަހަތަށް އެނބުރި ބަލާއިރު، މިއަދު އަޅުގަނޑުމެންނަށް ދިމާވެގެން އުޅޭ މައްސަލަތަކުގެ ފަހަތުގައި މިއޮތީ މިތިން ބާރުގެ މައްސަލަ. ހަގީގަތަކީ މި ތިން ބާރު ވައްކެއް ނުވޭ. މިހާރު އޮތް ގޮތުން ވެއްޖެއްޔާ ސަރުކާރާ ހަވާލުވާ ފަރާތުން ކޮންމެވެސް ސަބަބަކާ ހުރި ރައްޔިތުން މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ރައްޔިތުން އެބަދޭ. މަޖިލީހަށް އެ އަގުލަބިއްޔަތު ލިބޭ ހިސާބުން މަޖިލިސްގެ ދަށު އެބަ ވޭ ފަނޑިޔާރުގެ. މަޖިލިސްގެ ދަށު އެބަވޭ މިނިވަން މުއައްސަސާތައް ވެސް. ފަނޑިޔާރުގެއާއި މިނިވަން މުއައްސަސާތަކަކީ މިތިން ބާރު ނުވަތަ ރައްޔިތުންނާ މެދު ގާނޫނު އަސާސީގައި އޮތްގޮތަށް ދައުލަތް ހިނގާތޯ ބެލުމުގެ ޒިންމާ މިއޮތީ ވަރަށް ބޮޑަށް މިނިވަން މުއައްސަސާތަކަށާއި، އަދި އޭގެ އިންސާފު ގާއިމް ކުރުމަށް މިއޮތީ ފަނޑިޔާރު ގެއަށް. ރައްޔިތުންގެ މަޖިލިސްގެއަކީ ރައްޔިތުން ހިމާޔަތް ކޮށް ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަން އޮންނަ ބައެއް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މިރާއްޖޭގައި އަދި ހަމަ ބައެއް ޑިމޮކްރަޓިކް ގައުމުތަކުގައި ވެސް މި ފެންނަމުންދާ މަންޒަރަކީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ދިފާއު ކުރަން އޮންނަ ތަނެއްގެ ގޮތުގައި. 
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް

ސަރުކާރަށް އިޝާރާތް ކުރައްވައި ފައްޔާޒު ވިދާޅުވީ ސަރުކާރުގެ ސައިޒް ކުޑަ ކުރަން ޖެހޭ ކަމަށާއި، މާ ހައިބަތު ބޮޑު، ކަރާމާތެއް ލިބިގެންވާ ރައީސުލްޖުމްހޫރިއްޔާއެއް ހުރުމަކުން ނުފުދޭ ކަމަށެވެ. ރައީސް އަކީ ރައްޔިތުންނަށް ދިމާވާ ކަންތައްތަކަށް ހައްލު ހޯދައިދޭ މީހަކަށް ބަދަލުވާން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

ފައްޔާޒު ވިދާޅުވީ، ރައީސް އަކީ ވެސް އާދައިގެ ރައްޔިތެއް ކަމަށާއި، ރައްޔިތުން ރައީސްއާ ހަވާލުކުރަނީ ވަކި މުއްދަތެއްގެ ތެރޭގައި ވަކި ކަންތައްތަކެއް ކުރުމަށް ކަމަށެވެ. ނަމަވެސް ރައީސްގެ މަގާމަށް އާދަވުމުން ގިނަ ފަހަރަށް ސައިޒް އޮޅޭ ކަމަށާއި، މިކަން ބަދަލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ގައުމުގެ ކަންކަން ރައްޔިތުންނާ ހިސާބުން ނިންމަން ޖެހޭ ގޮތަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ. 

އެގޮތުން ގާނޫނު އަސާސީ އަށް ބަދަލު ގެންނައިރު، ރައްޔިތުންގެ ބަސް އޮންނަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރަށްރަށުގެ ކައުންސިލަރުން ހިމަނައިގެން ބޮޑު މަޖިލީހެއް އެކުލަވާލަން ޖެހޭ ކަމަށާއި، ރައްޔިތުންގެ ދައުރު އަދިވެސް ބޮޑު ކުރަން ޖެހޭ ކަމަށެވެ. 

ފައްޔާޒް އިސްމާއިލްއެމްޑީޕީފުވައްމުލައް ސިޓީބޮޑު ބަދަލުޤާނޫނުއަސާސީރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ދަރަނީގެ މައްސަލަ ހައްލު ނުކުރެވޭ ނަމަ ރާއްޖޭގެ ރައްޔިތުން އިތުރު ނިކަމެތި ކަމެއްގެ ތެރެއަށް ދާން ޖެހިދާނެ ކަމުގެ ބިރު އެބައޮތް: ކުރީގެ ރައީސް ނަޝީދު

ދަރަނީގެ މައްސަލަ ހައްލު ނުކުރެވޭ ނަމަ ރާއްޖޭގެ ރައްޔިތުން އިތުރު ނިކަމެތި ކަމެއްގެ ތެރެއަށް ދާން ޖެހިދާނެ ކަމުގެ ބިރު އެބައޮތް: ކުރީގެ ރައީސް ނަޝީދު

17 މެއި 2026
ތިން ރައީސުންގެ ފަރާތުން މަންދޫބުން ކަނޑައަޅައި، ފުރަތަމަ ބައްދަލުވުން ހޯމަ ދުވަހު

ތިން ރައީސުންގެ ފަރާތުން މަންދޫބުން ކަނޑައަޅައި، ފުރަތަމަ ބައްދަލުވުން ހޯމަ ދުވަހު

17 މެއި 2026
އަންހެން ކުއްޖަކު ބްލެކްމެއިލް ކުރަން ފޮޓޯ އާއި ވީޑިއޯ ހޯދަން ޕީއެންސީގެ މެންބަރަކު އެދުނު: އައްބާސް

އަންހެން ކުއްޖަކު ބްލެކްމެއިލް ކުރަން ފޮޓޯ އާއި ވީޑިއޯ ހޯދަން ޕީއެންސީގެ މެންބަރަކު އެދުނު: އައްބާސް

16 މެއި 2026
ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ!

ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ!

15 މެއި 2026
މަޖިލީހުން ގާނޫނެއް ފާސްކޮށްގެން ނޫނީ އަނގަބަންދުކުރުމުގެ އަމުރުތައް ނުނެރެވޭ، މިހާރު އޮތް އަމުރު ގާނޫނުއަސާސީއާ ހިލާފު: އަލީ ހުސައިން

މަޖިލީހުން ގާނޫނެއް ފާސްކޮށްގެން ނޫނީ އަނގަބަންދުކުރުމުގެ އަމުރުތައް ނުނެރެވޭ، މިހާރު އޮތް އަމުރު ގާނޫނުއަސާސީއާ ހިލާފު: އަލީ ހުސައިން

15 މެއި 2026

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު