Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިޤްތިސާދީ ޕްލޭން

ސަރުކާރުގެ އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ މަސައްކަތްތައް 2024 ވަނަ އަހަރުން ފެށިގެން ހުއްޓިފައިވާކަމަށް ރައީސް އޮފީހުން ބުނި، ނަމަވެސް ވަޒީރު ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާކަމަށް!

ސަރުކާރުގެ އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާކަމަށާއި، އޭގެ ހެޔޮ ނަތީޖާ ފެންނަމުންދާކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، ދަރަނި ދެއްކުމާއި ކުންފުނިތައް އެއްކޮށްލުން ފަދަ މުހިންމު ފިޔަވަޅުތަކާއެކު ރާއްޖޭގެ މާލީ ނިޒާމަށް ހަރުދަނާ ބަދަލުތަކެއް އަންނަމުންދާ ކަމަށް. ނަމަވެސް، މި އެޖެންޑާގެ މަސައްކަތްތައް 2024 ވަނަ އަހަރުގެ ފަހުން ހުއްޓިފައިވާކަމަށް ރައީސް އޮފީހުން މީގެ ކުރިން އައިކޮމްގައި ބުނެފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ވަނީ ފެންމަތިވެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 މެއި 2026 | އަންގާރަ 10:44
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު. | ރައީސް އޮފީސް

ސަރުކާރުގެ އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ މަސައްކަތްތައް 2024 ވަނަ އަހަރާ ހިސާބުން ހުއްޓިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މީގެ ކުރިން އެއްބަސްވެފައި އޮތްނަމަވެސް، އެ މަސައްކަތް ކުރިއަށްދާކަމަށް މި ސަރުކާރުގެ މާލީ ވަޒީރު ވިދާޅުވެއްޖެއެވެ.

މާލީ ވަޒީރު އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ނޫސްވެރިންގެ މި ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ސަރުކާރުގެ އިޤްތިސާދީ ރިފޯރމް އެޖެންޑާއާ ގުޅޭގޮތުން މައުލޫމާތު ހާމަ ނުކުރާތީ އާއި އެ މަސައްކަތް އޮތް ހިސާބެއް ސާފުނުވާތީ އެކަމާ ގުޅިގެން ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، މިހާރުވެސް މާލީ ނިޒާމު ވަރަށް ބޮޑަށް ރިފޯރމް ކޮށްފައިވާ ކަމަށާއި، އޭގެ ނަތިޖާ ވެސް ފެނިފައިވާ ކަމަށެވެ. އެގޮތުން 2023 އާ ހިސާބަށް އައިއިރު ދަރަނީގެ ރަނގަބީލުތައް އަޅަމުން ދިޔަނަމަވެސް، އިޤްތިސާދީ އެޖެންޑާއަކާއި ހަރުދަނާ ބަދަލުތަކަކާއެކު ދަރަނި ދައްކައި، ރައްޔިތުންނަށް ރަނގަޅު ޚިދުމަތްތަކެއް ވެސް ދެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިޤްތިސާދީ ރިފޯމް އެޖެންޑާގެ ނަތީޖާ ފެންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވި ނަމަވެސް، ސަރުކާރުގެ އިޤްތިސާދީ އިޞްލާޙީ އެޖެންޑާގެ މަސައްކަތްތައް 2024 ވަނަ އަހަރާ ހިސާބުން ހުއްޓިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އައިކޮމްގައި ބޭއްވި އަޑުއެހުމެއްގައި އެއްބަސްވެފައެވެ. އެއީ މިދިޔަ އޭޕްރީލް މަހު އޮތް އަޑުއެހުމެކެވެ.

އެހެންވެ އެކަން އިތުރަށް ސާފުކޮށްދިނުމަށް ރާއްޖެޓީވީން ސުވާލު ކުރުމުން މާލީ ވަޒީރު ވިދާޅުވީ، ކުންފުނިތައް އެއްކޮށްލުން ފަދަ ނިންމުންތަކަކީ ރިފޯރމް އެޖެންޑާގެ ދަށުން ކުރެވިފައިވާ މަސައްކަތްތައް ކަމަށާއި، ރާއްޖެ ބަނގުރޫޓު ނުވެ އޮތީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

އައިކޮމްއަށް ރައީސް އޮފީހުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު، 2 ސެޕްޓެމްބަރު 2024 ގައި ރިފޯމް އެޖެންޑާގައިވާ ކަންކަން ޙާސިލު ކުރުމަށް ރައީސް ނިންމެވި ކަންކަމާ ގުޅޭ ޚަބަރެއްގެ ވާހަކައާއި، އޭގެ ފަހުން 23 އޮކްޓޯބަރުގެ ޚަބަރެއްގައި އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ ދަށުން ރައީސް ނިންމެވި ނިންމެވުންތަކެއްގެ ވާހަކަ ހިމެނެއެވެ. ނަމަވެސް އޭގެ ފަހުން ކުރި އެއްވެސް މަސައްކަތެއް ފެންނަން ނެތުމުން އެ ސުވާލު އައިކޮމްއިން ވެސް ވަނީ އުފައްދާފައެވެ.

މޫސާ ޒަމީރުއިގްތިސާދީ އިސްލާހީ އެޖެންޑާރައީސުލްޖުމްހޫރިއްޔާގެ އޮފީސް އައި.އޯ.އެމްރާއްޖެ ޓީވީ

ކޮމެންޓް

އިތުރަށް ކިޔާލަން

އިދާރާތަކަށް ހުށަހަޅާ އާރްޓީއައިއަކަށް ޖަވާބު ނުދީ ބެހެއްޓުމަށްފަހު، ވަގުތު އިތުރުކޮށްދިނުމަށް ދަނީ އެދެމުން: އައިކޮމް

އިދާރާތަކަށް ހުށަހަޅާ އާރްޓީއައިއަކަށް ޖަވާބު ނުދީ ބެހެއްޓުމަށްފަހު، ވަގުތު އިތުރުކޮށްދިނުމަށް ދަނީ އެދެމުން: އައިކޮމް

18 މެއި 2026
ފިނޭންސަށް ކުރި ސުވާލަކަށް ޖަވާބުނުދީ 10 މަސް ފަހުން އަނެއްކާވެސް އެދުނީ އިތުރު ވަގުތު ދޭން

ފިނޭންސަށް ކުރި ސުވާލަކަށް ޖަވާބުނުދީ 10 މަސް ފަހުން އަނެއްކާވެސް އެދުނީ އިތުރު ވަގުތު ދޭން

18 މެއި 2026
ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ކުއްލި ގޮތަކަށް ކެންސަލްވީ މަސައްކަތްޕުޅު ހުރިގޮތުން: ތަރުޖަމާނު

ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ކުއްލި ގޮތަކަށް ކެންސަލްވީ މަސައްކަތްޕުޅު ހުރިގޮތުން: ތަރުޖަމާނު

18 މެއި 2026
ބިރުދެއްކުމުގެ އަމަލުތަކުން ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ، ތި ކުރެވެނީ ބޭކާރު ކަމެއް: ޝަފީޤް

ބިރުދެއްކުމުގެ އަމަލުތަކުން ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ، ތި ކުރެވެނީ ބޭކާރު ކަމެއް: ޝަފީޤް

16 މެއި 2026
މަޖިލީހުން ގާނޫނެއް ފާސްކޮށްގެން ނޫނީ އަނގަބަންދުކުރުމުގެ އަމުރުތައް ނުނެރެވޭ، މިހާރު އޮތް އަމުރު ގާނޫނުއަސާސީއާ ހިލާފު: އަލީ ހުސައިން

މަޖިލީހުން ގާނޫނެއް ފާސްކޮށްގެން ނޫނީ އަނގަބަންދުކުރުމުގެ އަމުރުތައް ނުނެރެވޭ، މިހާރު އޮތް އަމުރު ގާނޫނުއަސާސީއާ ހިލާފު: އަލީ ހުސައިން

15 މެއި 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު