Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޕާކިސްތާން މެދުވެރިކޮށް، އީރާންގެ ހުށަހެޅުން އެމެރިކާއާ ހިއްސާ ކޮށްފި

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެމުން މަސްދަރުން ބުނެފައިވާ ގޮތުގައި، ދެ ޤައުމުގެ ދެ މެދުގައި ހުރި ޚިޔާލު ތަފާތުވުންތައް ނައްތާލުމަށްޓަަކައި ގިނަ ވަގުތުތަކެއް ނެތް ކަމަށް. އަދި ދެ ޤައުމުން ވެސް ދަނީ އެ ޤައުމަކުން ބޭނުންވާ ކަންކަމާއި، ޝަރުތުތަކަށް ތަކުރާރުކޮށް ބަދަލު ގެންނަމުން ކަމަށް ވެސް އެ މަސްދަރުން ފާހަގަ ކޮށްފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މެއި 2026 | ހޯމަ 11:19
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމެރިކާ އާއި ޕާކިސްތާން އަދި އީރާނުގެ ދިދަތަކާއެކު ފެންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުން ކޮށްގެން އުފައްދާފައިވާ ފޮޓޯއެއް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމެރިކާ އާއި ޕާކިސްތާން އަދި އީރާނުގެ ދިދަތަކާއެކު ފެންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުން ކޮށްގެން އުފައްދާފައިވާ ފޮޓޯއެއް. | ސޯޝަލް މީޑިއާ

މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށްޓަކައި އީރާން އިން ހުށަހަޅާފައިވާ އިސްލާހު ކުރެވިފައިވާ ހުށަހެޅުމެއް، ޕާކިސްތާން މެދުވެރިކޮށް އެމެރިކާއާ ހިއްސާ ކޮށްފައިވާ ކަމަށް ޕާކިސްތާންގެ މަސްދަރަކުން ހާމަ ކޮށްފި އެވެ. 

ރޮއިޓާސް ނިއުސް އެޖެންސީ އަށް މައުލޫމާތު ދެމުން ޕާކިސްތާންގެ މަސްދަރަކުން ހޯމަ ދުވަހު ބުނެފައި ވަނީ، ސުލްޙައިގެ ވާހަކަތައް މަޑު ޖެހިފައިވާ ދަނޑިވަޅެއްގައި މި ހުށަހެޅުން މިހާރު އެމެރިކާއާ ހިއްސާ ކޮށްފައިވާ ކަމަށެވެ. 

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެމުން މަސްދަރުން ބުނެފައިވާ ގޮތުގައި، ދެ ޤައުމުގެ ދެ މެދުގައި ހުރި ޚިޔާލު ތަފާތުވުންތައް ނައްތާލުމަށްޓަަކައި ގިނަ ވަގުތު ތަކެއް ނެތް ކަމަށެވެ. އަދި ދެ ޤައުމުން ވެސް ދަނީ އެ ޤައުމަކުން ބޭނުންވާ ކަންކަމާއި، ޝަރުތު ތަކަށް ތަކުރާރުކޮށް ބަދަލު ގެންނަމުން ކަމަށް ވެސް އެ މަސްދަރުން ފާހަގަ ކޮށްފައިވެ އެވެ. މީގެ ސަބަބުން އެއްބަސްވުމަކަށް އައުމަށް އިތުރު ހުރަސް ތަކެއް ކުރިމަތި ވަމުންދާ ކަމަށް ބެލެވެ އެވެ. 

ހޯމަ ދުވަހު އީރާން އިން ބުނެފައި ވަނީ، ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން ހުށަހެޅި އައު ހުށަހެޅުމަކަށް އެ ޤައުމުން މިހާރު ޖަވާބު ދީފައިވާ ކަމަށެވެ. އީރާންގެ މީޑިއާ ތަކުން އެމެރިކާާގެ ޝަރުތު ތަކަކީ އިންސާފުން ބޭރު، ބޮޑެތި ޝަރުތު ތަކެއްގެ ގޮތުގައި ސިފަ ކުރަމުން ދިޔަ ނަމަވެސް، ދެ ޤައުމުގެ ދެ މެދުގައި މައުލޫމާތު ބަދަލު ކުރުމުގެ މަސައްކަތް މެދު ނުކެނޑި ކުރިއަށްދާ ކަމަށް އީރާން އިން ބުނެ އެވެ. 

އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އީރާންގެ ކަންބޮޑުވުންތައް އަދީއްތަ ދުވަހު އެމެރިކާގެ ފަރާތްތަަކަށް އަންގާފައިވާނެ ކަމަށެވެ. މި މުއާމަލާތް ކުރިއަށް ދަނީ ޕާކިސްތާން މެދުވެރިއެއްގެ ގޮތުގައި ބޭނުން ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އެ ހުށަހެޅުންތަކާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ހާމަ ކޮށްފައި ނުވެ އެވެ. 

މެދުއިރުމަތީގެ މަސސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ޕާކިސްތާން އިން މެދުވެރިއެއްގެ ދައުރު އަދާ ކުރަމުންދާއިރު، އީރާން އާއި އެމެރިކާއާ ދެމެދު ސީދާ ސިޔާސީ ގުޅުމެއް ނޯވެ އެވެ. އެހެންކަމުން ދެ ޤައުމުގެ ދެ މެދުގައި ބަދަލު ކުރެވޭ މެސެޖު ތަކާއި، ހުށަހެޅުންތައް އާންމުކޮށް ބަދަލު ކުރަނީ ތިން ވަނަ ޤައުމެއް މެދުވެރި ކޮށްގެންނެވެ. މިފަހަރުގެ ހުށަހެޅުމަކީ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަސައްކަތުގައި ލިބޭނެ ކުރިއެރުމެއް ކަމަށް ބައިނަލްއަޤުވާމީ މުޖުތަމައުން އުންމީދު ކުރެ އެވެ.

މަސްދަރު: އެޖެންސީސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޕާކިސްތާން

އިތުރަށް ކިޔާލަން

18 މެއި 2026

ދެ ދުވަހުގެ ތެރޭގައި އެމެރިކާ އިން ހަނގުރާމަ ފަށައިފާނެ: ޕްރޮފެސަރު މުޙައްމަދު އަލްމަސްރީ

18 މެއި 2026
ދެ ދުވަހުގެ ތެރޭގައި އެމެރިކާ އިން ހަނގުރާމަ ފަށައިފާނެ: ޕްރޮފެސަރު މުޙައްމަދު އަލްމަސްރީ
18 މެއި 2026

ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް އީރާން އަށް، "ސުލްޙަ ނުވެއްޖެ ނަމަ އެކައްޗެއް ވެސް ނުބަހައްޓާނަން!"

18 މެއި 2026
ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް އީރާން އަށް، "ސުލްޙަ ނުވެއްޖެ ނަމަ އެކައްޗެއް ވެސް ނުބަހައްޓާނަން!"
18 މެއި 2026

ޗައިނާ އާއެކު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް، ޚާއްސަ މަންދޫބަކަށް ޣަލިބާފް ހަމަޖައްސަަވައިފި

18 މެއި 2026
ޗައިނާ އާއެކު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް، ޚާއްސަ މަންދޫބަކަށް ޣަލިބާފް ހަމަޖައްސަަވައިފި
17 މެއި 2026

މެދުވެރިއެއްގެ ރޯލު އަދާކުރާއިރު، އީރާނުގެ އަސްކަރީ ބޯޓުތައް ބަހައްޓަން ޕާކިސްތާނުން ފުރުސަތު ދިން

17 މެއި 2026
މެދުވެރިއެއްގެ ރޯލު އަދާކުރާއިރު، އީރާނުގެ އަސްކަރީ ބޯޓުތައް ބަހައްޓަން ޕާކިސްތާނުން ފުރުސަތު ދިން
17 މެއި 2026

326 ދުވަހަށް ފަހު، ޔޫއެސްއެސް ޖެރަލްޑް ފޯޑް އެނބުރި އެމެރިކާ އަށް

17 މެއި 2026
326 ދުވަހަށް ފަހު، ޔޫއެސްއެސް ޖެރަލްޑް ފޯޑް އެނބުރި އެމެރިކާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު