Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަރަޕްޝަން

ކޮރަޕްޝަން ހިންގާ ފަރާތެއް ޖަވާބުދާރީ ކުރުވަން ކެރޭނެ: ކުރީގެ ތިން ރައީސުން

ކޮރަޕްޝަނަކީ ތަރައްގީއަށް އޮތް ހުރަހެއްކަން ފާހަގަކުރައްވައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ޖަވާބުދާރީކުރުވަން ފަސް ނުޖެހޭނެ ކަމުގެ ޔަގީންކަން ކުރީގެ ތިން ރައީސުން ވަނީ ދެއްވާފައި. ގައުމުގެ މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން، ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާ މެދު މަޝްވަރާކުރައްވާނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި. އެހެންކަމުން، ސަރުކާރުން މި ކަންބޮޑުވުންތަކުގެ އަޑުއަހައި، މައްސަލަތަކަށް ހައްލު ހޯދައިދޭންޖެހޭ ކަމަށް އެ ތިން ރައީސުން ގަބޫލުކުރައްވާ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 މެއި 2026 | ހޮނިހިރު 08:48
ހުކުރު ދުވަހުގެ ރޭ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިން ބައްދަލުވުމުގެ ތެރެއިން.

ހުކުރު ދުވަހުގެ ރޭ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިން ބައްދަލުވުމުގެ ތެރެއިން. | އެމްޑީޕީ

ކޮރަޕްޝަން ހިންގާ ފަރާތެއް ޖަވާބުދާރީ ކުރުވަން ކެރޭނެ ކަމަށް ކުރީގެ ތިން ރައީސުން ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހުގެ ރޭ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރެއްވުމަށް ފަހު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، ކޮރަޕްޝަނަކީ ތަރައްގީއަށް އޮތް ހުރަހެއް ކަމަށާއި، މިކަމާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށެވެ.

Advertisement - newsAdvertisement
އަޅުގަނޑު ދެކޭގޮތުގައި ރައީސް މުއިއްޒަށް ޖެހިވަޑައިގަންނަވާނީ އަޑުއައްސަވަން. ދެން އިރާދަކުރެއްވިއްޔާ އެ މަގަށް އަޅުގަނޑުމެންގެ މަސައްކަތް ގެންދާނަން. ކޮރަޕްޝަނަކީ ތަރައްގީއަށް އޮތް ހުރަހެއް. އެހެންވީމާ، އަޅުގަނޑުމެންގެ ވިސްނުމުގައި އަދި އަޅުގަނޑުމެން އެބަ ދައްކަން ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތަކެއް ވެސް ހުރި ކަމަށާއި، އެހެންވެސް އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި އެ މަޝްވަރާތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް އެކަމަށް ވެސް ނަޒަރު ގެންދެވޭނެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކޮރަޕްޝަންގެ މައްސަލައަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ، އެއްވެސް ޒަމާނެއްގައި ކޮރަޕްޝަން ފްރީ ސަރުކާރެއް ނުހިނގާ ކަމަށެވެ. ނަމަވެސް ކޮރަޕްޝަން ހިންގާކަން އެނގިހުރެ އެކަން ޓޮލަރޭޓް ނުކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ. 

މިއީ ކޮރަޕްޝަންގެ ވާހަކަ ދެއްތޯ؟ އަޅުގަނޑުމެން ހުރިހާ އެންމެން ވެސް ދައްކާ ވާހަކައެއް. އެކަމަކު ގަބޫލުކުރަންޖެހޭ ހަގީގަތަކީ، އެއްވެސް ޒަމާނެއްގައި، އެއްވެސް ގައުމެއްގައި، އެއްވެސް އިރެއްގައި ކޮރަޕްޝަން ފްރީ ސަރުކާރެއް ނުހިނގޭތޯ. އެހެންވީމާ، އަޅުގަނޑުމެންނަށް ކުރެވޭނީ، އަޅުގަނޑުމެން ތިން ރައީސުން ދޭނެ ޖަވާބަކީ، އަޅުގަނޑުމެން ކޮރަޕްޝަން ޓޮލެލޭޓްކުރާނޭ. އަޅުގަނޑަށް ހީވަނީ، ރައީސް ނަޝީދުގެ ވާހަކަފުޅުގެ މަތުލަބަކީ އަޅުގަނޑުމެން ކޮރަޕްޝަނެއް، އަޅުގަނޑުމެންނަށް އެނގިގެން، ޓޮލަރޭޓެއް ނުކުރާނަމޭ. ކޮރަޕްޝަން ހިންގާ ފަރާތެއް ތަހުގީގުކޮށް، ޖަވާބުދާރީކުރުވުމަށް އަޅުގަނޑުމެންނަށް ކެރޭނޭ އިނގޭތޯ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން 

މީގެ އިތުރުން ކުރީގެ މި ތިން ރައީސުން ވެސް ވަނީ ގައުމުގެ ހަލާތާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އަދި ވިދާޅުވީ މިހާރުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި، ރައީސް މުއިއްޒު މިކަންބޮޑުވުންތަކުގެ އަޑު އައްސަވައި ހައްލު ހޯއްދަވައި ދެއްވަން ޖެހޭ ކަމަށެވެ. 

މުހައްމަދު ނަޝީދުއަބްދުﷲ ޔާމީންއިބްރާހިމް މުހައްމަދު ސޯލިހުކަރަޕްޝަން ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

16 މެއި 2026

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު: މިއީ އަންނަ ރުޅިއަކުން ނުވަތަ ހިތްހަމަ ޖައްސާލުމަށް ދައްކާ ވާހަކައެއްތަ؟

16 މެއި 2026
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު: މިއީ އަންނަ ރުޅިއަކުން ނުވަތަ ހިތްހަމަ ޖައްސާލުމަށް ދައްކާ ވާހަކައެއްތަ؟
15 މެއި 2026

ތިން ރައީސުންވެސް ވިދާޅުވީ، އިނަފް އިސް އިނަފްކަމަށް!

15 މެއި 2026
ތިން ރައީސުންވެސް ވިދާޅުވީ، އިނަފް އިސް އިނަފްކަމަށް!
15 މެއި 2026

ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ!

15 މެއި 2026
ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ!
15 މެއި 2026

ތިން ރައީސުންގެ ތާރީޚީ މަޝްވަރާތައް ފެށިއްޖެ

15 މެއި 2026
ތިން ރައީސުންގެ ތާރީޚީ މަޝްވަރާތައް ފެށިއްޖެ
15 މެއި 2026

އެމްޑީޕީގެ ސިޔާސަތަކީ އެންމެން އަބަދު ހަމައިގެ ނުތިބެ، ބޮވެންވާނެ ސިޔާސަތު: ރައީސް މުއިއްޒު

15 މެއި 2026
އެމްޑީޕީގެ ސިޔާސަތަކީ އެންމެން އަބަދު ހަމައިގެ ނުތިބެ، ބޮވެންވާނެ ސިޔާސަތު: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު