Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ތިން ރައީސުންގެ ބައްދަލުވުން

ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ!

ރައީސް މުއިއްޒުގެ ސަރުކާރުން ޤާނޫނުއަސާސީއާ ޚިލާފުވެ، ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވައި، ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރަމުންދާ ކަމަށް ބުނެ ކުރީގެ ތިން ރައީސުން ކަންބޮޑުވުން ފާޅުކުރައްވައިފި. އިޤްތިސާދީ ޙާލަތު ގޯސްވެ، ތަކެތީގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގައި ސަރުކާރުން ކުރާ އިސްރާފު ބޮޑުކަން ފާހަގަކޮށް، ޤައުމު ހަމަ މަގަށް އެޅުވުމަށް ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައި. މީގެ އިތުރުން ޖަލުގައި ތިބި ނޫސްވެރިން މިނިވަންކޮށް، ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށް ސަރުކާރަށް ވަނީ ގޮވާލާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 15 މެއި 2026 | ހުކުރު 16:10
ތިން ރައީސުންގެ ތާރީޚީ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަން ތައްޔާރުވަނީ

ތިން ރައީސުންގެ ތާރީޚީ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަން ތައްޔާރުވަނީ | ރާއްޖެ އެމްވީ

ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެވިފައިވާކަމަށް ކުރީގެ 3 ރައީސުންކަމަށްވާ ރައީސް މުޙައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީނު އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ތިން ރައީސުންގެ ތާރީޚީ ބައްދަލުވުމަށްފަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކަށް ފާޅުގައި އަރައިގެންފައިވާ ކަމަށާއި، ޝަރުއީ ކޯޓުތަކަށްވެސް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި، ދައުލަތުގެ މުއައްސަސާތަކުގެ މުސްތަޤިއްލުކަން ގެއްލުވާލާފައިވާކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

Advertisement - newsAdvertisement

ތިން ރައީސުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުމާއި، ނޫސްވެރިން ޖަލަށްވެސް ލަމުންދާ ކަމަށެވެ.

މީގެ އިތުރުން، ރައްޔިތުންގެ އާންމު ޙާލަތު ދަށްވެ، އިޤްތިސާދު ހީނަރުވެ، ތަކެތީގެ އަގު އެތައް ގުނައަކަށް އުފުލިފައިވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި މި ޙާލަތުގައި ވެސް ސަރުކާރުގެ އިސްރާފު އިންތިހާއަށް ބޮޑުކަމަށް ބަޔާނުގައިވެއެވެ.

ހަމައެއާއެކު، ސަރުކާރުގެ ތެރޭގައި ނުރަނގަޅު އެތައް ކަމެއް މިއަދު އަށަގެންފައިވާކަން ފާހަގަކޮށް ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެކަންކަން އިސްލާޙު ކުރުމަށް ވެސް ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއާއި މުދާ އަމާންކަމާއި ރައްކާތެރިކަމާއެކު ބެލެހެއްޓޭކަމުގެ އިތުބާރު ގެއްލި، ރައްޔިތުންގެ ބާރު ކެނޑި، އެތައް ޒަމާނެއްވަންދެން ދިވެހިން މަސައްކަތް ކޮށްގެން ހޯދި ޑިމޮކްރަސީގެ ހަމަތައް ރާއްޖެއިން ފުހެވިގެންދާތަން ފެންނަމުންދާކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުންވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެވިފައިވާކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މިހާރު ޖަލު ބަންދުގައި ތިބި ނޫސްވެރިން މިނިވަން ކުރުމަށާއި، ނޫސްވެރިންގެ މައްޗަށް ހިންގާ ޣައިރު ޤާނޫނީ ޝަރީއަތްތައް ހުއްޓާލުމަށް ވެސް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

މިއީ ކުރީގެ ތިން ރައީސުން މިފަދަ ގޮތަކަށް ބައްދަލު ކުރައްވާފައިވާ ފުރަތަމަ ފަހަރެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުއަބްދުﷲ ޔާމީންއިބްރާހީމް މުޙައްމަދު ސޯލިޙުޑރ. މުޙައްމަދު މުޢިއްޒުޑިމޮކްރަސީރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން ރައީސުންގެ ތާރީޚީ މަޝްވަރާތައް ފެށިއްޖެ

ތިން ރައީސުންގެ ތާރީޚީ މަޝްވަރާތައް ފެށިއްޖެ

15 މެއި 2026
މަޖިލީހުން ގާނޫނެއް ފާސްކޮށްގެން ނޫނީ އަނގަބަންދުކުރުމުގެ އަމުރުތައް ނުނެރެވޭ، މިހާރު އޮތް އަމުރު ގާނޫނުއަސާސީއާ ހިލާފު: އަލީ ހުސައިން

މަޖިލީހުން ގާނޫނެއް ފާސްކޮށްގެން ނޫނީ އަނގަބަންދުކުރުމުގެ އަމުރުތައް ނުނެރެވޭ، މިހާރު އޮތް އަމުރު ގާނޫނުއަސާސީއާ ހިލާފު: އަލީ ހުސައިން

15 މެއި 2026
ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު މެންބަރު އައްބާސްގެ އަބުރަށް އަރައިގަތް ކަމަށް ބުނެ ދައުވާ ކުރަނީ

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު މެންބަރު އައްބާސްގެ އަބުރަށް އަރައިގަތް ކަމަށް ބުނެ ދައުވާ ކުރަނީ

15 މެއި 2026
ރައީސް ނަޝީދާއި ރައީސް ޞޯލިޙް އަދި ރައީސް ޔާމީން ހުކުރު ދުވަހު ބައްދަލު ކުރައްވަނީ

ރައީސް ނަޝީދާއި ރައީސް ޞޯލިޙް އަދި ރައީސް ޔާމީން ހުކުރު ދުވަހު ބައްދަލު ކުރައްވަނީ

14 މެއި 2026
ބިދޭސީންގެ ފިންގަރ ޕްރިންޓްތައް ސިސްޓަމް ތެރެއިން ގެއްލިގެން އަނެއްކާ ފިންގަރ ޕްރިންޓްތައް ނަގާ ކަމެއް ސަރުކާރުގެ ތަރުޖަމާނަކަށް ނޭނގެ

ބިދޭސީންގެ ފިންގަރ ޕްރިންޓްތައް ސިސްޓަމް ތެރެއިން ގެއްލިގެން އަނެއްކާ ފިންގަރ ޕްރިންޓްތައް ނަގާ ކަމެއް ސަރުކާރުގެ ތަރުޖަމާނަކަށް ނޭނގެ

14 މެއި 2026

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު