Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މުހިއްމު މަސައްކަތް ހުރި ކަމަށް ބުނެ މަޖިލީހުގެ ދައުރު ދަންމާލުމަށް ފަހު ތާވަލު ކުރި ފުރަތަމަ ޖަލްސާ ވެސް ކެންސަލް

މުހިންމު މަސައްކަތްތަކެއް ހުރި ކަމަށް ބުނެ މި މަހުގެ 31 އަށް މަޖިލީހުގެ ދައުރު ދަންމާލި ނަމަވެސް، މިއަދަށް ތާވަލުކުރި ޖަލްސާ ވަނީ ކެންސަލްކޮށްފަ. އިދިކޮޅު އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި ދައުރު ދަންމާލީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ އަވަސްކުރުމުގެ ބޭނުމުގަ. ނާޒިމް ވަކިކުރަން ހުށަހެޅީ މަގާމުގެ ނާޖާއިޒު ފައިދާ ނަގައި މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރެއްވި ކަމަށް ބުނެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 18 މެއި 2026 | ހޯމަ 07:55
ބުރާސްފަތި ދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން އަބްދުއްރަހީމް ވަނީ ހޯމަ ދުވަހު ޖަލްސާ އޮންނާނެކަން އިއުލާނު ކުރައްވާފަ އެވެ. ނަމަވެސް ހޯމަ ދުވަހުގެ ޖަލްސާ ބާއްވާފައެއް ނުވޭ

ބުރާސްފަތި ދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން އަބްދުއްރަހީމް ވަނީ ހޯމަ ދުވަހު ޖަލްސާ އޮންނާނެކަން އިއުލާނު ކުރައްވާފަ އެވެ. ނަމަވެސް ހޯމަ ދުވަހުގެ ޖަލްސާ ބާއްވާފައެއް ނުވޭ | ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ނިންމުމަށް މުހިންމު މަސައްކަތްތަކެއް ހުރި ކަމަށް ވިދާޅުވެ، ދައުރު ދަންމާލުމަށްފަހު ބޭއްވުމަށް ތާވަލުކުރި ފުރަތަމަ ޖަލްސާ ވެސް ކެންސަލް ކޮށްފި އެވެ. 

2026 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު މެއި މަހުގެ 15 ވަނަ ދުވަހަށް ހަމަވާއިރު ގަވާއިދުގައިވާ ގޮތުގެ މަތިން ދައުރު ނިންމާ ޖަލްސާ ބާއްވަނީ އެ ދައުރުގެ ތެރޭގައި އޮންނަ ފަހު ބުރާސްފަތި ނުވަތަ ހޯމަ ދުވަހުގަ އެވެ. އެހެންކަމުން މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ ބޭއްވި ނަމަވެސް ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ،  މުހިންމު މަސައްކަތްތަކެއް ހުރި ކަމަށް ވިދާޅުވެ ދައުރު ދަންމާލުމަށް ހުށަހަޅުއްވައިފަ އެވެ.

Advertisement - newsAdvertisement

58 މެންބަރުންގެ އަޣުލަބިއްޔަތުން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ މި ދައުރު ދަންމާލުމަށް ބުރާސްފަތި ދުވަހު ނިންމި އިރު ދައުރު ދަންމާލަން ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވި އެވެ. 

ބުރާސްފަތި ދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން އަބްދުއްރަހީމް ވަނީ ހޯމަ ދުވަހު ޖަލްސާ އޮންނާނެކަން އިއުލާނު ކުރައްވާފަ އެވެ. ނަމަވެސް ހޯމަ ދުވަހުގެ ޖަލްސާ ކެންސަލް ކޮށްފައިވާއިރު ޖަލްސާ ކެންސަލް ކޮށްފައިވާ ސަބަބު ހާމަ ކޮށްފައެއް ނުވެ އެވެ. 

މިކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީ އިން ވަނީ މަޖިލީހުގެ ދައުރު ދަންމާލުމަށްފަހު ވެސް ޖަލްސާ ނުބާއްވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިކަމާ ގުޅިގެން ރާއްޖެއެމްވީ އާ ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ދައުރު ދަންމާލީ މުހިއްމު މަސައްކަތެއް ހުރެގެން ނޫން ކަމަށެވެ. އަދި އެއީ ޖަލްސާތައް ބާއްވާ، މަސައްކަތް ކުރުމުގެ ނިޔަތުގައި ކުރި ކަމެއް ވެސް ނޫން ކަމަށް މެންބަރު ތުހުމަތު ކުރެއްވި އެވެ. 

ޝަމްހީދު ވިދާޅުވީ މިއީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާތީ ކޮށްގެން އުޅޭ ކަމެއް ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސް ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރެއް ލިބިފައިވާއިރު އެ މައްސަލަ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުރާސްފަތި ދުވަހު ބުނެފަ އެވެ. 

ގާނޫނު އަސާސީގައި ވާގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން ގަރާރެއް ހުށަހަޅާއިރު، 14 ދުވަހުގެ ނޯޓިސްއެއް ދޭން ޖެހެ އެވެ. އަދި އެ މައްސަލައިގެ ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ވެސް ނައިބު ރައީސަށް ދޭންޖެހޭނެ އެވެ. ނަމަވެސް އޭނާއާ ގުޅޭ ވޯޓުގައި ބައިވެރިނުވެވޭނެ އެވެ. 

ޝަމްހީދު ވިދާޅުވީ ދައުރު ދަންމާލާފައިވާއިރު ޖަލްސާތައް ބާއްވައިގެން މަސައްކަތްތަކެއް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ނާޒިމް ވަކިކުރަން މައްސަލަ ހުށަހަޅާފައިވާއިރު އީދު ބަންދަށް ފަހު ޖަލްސާ ބާއްވާނެ ކަމަށް ބެލެވޭ ކަމަށާ އެއީ އެހާތަނަށް ގާނޫނުގައި ބުނާ ނައިބު ރައީސް މަގާމުން ވަކިކުރަން ގަރާރެއް ހުށަހަޅާއިރު ދޭންޖެހޭ 14 ދުވަހުގެ ނޯޓިސްގެ މުއްދަތު ހަމަވާނެތީ ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ. 

މަޖިލިސް ޗުއްޓީއަށް ދިޔަ ނަމަ އެކަން ނުބެލުނީސް ކަމަށާ ދައުރު ދަންމާލި ހަމައެކަނި ބޭނުމަކީ ވީހާވެސް އަވަހަކަށް ނާޒިމްގެ މައްސަލަ ނިންމުން ކަމަށް ޝަމްހީދު ތުހުމަތު ކުރެއްވި  އެވެ. 

ނާޒިމް ވަކިކުރަން ހުށަހެޅީ މަގާމުގެ ނާޖާއިޒު ފައިދާ ނަގައި ވަކި ސިޔާސީ ފިކުރަކަށް ބުރެވެ، މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީފައިވާތީ ކަމަށް، އެމަނިކުފާނު ވަކިކުރަން މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައިވެ އެވެ. 

ރައްޔިތުންގެ މަޖިލިސްއަބްދުއްރަހީމް އަބްދުﷲއަހްމަދު ނާޒިމްއަހްމަދު ޝަމްހީދުއެމްޑީޕީޕީއެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުގެ ޣައްދާރުކަމާއި ހިޔާނަތްތެރިކަން މާ ބޮޑު، އެމްޑީޕީވިއްޔާ ޙައްޤުތައް ހޯދައިދޭން މަގުތަކަށް ނުކުމެ އެބަ އުޅޭ: ރައީސް ޔާމީން

މި ސަރުކާރުގެ ޣައްދާރުކަމާއި ހިޔާނަތްތެރިކަން މާ ބޮޑު، އެމްޑީޕީވިއްޔާ ޙައްޤުތައް ހޯދައިދޭން މަގުތަކަށް ނުކުމެ އެބަ އުޅޭ: ރައީސް ޔާމީން

18 މެއި 2026
 ޖަލަށް ލާއިފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީ އިން ކުރި އިހުތިޖާޖަށް ފުލުހުން ހުރަސް އަޅައިފި

ޖަލަށް ލާއިފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީ އިން ކުރި އިހުތިޖާޖަށް ފުލުހުން ހުރަސް އަޅައިފި

17 މެއި 2026
ތިނަދޫ ސިޓީ ފިޔަވައި، 4 ސިޓީ އަށް ވެސް ޑެޕިއުޓީ މޭޔަރުން އިންތިޚާބު ކޮށްފި!

ތިނަދޫ ސިޓީ ފިޔަވައި، 4 ސިޓީ އަށް ވެސް ޑެޕިއުޓީ މޭޔަރުން އިންތިޚާބު ކޮށްފި!

17 މެއި 2026
މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް އެމްޑީޕީ ފަރާތުން ވާދަކުރައްވާނީ މީކާއީލް!

މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް އެމްޑީޕީ ފަރާތުން ވާދަކުރައްވާނީ މީކާއީލް!

17 މެއި 2026
މާ ހައިބަތު ބޮޑު ކަރާމާތެއް ލިބިގެންވާ ރައީސްއެއް ހުރުމަކުން ނުފުދޭ: ފައްޔާޒު

މާ ހައިބަތު ބޮޑު ކަރާމާތެއް ލިބިގެންވާ ރައީސްއެއް ހުރުމަކުން ނުފުދޭ: ފައްޔާޒު

17 މެއި 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު