Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުރީގެ ރައީސް ޔާމީން

މި ސަރުކާރުގެ ޣައްދާރުކަމާއި ހިޔާނަތްތެރިކަން މާ ބޮޑު، އެމްޑީޕީވިއްޔާ ޙައްޤުތައް ހޯދައިދޭން މަގުތަކަށް ނުކުމެ އެބަ އުޅޭ: ރައީސް ޔާމީން

މި ސަރުކާރުގެ ޚިޔާނާތާއި ޣައްދާރުކަން ބޮޑުވުމުގެ ސަބަބުން، ރައްޔިތުންގެ ޙައްޤުތައް ހޯދުމަށް އެމްޑީޕީއާއެކު މަސައްކަތް ކުރެއްވުމަށް ނިންމެވި ސަބަބު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ހާމަކުރައްވައިފި. ޕީއެންއެފްގެ ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ޙައްޤުގައި މިއަދު މަގުމަތީގައި އުޅެނީ ހަމައެކަނި އެމްޑީޕީ ކަމަށާއި، އެހެންކަމުން އެ ޕާޓީއާއެކު ނުނިކުންނަންވީ ސަބަބެއް ނެތް ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 18 މެއި 2026 | ހޯމަ 06:42
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން | ރާއްޖެ އެމްވީ

މި ސަރުކާރުގެ ޣައްދާރުކަމާއި ހިޔާނަތްތެރިކަން މާ ބޮޑު ކަމަށާއި، ރައްޔިތުންގެ ޙައްޤުގައި މަގުތަކަށް ނުކުމެ އުޅެނީ އެމްޑީޕީކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްއިން  ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ، އެމްޑީޕީއަށް ފާޑުވިދާޅުވުމަށްފަހު އެމަނިކުފާނު އެމްޑީޕީއާއެކު މަސައްކަތް ކުރައްވަން ނިންމެވުމާއެކު މި ސަރުކާރުގެ ބޭފުޅުން އެކަމަށް ފާޑުކިޔަމުންދާ ކަމަށާއި، ނަމަވެސް މި ސަރުކާރަށް ތާއީދު ކުރެވެން ނެތް ކަމަށެވެ.

Advertisement - newsAdvertisement

އެކަމުގެ ސަބަބެއްގެ ގޮތުގައި ވިދާޅުވީ، މި ސަރުކާރުގެ ޣައްދާރުކަމާއި ހިޔާނަތްތެރިކަން މާ ބޮޑުވުމެވެ.

މިބޭފުޅުން ހިތްނުތަނަވަސްވެގެން މި އުޅެނީ އެމްޑީޕީއަށް އަޅުގަނޑު އެވަރަށް ފާޑު ކިޔާފައި އެމީހުންނާ ގުޅުނީމާ، އެކަމަކު އެކަންވެސް އޮތްގޮތަކީ އަޅުގަނޑު ތާއީދުކުރާ ބޭފުޅުންނަށް ދަންނަވާނަން، އަޅުގަނޑަކަށް ނެތޭ މިބޭފުޅުންނަށް (މިސަރުކާރަށް) ތާއީދު ކުރެވޭކަށް، މިބޭފުޅުންގެ ޣައްދާރުކަމާ ހިޔާނަތް މާ ބޮޑޭ، މިބޭފުޅުން ވެރިކަމުގައި މި ތިބީ އެއްކަލަ ހުސް ގޮނޑީގެ ޖާދުލުގައޭ، އެއަށްވުރެ ބޮޑު ޣައްދާރުވުމެއް ކޮބައިތޯ
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް ޔާމީނު އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ޙައްޤުތަކެއް ހޯދައިދޭން މިއަދު މަގުމައްޗަށް ނުކުމެ އުޅެނީ ހަމައެކަނި އެމްޑީޕީ ކަމަށާއި، ޙައްޤުތައް ގެއްލިގެން އުޅޭ މި ދަނޑިވަޅުގައި އެމްޑީޕީއާއެކު ނުނިކުންނަންވީ ސަބަބެއް ނެތް ކަމަށެވެ.

އެކަމަކު ރައްޔިތުންނަށް ޙައްޤުތަކެއް ހޯދައިދޭން ހަމަ މަގުތަކަށް ނުކުމެ އެ އުޅެނީ އެމްޑީޕީއޭ، އެހެން ބަޔަކު ނޫޅެއޭ، އެހެންވީމާ މިހާރު މި އުޅެނީ އެންމެ ބޮޑު ޙައްޤު ގެއްލިގެން، އެހެންވީމާ ކީއްވެގެންތޯއޭ އަޅުގަނޑު އެމްޑީޕީއާއެކު މަސައްކަތް ނުކުރަންވީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީނު ވަނީ އެމަނިކުފާނުގެ ސަޕޯޓަރުން ސާބިތުކަމާއެކު ތިބުމަށް އެދިލައްވާފައެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތްތަކަކީ ޤައުމީ މަސައްކަތްތަކެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ 3 ރައީސުންކަމަށްވާ ރައީސް މުޙައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީނު އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވަނީ ޤައުމު ހަމަ މަގަށް އެޅުވުމަށް ގުޅިގެން މަސައްކަތް ކުރެއްވުމަށް އެއްބަސްވެވަޑައިގެންފައެވެ.  އެގޮތުން  ތިން ރައީސުންގެ ތާރީޚީ ބައްދަލުވުމަށްފަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކަށް ފާޅުގައި އަރައިގެންފައިވާ ކަމަށާއި، ޝަރުއީ ކޯޓުތަކަށްވެސް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި، ދައުލަތުގެ މުއައްސަސާތަކުގެ މުސްތަޤިއްލުކަން ގެއްލުވާލާފައިވާކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

އަބްދުﷲ ޔާމީންއެމްޑީޕީޕީއެންއެފްކުރީގެ ރައީސް މުހައްމަދު ނަޝީދުއިބްރާހީމް މުޙައްމަދު ސޯލިޙުޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ކުއްލި ގޮތަކަށް ކެންސަލްވީ މަސައްކަތްޕުޅު ހުރިގޮތުން: ތަރުޖަމާނު

ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ކުއްލި ގޮތަކަށް ކެންސަލްވީ މަސައްކަތްޕުޅު ހުރިގޮތުން: ތަރުޖަމާނު

18 މެއި 2026
 ޖަލަށް ލާއިފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީ އިން ކުރި އިހުތިޖާޖަށް ފުލުހުން ހުރަސް އަޅައިފި

ޖަލަށް ލާއިފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީ އިން ކުރި އިހުތިޖާޖަށް ފުލުހުން ހުރަސް އަޅައިފި

17 މެއި 2026
ރައީސް މައުމޫނުގެ ވެރިކަމުގައި އޮތްގޮތަށް އަތޮޅު އޮފީސްތައް ރައީސް މުއިއްޒު އުފައްވައިފި

ރައީސް މައުމޫނުގެ ވެރިކަމުގައި އޮތްގޮތަށް އަތޮޅު އޮފީސްތައް ރައީސް މުއިއްޒު އުފައްވައިފި

17 މެއި 2026
ތިނަދޫ ސިޓީ ފިޔަވައި، 4 ސިޓީ އަށް ވެސް ޑެޕިއުޓީ މޭޔަރުން އިންތިޚާބު ކޮށްފި!

ތިނަދޫ ސިޓީ ފިޔަވައި، 4 ސިޓީ އަށް ވެސް ޑެޕިއުޓީ މޭޔަރުން އިންތިޚާބު ކޮށްފި!

17 މެއި 2026
މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް އެމްޑީޕީ ފަރާތުން ވާދަކުރައްވާނީ މީކާއީލް!

މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް އެމްޑީޕީ ފަރާތުން ވާދަކުރައްވާނީ މީކާއީލް!

17 މެއި 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު