Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިތަދޫ އުތުރު ދާއިރާ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ރީ- ރަޖިސްޓަރީވުމަށް ހުޅުވާލައިފި

2026 ޖޫން 6 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު އީސީން ވަނީ ހުޅުވާލާފައި. މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ފަހުގެ 1 ގެ ނިޔަލަށް ކުރިއަށްދާ މި މުއްދަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅަންޖެހޭނީ އީސީގެ އޮންލައިން ޕޯޓަލްތައް މެދުވެރިކޮށް ކަމަށް އެ ކޮމިޝަނުން ބުނޭ. މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00 އަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 14 މެއި 2026 | ބުރާސްފަތި 06:04
ކައުންސިލް، ޑަބްލިއުޑީސީ އަދި ރެފަރެންޑަމް އިންތިޚާބުގައި އިލެކްޝަން ކޮމިޝަންގެ އޮފިޝަލުން މަސައްކަތުގައި.

ކައުންސިލް، ޑަބްލިއުޑީސީ އަދި ރެފަރެންޑަމް އިންތިޚާބުގައި އިލެކްޝަން ކޮމިޝަންގެ އޮފިޝަލުން މަސައްކަތުގައި. | މުހައްމަދު އަފްރާހު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލައިފި އެވެ. 

ބުރާސްފަތި ދުވަހު އިލެކްޝަން ކޮމިޝަން (އީސީ)ން ބުނީ، 6 ޖޫން 2026 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު 14 މެއި 2026 ވަނަ ދުވަހުގެ ހެނދުނު 10:00ން 18 މެއި 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ. 

މި މުއްދަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތައް އެކަނި ކަމަށް އީސީން ބުނެ އެވެ. އަދި ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް މި ވޯޓުގައި ރަޖިސްޓަރީ ވެފައިވާނީ މާލެ އަށް ކަމަށެވެ. 

އީސީން ބުނީ، ރިސޯޓެއްގައި ނުވަތަ ޖަލުގައި ނުވަތަ ރަށްވެހިވެފައިވާ ރަށްނޫން އެހެންރަށެއްގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މި އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ވޯޓުލާ ތަންކަމަށް ރަޖިސްޓަރީވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ކަމަށެވެ. 

މީގެ އިތުރުން އީސީން ބުނީ، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ މި ކޮމިޝަނުގެ، 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' (form.elections.gov.mv) ނުވަތަ 'މައި ޕޯޓަލް' (my.elections.gov.mv) މެދުވެރިކޮށް އޮންލައިން ކޮށް ކަމަށެވެ. އަދި ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ހުށަހަޅާ މީހާގެ ފޮޓޯ ހުށަހަޅަން ޖެހޭނެ ކަމަށް އެކޮމިޝަނުން ބުނެ އެވެ. 

އީސީން ބުނީ، މައި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓުން ކަމަށެވެ. އަދި މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެ ކަމަށް އީސީން ބުނެ އެވެ. 

މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު އެސް.އެމް.އެސް މެދުވެރިކޮށް (VR space IDNO Send to 1414) ޗެކްކުރެވޭނެ އެވެ. އަދި، ކޮމިޝަނުގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް (https://pprvr.elections.gov.mv/statuscheck/vr) މެދުވެރިކޮށްވެސް ޗެކް ކުރެވޭނެ އެވެ.

ރީ-ރަޖިސްޓަރީވުމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ، 1414 އަށް ގުޅުމަށް އީސީން ވަނީ އެދިފަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގެ ވޯޓުލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 6 ޖޫން 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00ން ހަވީރު 4:00ށެވެ.

ރައްޔިތުންގެ މަޖިލިސްއިލެކްޝަންސް ކޮމިޝަންހިތަދޫ އުތުރު ދާއިރާ

އިތުރަށް ކިޔާލަން

13 މެއި 2026

ބުރާސްފަތި ދުވަހުގެ ޖަލްސާއަށް ނާޒިމްގެ އިތުބާރު ނެތްކަމަށް ހުށަހަޅަނީ

13 މެއި 2026
ބުރާސްފަތި ދުވަހުގެ ޖަލްސާއަށް ނާޒިމްގެ އިތުބާރު ނެތްކަމަށް ހުށަހަޅަނީ
13 މެއި 2026

ޕީއެންސީ އަށް ނިސްބަތްވާ 9 މެމްބަރެއްގެ ގޮނޑި ވަނީ ގެއްލިފަ، ފެށޭ ހަފްތާގަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނަން: އަލީ ހުސެއިން

13 މެއި 2026
 ޕީއެންސީ އަށް ނިސްބަތްވާ 9 މެމްބަރެއްގެ ގޮނޑި ވަނީ ގެއްލިފަ، ފެށޭ ހަފްތާގަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނަން: އަލީ ހުސެއިން
13 މެއި 2026

ޕީއެންސީގެ އެތެރޭގައި މި ހިނގަނީ ކޮން ކަންތައްގަނޑެއް؟

13 މެއި 2026
ޕީއެންސީގެ އެތެރޭގައި މި ހިނގަނީ ކޮން ކަންތައްގަނޑެއް؟
13 މެއި 2026

ނާޒިމް ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ އިން ނިންމައިފި

13 މެއި 2026
ނާޒިމް ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ އިން ނިންމައިފި
13 މެއި 2026

ޖަލްސާ ކެންސަލް ކުރީ ޕީއެންސީ އެތެރޭގެ ކޯޅުންގަނޑެއްގައި ނާޒިމްގެ ރިޔާސަތުގައި ޖަލްސާ ނުބޭއްވުމަށް އަންގައިގެން!

13 މެއި 2026
ޖަލްސާ ކެންސަލް ކުރީ ޕީއެންސީ އެތެރޭގެ ކޯޅުންގަނޑެއްގައި ނާޒިމްގެ ރިޔާސަތުގައި ޖަލްސާ ނުބޭއްވުމަށް އަންގައިގެން!
13 މެއި 2026

ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަ ނުވެގެން ކެންސަލް ކޮށްލައިފި

13 މެއި 2026
ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަ ނުވެގެން ކެންސަލް ކޮށްލައިފި
13 މެއި 2026

ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ފެށުން ފަސްކޮށްފި

13 މެއި 2026
ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ފެށުން ފަސްކޮށްފި
12 މެއި 2026

މިވަގުތު ވެސް އުވާލި އަތޮޅު ކައުންސިލްތަކުގެ 600 އެއްހާ މުވައްޒަފުން ތިބީ ވާނުވާގައި: ޒިޔާދު

12 މެއި 2026
މިވަގުތު ވެސް އުވާލި އަތޮޅު ކައުންސިލްތަކުގެ 600 އެއްހާ މުވައްޒަފުން ތިބީ ވާނުވާގައި: ޒިޔާދު
12 މެއި 2026

އެލްޖީއޭގެ ބޯޑުގެ ބާރު ކަނޑުވާލާ ބިލު ދިރާސާ ކުރަން ލާމަރުކަޒީ ކޮމިޓީ އަށް

12 މެއި 2026
އެލްޖީއޭގެ ބޯޑުގެ ބާރު ކަނޑުވާލާ ބިލު ދިރާސާ ކުރަން ލާމަރުކަޒީ ކޮމިޓީ އަށް
12 މެއި 2026

އަތޮޅުތައް ހިންގުން އެލްޖީއޭ އާ ހަވާލު ކުރަން ނިންމުމަށް ފަހު އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލު ކުރަން ސަރުކާރުގެ ފަރާތުން އިސްލާހެއް

12 މެއި 2026
އަތޮޅުތައް ހިންގުން އެލްޖީއޭ އާ ހަވާލު ކުރަން ނިންމުމަށް ފަހު އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލު ކުރަން ސަރުކާރުގެ ފަރާތުން އިސްލާހެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު