Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަޖިލީހުގެ ދައުރު

މަޖިލީހުގެ ފުރަތަމަ ދައުރު ދިގުދަންމާލައިފި

މަޖިލީހުގައި ނުނިމި ހުރި މުހިންމު މަސައްކަތްތައް ނިންމުމަށްޓަކައި، މި ހިނގާ ފުރަތަމަ ދައުރު މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލުމަށް 58 މެންބަރުންގެ ވޯޓާއެކު ވަނީ ފާސްކޮށްފައެވެ. ގަވާއިދުގައިވާ ގޮތުން މި ދައުރު މި މަހުގެ 15 އަށް ހަމަވި ނަމަވެސް، މަސައްކަތްތައް ނުނިމި ހުރުމުން ދައުރު އިތުރުކުރުމުގެ އިޚުތިޔާރު މަޖިލީހަށް ލިބިގެންވެއެވެ. މި ނިންމުން ނިންމާފައިވަނީ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 މެއި 2026 | ބުރާސްފަތި 10:31
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ކުރާގެ

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ކުރާގެ | ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ދިގުދަންމާލައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން، ދައުރުގެ މުއްދަތު މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް ފާސްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ޖަލްސާގައެވެ. 

Advertisement - newsAdvertisement

ބުރާސްފަތި ދުވަހުގެ ޖަލްސާގައި އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ ތެރެއިން 58 މެންބަރުން ވަނީ ދައުރު އިތުރުކުރަން ފެންނަކަމަށް ވޯޓުދެއްވާފައެވެ. ދައުރު ދަންމާލުމާ ދެކޮޅަށް ވޯޓުދެއްވީ 11 މެންބަރުންނެވެ.

އަހަރެއްގެ ފުރަތަމަ ދައުރު ކުރިއަށްދާނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، ނަމަވެސް ދައުރު ހަމަވާއިރު މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު މަސައްކަތްތައް ނުނިމި ހުރެއްޖެނަމަ، މަޖިލީހުގެ ނިންމުމަކުން ދައުރުގެ މުއްދަތު އިތުރުކުރެވޭނެކަމަށް މަޖިލީހުގެ ޤަވާއިދު ބުނެއެވެ. 

މަޖިލީހުގެ މިދިޔަ ދުވަސްތަކުގައި ގިނަ ޖަލްސާތަކެއް އެކި ސަބަބުތަކާހުރެ ކުރުކޮށް، ޖަލްސާތައް ކެންސަލް ކުރަމުންދިޔަ ނަމަވެސް، މިހާރު ދައުރު ދިގު ދަންމާލުމަށް ފާސްކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙުމަދު ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލަވެސް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.  

ރައްޔިތުންގެ މަޖިލިސްއަހްމަދު ނާޒިމްދިއްގަރު ދާއިރާ

އިތުރަށް ކިޔާލަން

14 މެއި 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ރީ- ރަޖިސްޓަރީވުމަށް ހުޅުވާލައިފި

14 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ރީ- ރަޖިސްޓަރީވުމަށް ހުޅުވާލައިފި
13 މެއި 2026

ބުރާސްފަތި ދުވަހުގެ ޖަލްސާއަށް ނާޒިމްގެ އިތުބާރު ނެތްކަމަށް ހުށަހަޅަނީ

13 މެއި 2026
ބުރާސްފަތި ދުވަހުގެ ޖަލްސާއަށް ނާޒިމްގެ އިތުބާރު ނެތްކަމަށް ހުށަހަޅަނީ
13 މެއި 2026

ޕީއެންސީ އަށް ނިސްބަތްވާ 9 މެމްބަރެއްގެ ގޮނޑި ވަނީ ގެއްލިފަ، ފެށޭ ހަފްތާގަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނަން: އަލީ ހުސެއިން

13 މެއި 2026
 ޕީއެންސީ އަށް ނިސްބަތްވާ 9 މެމްބަރެއްގެ ގޮނޑި ވަނީ ގެއްލިފަ، ފެށޭ ހަފްތާގަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނަން: އަލީ ހުސެއިން
13 މެއި 2026

ޕީއެންސީގެ އެތެރޭގައި މި ހިނގަނީ ކޮން ކަންތައްގަނޑެއް؟

13 މެއި 2026
ޕީއެންސީގެ އެތެރޭގައި މި ހިނގަނީ ކޮން ކަންތައްގަނޑެއް؟
13 މެއި 2026

ނާޒިމް ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ އިން ނިންމައިފި

13 މެއި 2026
ނާޒިމް ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ އިން ނިންމައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު