Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ. މުޙައްމަދު މުޢިއްޒު

ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ކުއްލި ގޮތަކަށް ކެންސަލްވީ މަސައްކަތްޕުޅު ހުރިގޮތުން: ތަރުޖަމާނު

މިއަދު ހެނދުނު 10:00 އަށް ތާވަލުކުރި މި ބައްދަލުވުން ކެންސަލްކުރީ ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅުތައް ހުރިގޮތުން ކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވި. ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވީ ނަމަވެސް، މިއަދުގެ ޕްރެސް ކެންސަލްކުރިކަން އެންގީ ބައްދަލުވުން ފެށެން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް. މިއީ މާޗު މަހުން ފެށިގެން ކޮންމެ ހަފުތާއަކު ނޫސްވެރިންނަށް ވަގުތު ދެއްވާނެ ކަމަށް ވެވަޑައިގެންފައިވާ ވަޢުދާ ގުޅިގެން ބާއްވަން އުޅުނު ބައްދަލުވުމެއް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 މެއި 2026 | ހޯމަ 04:14
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. | ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ކުއްލި ގޮތަކަށް ކެންސަލްވީ އެމަނިކުފާނުގެ މަސައްކަތްޕުޅު ހުރި ގޮތުންކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ. 

ނޫސްވެރިންގެ މި ބައްދަލުވުން ތާވަލު ކުރެވިފައި އޮތީ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށެވެ. އެހެންނަމަވެސް ޕްރެސެ ފެށެން ގާތްވެފައި ވަނިކޮށް ކުއްލި ގޮތަކަށް ރައީސް އޮފީހުން ވަނީ ނޫސްވެރިންގެ ބައްދަލުވުން ނޯންނާނެކަމަށް ނޫސްވެރިންނަށް އަންގާފައެވެ. 

Advertisement - newsAdvertisement

ކުއްލި ގޮތަކަށް ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކުރި ސަބަބާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ، ރައީސްގެ މަސައްކަތްޕުޅު ހުރި ގޮތުން މިއަދު ޕްރެސް ނުދެއްވާނެ ކަމަށެވެ. 

މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު އެއް ދުވަހުގެ އެއް ގަޑިއިރު ނޫސްވެރިންނާ ބައްދަލުކުރުމަށް ހާއްސަކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ކޮންމެ ހަފްތާއަކު ހޯމަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށާއި، ބަންދު ދުވަހެއް، ނުވަތަ ދަތުރެއް، ނުވަތަ އެފަދަ ކަމަކާ ގުޅިގެން ބައްދަލުވުން ނުބޭއްވޭ ކަހަލަ ކަމެއް ދިމާނުވާހާ ހިނދެއްގައި ނޫސްވެރިންނާ ބައްދަލު ކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. 

އެހެންނަމަވެސް ނޫސްވެރިންގެ ބައްދަލުވުން ފެށެން ގަޑިއިރަކަށްވެފައި ވަނިކޮށް މި ބައްދަލުވުން ކެންސަލްކުރީ ކުއްލި ގޮތަކަށް އައި ކޮން މަސައްކަތްޕުޅެއްގެ ސަބަބުންކަމެއް ސާފެއް ނޫނެވެ.

ޑރ. މުޙައްމަދު މުޢިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް ރާއްޖެ އެމްވީ

އިތުރަށް ކިޔާލަން

17 މެއި 2026

ރައީސް މައުމޫނުގެ ވެރިކަމުގައި އޮތްގޮތަށް އަތޮޅު އޮފީސްތައް ރައީސް މުއިއްޒު އުފައްވައިފި

17 މެއި 2026
ރައީސް މައުމޫނުގެ ވެރިކަމުގައި އޮތްގޮތަށް އަތޮޅު އޮފީސްތައް ރައީސް މުއިއްޒު އުފައްވައިފި
17 މެއި 2026

ފިޔާޒާއި ހަސަނުގެ މައްޗަށް ކުރާ ޤަޛުފުގެ ދައުވާގެ ޝަރީއަތް އޮބްޒަރވް ކުރުމުގެ ފުރުސަތުދޭން ނޫސްވެރިންގެ ޖަމިއްޔާއިން އެދިއްޖެ

17 މެއި 2026
ފިޔާޒާއި ހަސަނުގެ މައްޗަށް ކުރާ ޤަޛުފުގެ ދައުވާގެ ޝަރީއަތް އޮބްޒަރވް ކުރުމުގެ ފުރުސަތުދޭން ނޫސްވެރިންގެ ޖަމިއްޔާއިން އެދިއްޖެ
15 މެއި 2026

ތިން ރައީސުންވެސް ވިދާޅުވީ، އިނަފް އިސް އިނަފްކަމަށް!

15 މެއި 2026
ތިން ރައީސުންވެސް ވިދާޅުވީ، އިނަފް އިސް އިނަފްކަމަށް!
15 މެއި 2026

ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ!

15 މެއި 2026
ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ!
15 މެއި 2026

ތިން ރައީސުންގެ ތާރީޚީ މަޝްވަރާތައް ފެށިއްޖެ

15 މެއި 2026
ތިން ރައީސުންގެ ތާރީޚީ މަޝްވަރާތައް ފެށިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު