Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޚަރަދު ކުޑަކުރުމުގެ ބަހަނާއަށްފަހު އަނެއްކާވެސް އަތޮޅު އޮފީސް

ޤާނޫން އަސާސީން ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަން ވާނީ ލާމަރުކަޒްކޮށް ކަމަށް ބުނެފަ. އޭގެ ދަށުން އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލް އަދި ސިޓީ ކައުންސިލް އުފައްދައިގެން ކުރިއަށް ދަނިކޮށް މިސަރުކާރުން އެދަނީ އެނިޒާމް ބަދަލު ކުރަމުން.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 19 މެއި 2026 | އަންގާރަ 08:26
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅާއި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ނޫސްވެރިން ދެންނެވި ސުވާލުތަކާއި އެ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބުތައް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅާއި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ނޫސްވެރިން ދެންނެވި ސުވާލުތަކާއި އެ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބުތައް | ރައީސް އޮފީސް

މީހުން ރައީސް މުއިއްޒަށް މުޚާތަބު ކުރާ ބައެއް އެހެން ނަންނަން ހުރެއެވެ. ޚާއްޞަކޮށް ދޮގު ހަދާ މީހުންނަށް އަރަބިން ކިޔާ އުޅޭ ނަމަކީ އޭގެ އެއް ނަމެވެ. މިހާރު އެއީ ސަރުކާރަށް ތާއީދު ކުރާ މީހުންނަށް ހުތުރު ބަހަކަށް ވާތީ އެކަމަށް އިހުތިރާމް ކުރާނަމަވެ. އަނެއް ބަޔަކު ބޭނުންކުރާ ނަން ހަމަ އެއްގޮތަކަށްވެސް ބޭނުމެއް ނުކުރާނަމެވެ. އެކަމަކުވެސް ކީހާ ޅެން ފަރިއްސަށް ވާ ކަމާއި ވިދާޅުވާ ގޮތާ ދިމާ އިދިކޮޅަށް ކަންކުރައްވާ ވާހަކަ ބުނާކަށް ޖެހިލުންވުމުގެ އެއްވެސް ބޭނުމެއްނެތެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ފެށީ އައްޔަން ކުރާ އަތޮޅު ވެރީންނާއި ރަށު ކަތީބުން ނު ބައިތިއްބާން ވެގެންނެވެ. ރައްޔިތުންގެ ކަންކަން ކުރުމަށް ރައްޔިތުން އިންތިޚާބު ކުރާ މީހުން ހޮވުމަށެވެ. ރަށްރަށާއި އަތޮޅުތައް ހިންގާނޭ މީހުން ރައްޔިތުންދޭ ވޯޓަކުން އިންތިޚާބު ކުރުމަށެވެ. ސިޓީ ކައުންސިލްތަކުގެ އިތުރުން ރަށު ކައުންސިލްތައް އަދި އަތޮޅު ކައުންސިލްތައް އުފެއްދީ އެކަމަށެވެ. ޤާނޫން އަސާސީގައި ލިޔުނު ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށެވެ.

މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫން އަސާސީ ވުޖޫދުވިފަހުން އަމަލު ކުރަމުން އައީ އެހަމައިގެ މަތިންނެވެ. އެކަމަކު ރައީސް މުއިއްޒުގެ ދުރު ވިސްނުންފުޅުގެ ރާޑަރަށް ގެންނެވި އެއްކަމަކީ އަތޮޅު ކައުންސލްތަކުގެ ބޭނުމެއް ނެތްކަމެވެ. ކުރަނީ އެއްކަމެއްކަމަށް ވިދާޅުވެ އެކައުންސިލްތަކަކީ ބޭނުން ބައެއް ނޫން ކަމަށެވެ. ބޭނުމަކީ ވަރަށް ރަނގަޅު ބޭނުމެކެވެ. ނަމުން ވަރަށް ފައިދާބޮޑު ބޭނުމެކެވެ. ހިންގުމުގެ ޚަރަދު ކުޑަކުރުމުގެ ބޭނުމުގައެވެ. ކުރެވޭ އިސްރާފް ކުޑަކުރުމަށެވެ. ބޭކާރު ޚަރަދު ނުކުރުމަށެވެ.

ރައީސް މުއިއްޒުގެ އެބަސްފުޅު ކިތަންމެހާ ވެސް ރީއްޗެވެ. އެކަމަކު އެކަން މިވީ ހިކުމަތްތެރިކަމާއެކު ޖެއްސެވި ވަރުގަދަ މަޅިއަކަށެވެ. ވިދާޅުވި ވާހަކަފުޅު ވެގެން އެދިޔައީ ކަނޑުގައި އަޅާލި ރޮނގަކަށެވެ. އުވާލި ކައުންސިލްތަކުގެ ބަދަލުގައި އެހެއްދެވީ އިހު ހިންގަމުން އައިފަދަ އަތޮޅު އޮފީސް ތަކެކެވެ. ސީދާ ރައީސުލް ޖުމްހޫރިއްޔާއަށް ބާރު ފޯރުވޭފަދަ ގޮތަށެވެ. އެލްޖީއޭގެ އޮފީހެއްގެ ގޮތުގައެވެ. މާލެއިން އަތޮޅުތަކުގެ ކަންކަން ކުރާނެ ގޮތް އެންގުމަށް ކުރީގެ ގޮތައް އަތޮޅު އޮފީހެވެ. މިހާރު މަދީ ރައީސުލް ޖުމްހޫރިއްޔާ އައްޔަންކޮށް ފަތްކޮޅު ދީފައި ފޮނުވާ އަތޮޅުވެރިއެކެވެ. ޚަރަދު ކުޑަކުރުމުގެ ބަހަނާ، އަމާޒުފަތްގަނޑަކަށް ހައްދަވައިގެން އެހެއްދެވީ އިހުއޮތް އަތޮޅު އޮފީހެވެ.

ޚަރަދު ބޮޑުވެގެން އަތޮޅު ކައުންސިލްތައް އުވާލައި ހެދި އަތޮޅު އޮފީސްތަކުގައިވެސް ކުރިންތިބިވަރަށް މުވައްޒަފުން ބައިތިއްބައެވެ. ހިންގާނެ ވެރިންލައެވެ. އޮފީހަށް ކުރާން ޖެހޭ އެންމެހާ ޚަރަދުތައް ކުރުމަށް ވަނީ ނިންމާފައެވެ. އެތަންތަނުގެ އެންމެ އިސްވެރިންނަށް ލެވޭ ސިޔާސީ މީހުންގެ މުސާރަ ހަމަ ގައިމުވެސް އަތޮޅު ކައުންސިލަރުންގެ މުސާރައަށްވުރެ ކުޑަވުމަކީ ނާދިރުކަމެކެވެ.

އިހުއޮތް ކަތީބާއި އަތޮޅުވެރިންގެ ނިޒާމް އުވާލައި ގެނައި ލާމަރުކަޒީ ނިޒާމް ގަޑުބަޑުކޮށް މުޅި ނިޒާމް ފުނޑާލަމުންދާތީ އާއްމު ރައްޔިތުންދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. ޚާއްޞަކޮށް ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުންނަމަ އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ގާނޫން އަސާސީއަކުން އެކަމަކަށް ތަނެއް ނުދެއެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވީ މި ބަދަލާއެކު ގާނޫނުއަސާސީގެ 8 ވަނަ ބާބާއި ގަސްތުގައި ޚިލާފުވެފައިވާ ކަމަށެވެ. އެގޮތުން ގާނޫނުއަސާސީގައި އޮތް ގޮތުން އިދާރީ ދާއިރާއެއް ހިންގަންޖެހޭނީ އަތޮޅުގެ ރައްޔިތުން އިންތިޚާބު ކުރާ މެންބަރުން ކަމަށް ވިދާޅުވެ ސުއޫދު ވަނީ ގާނޫނުއަސާސީއާ ޚިލާފުވީ މީހުން ގެ މައްޗަށް ދައުވާ ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ކޮންމެއަކަސް ކައުންސިލްތަކުގެ ބާރު ކުޑަކުރުމާއި ބާރުތައް ރައީސުލް ޖުމްހޫރިއްޔާގެ އަތަށް ނެގުމަށް ރައީސް މުއިއްޒު ކުރައްވާ ކަންކަމުގެ ތެރެއަށް އަނެއްކާވެސް އިތުރުވެގެން މިދިޔައި އިތުރު ބޮޅެކެވެ. މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުން ކުރައްވައިގެން، ލާމަރުކަޒީ ނިޒާމް ފުނޑާލެއްވުމުގެ މަސައްކަތުގައި އަނެއްކާވެސް އެ ގިރާކުރެއްވީ އިތުރު ހަރުފަތެކެވެ. މިވަރުންދާނަމަ އަތޮޅުވެރިންނާއި ކަތީބުން އައްޔަންކޮށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ފަތްކޮޅު ދެއްވުމަކީ ކައިރި ކަމެކެވެ. މިއީ ރައްޔިތުން މިކަމާ ތެދުވާން ޖެހޭ ކަމެކެވެ.

ޑރ. މުއިއްޒުލާމަރުކަޒުކުރުންފ. އަތޮޅު ކައުންސިލްޤާނޫނުއަސާސީހުސްނުއްސުއޫދުސުޕްރީމް ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި ގައުމު މިދަނީ ނެތެމުން، ފަނާވަމުން، ގާނޫނުން ލިބޭ މިނިވަންކަމާއި ހައްގަކީ ހަމަ ހުރެފަ ޖަހައިގަނެވޭނެ އެއްޗެއް ނޫން: ކުރީގެ ނައިބު ރައީސް ފައިސަލް

މުޅި ގައުމު މިދަނީ ނެތެމުން، ފަނާވަމުން، ގާނޫނުން ލިބޭ މިނިވަންކަމާއި ހައްގަކީ ހަމަ ހުރެފަ ޖަހައިގަނެވޭނެ އެއްޗެއް ނޫން: ކުރީގެ ނައިބު ރައީސް ފައިސަލް

19 މެއި 2026
އަތޮޅު އޮފީސްތައް އުފައްދައި ގަސްތުގައި ގާނޫނާ ޚިލާފުވެއްޖެ! އެ މީހުން ގެ މައްޗަށް ދައުވާކުރަންޖެހޭ: ސުއޫދު

އަތޮޅު އޮފީސްތައް އުފައްދައި ގަސްތުގައި ގާނޫނާ ޚިލާފުވެއްޖެ! އެ މީހުން ގެ މައްޗަށް ދައުވާކުރަންޖެހޭ: ސުއޫދު

18 މެއި 2026
ރައީސް މައުމޫނުގެ ވެރިކަމުގައި އޮތްގޮތަށް އަތޮޅު އޮފީސްތައް ރައީސް މުއިއްޒު އުފައްވައިފި

ރައީސް މައުމޫނުގެ ވެރިކަމުގައި އޮތްގޮތަށް އަތޮޅު އޮފީސްތައް ރައީސް މުއިއްޒު އުފައްވައިފި

17 މެއި 2026
މާ ހައިބަތު ބޮޑު ކަރާމާތެއް ލިބިގެންވާ ރައީސްއެއް ހުރުމަކުން ނުފުދޭ: ފައްޔާޒު

މާ ހައިބަތު ބޮޑު ކަރާމާތެއް ލިބިގެންވާ ރައީސްއެއް ހުރުމަކުން ނުފުދޭ: ފައްޔާޒު

17 މެއި 2026
މަޖިލީހުން ގާނޫނެއް ފާސްކޮށްގެން ނޫނީ އަނގަބަންދުކުރުމުގެ އަމުރުތައް ނުނެރެވޭ، މިހާރު އޮތް އަމުރު ގާނޫނުއަސާސީއާ ހިލާފު: އަލީ ހުސައިން

މަޖިލީހުން ގާނޫނެއް ފާސްކޮށްގެން ނޫނީ އަނގަބަންދުކުރުމުގެ އަމުރުތައް ނުނެރެވޭ، މިހާރު އޮތް އަމުރު ގާނޫނުއަސާސީއާ ހިލާފު: އަލީ ހުސައިން

15 މެއި 2026

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު