Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްއެމްޕީއާރްސީ

އަދީބު މިނިވަން ކުރި ނަމަވެސް ގެއްލުނު ފައިސާ ހޯދަން ރައީސް މުއިއްޒުގެ ސަރުކާރަށް ހުރަހެއް ނެތް: ކުރީގެ ރައީސް ސޯލިހު

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަދީބަށް ލުއި ދެއްވީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި، ނަމަވެސް ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަށް މި ސަރުކާރަށް އެއްވެސް ހުރަހެއް ނެތް ކަމަށް ކުރީގެ ރައީސް ސޯލިހު ވިދާޅުވި. އަދީބަށް ލުއި ދިނީ ހުކުމުގެ ބޮޑު ބައެއް ތަންފީޒުކޮށްފައިވުމާއި ކަރެކްޝަންސްގެ ލަފަޔަށް ބެލުމަށްފަހު ކަމަށް އެމަނިކުފާނު ވިދާޅުވި. އަދި ޚިޔާނާތުގެ ފައިސާ ހޯދުމުގެ މަދަނީ މަސައްކަތް މިހާރުގެ ސަރުކާރުން ކުރިއަށް ނުގެންދާތީ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 މެއި 2026 | ހޮނިހިރު 11:28
ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ނައިބު ރައީސްކަން ކުރެއްވި އަހުމަދު އަދީބު.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ނައިބު ރައީސްކަން ކުރެއްވި އަހުމަދު އަދީބު.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ނައިބު ރައީސްކަން ކުރެއްވި އަހުމަދު އަދީބަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި މައާފު ދީ މިނިވަން ކުރި ނަމަވެސް، ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަށް މި ސަރުކާރަށް އެއްވެސް ހުރަހެއް ނެތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، އަދީބުގެ މައްސަލައިގައި މަސައްކަތް ކުރީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގު ކުރުމަށް ކޮމިޝަނެއް އުފައްދައި، ތަހުގީގުތައް ނިންމައި ބައެއް ފަރާތްތައް ޝަރީއަތަށް ފޮނުވި ކަމަށެވެ. އަދި އަދީބަށް ލުއި ދިނުމުގެ ކުރިން، އޭނާ ހުކުމުގެ ބޮޑު ބައެއް ތަންފީޒު ކޮށްފައިވޭތޯ އާއި ކަރެކްޝަންސްގެ ލަފަޔަށް ބަލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އަޅުގަނޑު ވެރިކަމަށް އައިސް ކޮމިޝަނެއް އުފައްދާ އެ ތަހުގީގުކޮށް އަޅުގަނޑަށް ނިންމާލެވުނީ. އަދި ބައެއް ފަރާތްތައް ޝަރީއަތާ ހިސާބަށް ފޮނުވުނީ. އަނެއްބައި މައްސަލަތައް ޕްރޮސެކިއުޓަރ ޖެނެރަލަށް (ޕީ.ޖީ) އޮފީހާ ހިސާބަށް ފޮނުވުނީ. އޭގެތެރެއިން އަހުމަދު އަދީބުގެ މައްސަލަ ޚާއްސަކޮށް ތި ނެންގެވި. ވެރިކަމުގައި މީހަކު ހުއްނައިރު އަދަބުލިބޭ ފަރާތްތަކުން ހުކުމަށް ލުއި ހޯދުމަށްޓަކައި ވެރިންނާ ހިސާބަށް މައްސަލަތައް ފޮނުވާ. އަޅުގަނޑާ ހިސާބަށް ވެސް އާދޭ. އަޅުގަނޑު ހިތުން މިއިން ކޮންމެ ބޭފުޅަކާ ހިސާބަށް ވެސް އެކަހަލަ ކިތަންމެ މައްސަލައެއް އައިސްސަ ހުންނާނެ. އެކަހަލަ މައްސަލައެއް އައިމާ އަޅުގަނޑުމެން ބަލަނީ އޭގެ ގާނޫނީ ގޮތުން އެ މީހަކަށް ލުޔެއް ދެވެން އޮތްތޯ ނޫންތޯ. ފުރަތަމަ އެޅީ އެ ހުކުމުގެ ތެރެއިން. އެ ހުކުމުގެ ތެރެއިން އަދަބު ލުއިކޮށްދިނުމަށް ބޭނުންވާ ވަރަށް ތަންފީޒުކޮށްފައި އޮތް ތަން. ދެން އެއާ ގުޅި އެއަށްފަހުގައި ކަރެކްޝަންސް އިން އެއީ ކުށްވެރިޔަކާ ދޭތެރޭގައި ދެކޭ ގޮތާއި، އެ މީހަކު ކުށަށް ލުއި ދިނުމާއި، މިނިވަންކުރުމުގައި ކަމެއް ކުރެވެން އެބައޮތްތޯ؟ އެ ހުރިހާ އެއްޗެއްގެ އަލީގައި އަޅުގަނޑާ ހިސާބަށް އައިއިރު ލިޔުމުގައި އޮންނަނީ އަހުމަދު އަދީބަށް ލުއިދިނުމަށް އެހެން މީހުންނެކޭ ވެސް އެފަދައިން، ހުކުމް އެވަރަށް ތަންފީޒު ކޮށްފައި އޮތީމަ ލުއިދިނުމުގެ ފުރުސަތު އޮތް ކަމަށް. މެޑިކަލް ރިޕޯޓުތައް ހުރީ އައިސްފައި. އަޅުގަނޑު ހަމައެކަނި ލުއި ދިނީ ޖިނާއީ މައްސަލައެއް.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް މުއިއްޒުގެ ސަރުކާރަށް އިޝާރާތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތުގެ އެ ފައިސާ ހޯދުމުގެ މައްސަލަ މި ސަރުކާރަށް ވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ. ނަމަވެސް މިސަރުކާރުން އެކަން ނުކުރާ ސަބަބާ ގުޅޭގޮތުން ރައީސް ސޯލިހު ސުވާލު އުފެއްދެވި އެވެ. 

އޭގެ އަނެއް ފަޅިއަކީ، މަދަނީ. ފައިސާ ހޯދުމުގެ މައްސަލަ އެކަން ބަލައި ތަހުގީގުކޮށް ނިންމައި ޝަރީއަތްކުރުމާ ހިސާބުގައި އެ މައްސަލަތައް ހުންނާނެ. އަޅުގަނޑު ހިތަށް އަރަނީ އެކަން ކުރިއަށް ނުދަނީ ކީއްވެގެންތޯ މިހާރު؟ އޭގެ އެއްފަޅިއަކީ މި ދެންނެވިހެން ގެއްލުނު ފައިސާ ހޯދުމުގެ ބައެއް. އެހެންވީމާ، އެކަން ކުރިއަށް ގެންދަންވީ މިހާރުވެސް. ޖިނާއީ އަޅުގަނޑު މި ދެންނެވިހެން ޖިނާއީ ކުށަށް ލުއި އެހެން މީހުން ވެސް ދީފައި ހުންނާނެ. އެގޮތުން، އަހުމަދު އަދީބަށް ވެސް ދިން ލުއިއަކީ ގާނޫނީ އިމުގެ ތެރެއިން ގާނޫނު ލިބިދޭ ފުރުސަތެއްގެ ތެރެއިން ކޮށްފައި އޮތް ކަމެއް 
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ އަދީބުގެ އިތުރުން އެހެން މީހުންނަށް ވެސް ގާނޫނީ އިމުގެ ތެރެއިން ލުއިތައް ދީފައިވާނެ ކަމަށެވެ.

އިބްރާހިމް މުހައްމަދު ސޯލިހުއެމްއެމްޕީއާރްސީއަޙުމަދު އަދީބު

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރަޕްޝަން ހިންގާ ފަރާތެއް ޖަވާބުދާރީ ކުރުވަން ކެރޭނެ: ކުރީގެ ތިން ރައީސުން

ކޮރަޕްޝަން ހިންގާ ފަރާތެއް ޖަވާބުދާރީ ކުރުވަން ކެރޭނެ: ކުރީގެ ތިން ރައީސުން

16 މެއި 2026
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު: މިއީ އަންނަ ރުޅިއަކުން ނުވަތަ ހިތްހަމަ ޖައްސާލުމަށް ދައްކާ ވާހަކައެއްތަ؟

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު: މިއީ އަންނަ ރުޅިއަކުން ނުވަތަ ހިތްހަމަ ޖައްސާލުމަށް ދައްކާ ވާހަކައެއްތަ؟

16 މެއި 2026
ތިން ރައީސުންގެ ތާރީޚީ މަޝްވަރާތައް ފެށިއްޖެ

ތިން ރައީސުންގެ ތާރީޚީ މަޝްވަރާތައް ފެށިއްޖެ

15 މެއި 2026
ގައުމު ސަލާމަތް ކުރުމަށް ކުރީގެ ރައީސް ސޯލިހާއި، ނަޝީދު އަދި ޔާމީން އެކުގައި ނުކުތުމަށް ގޮވާލައްވައިފި

ގައުމު ސަލާމަތް ކުރުމަށް ކުރީގެ ރައީސް ސޯލިހާއި، ނަޝީދު އަދި ޔާމީން އެކުގައި ނުކުތުމަށް ގޮވާލައްވައިފި

13 މެއި 2026
އެމްއެމްޕީއާރުސީ މައްސަލައާއި ގުޅުވައި އޭސީސީ އިން ކުންފުންޏަށް ކުރަމުންދަނީ ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއް: ޕޮޕިއުލަރ މޯލްޑިވްސް

އެމްއެމްޕީއާރުސީ މައްސަލައާއި ގުޅުވައި އޭސީސީ އިން ކުންފުންޏަށް ކުރަމުންދަނީ ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއް: ޕޮޕިއުލަރ މޯލްޑިވްސް

10 މެއި 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު