Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ސިޓީ

ސީޒަން ނިމުމާ އެކު ސިޓީ ދޫކޮށްލާނެކަން ސިލްވާ އެ ކުލަބަށް އަންގައިފި

މީޑިއާ ތަކުގައި ބުނެފައި ވަނީ ސިޓީގެ އެސިސްޓެންޓް ކޯޗުގެ ފަރާތުން އެކަން ކަށަވަރު ވެފައިވާ ކަމަށް. ސިޓީ ދޫކޮށްލަން ސިލްވާ ނިންމާފައިވާއިރު، އޭނާ ސިޓީ ދޫކޮށްލަން ވިސްނަމުން އަންނަ ކަމަށް މިދިޔަ ހަފުތާގެ ތެރޭގައި މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 އެޕްރީލު 2026 | ހޯމަ 04:49
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ބެނާޑޯ ސިލްވާ

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ބެނާޑޯ ސިލްވާ | ރޮއިޓާސް

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ބެނާޑޯ ސިލްވާ، އެ ކުލަބާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ކުލަބު ދޫކޮށްލާނެ ކަމަށް އަންގައިފި އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މި ހަފުތާގެ ތެރޭގައި ސިލްވާ ވަނީ އޭނާގެ ނިންމުން ސިޓީ އަށް އަންގައިފަ އެވެ. އެގޮތުން މީޑިއާ ތަކުގައި ބުނެފައި ވަނީ ސިޓީގެ އެސިސްޓެންޓް ކޯޗުގެ ފަރާތުން އެކަން ކަށަވަރު ވެފައިވާ ކަމަށެވެ. ސިޓީ ދޫކޮށްލަން ސިލްވާ ނިންމާފައިވާއިރު، އޭނާ ސިޓީ ދޫކޮށްލަން ވިސްނަމުން އަންނަ ކަމަށް މިދިޔަ ހަފުތާގެ ތެރޭގައި މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ. 

އުމުރުން 31 އަހަރުގެ ސިލްވާ ސިޓީ އަށް ބަދަލުވެފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. ސިޓީ އާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެއާ އެކު، އެއްބަސްވުން އައު ކުރުމުގެ ބަދަލުގައި ސިލްވާ ބޭނުން ވަނީ ކުލަބު ދޫކޮށްލުމަށެވެ. އެގޮތުން ސިލްވާ އެހެން ކުލަބަކަށް ދެން ބަދަލު ވާނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. 

ސިޓީ އާއެކު މިހާރު ސިލްވާ ހޭދަ ކުރަމުން ދަނީ އޭނާގެ ނުވަ ވަނަ ސީޒަން އެވެ. މިހާތަނަށް އޭނާ ވަނީ ސިޓީ އަށް ކުޅެދިން 450 މެޗުގައި 76 ލަނޑު ޖަހައިފަ އެވެ. އަދި ސިޓީ އާއެކު އޭނާ ވަނީ 19 ތަށްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު ހަ ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، ސިޓީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ސިލްވާ ވަނީ ސިޓީ އާއެކު އެފްއޭ ކަޕާއި، ކަރަބޯ ކަޕާއި، އެފްއޭ ކޮމިއުނިޓީ ޝީލްޑާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. ސިޓީ ދޫކޮށްލަން ސިލްވާ ނިންމާފައިވާއިރު، އޭނާ ހޯދުމުގެ ޝައުޤުވެރިކަން ބައެއް ކުލަބު ތަކުން ގެން ގުޅޭ ކަމަށް ވަނީ ބުނެފަ އެވެ. އެގޮތުން ސައުދީ އަރަބިއްޔާގެ ބައެއް ކުލަބު ތަކުން އޭނާ އަށް ޝައުޤުވެރިވާ ކަމަށް ބުނެފައިވެ އެވެ. 

މެންޗެސްޓަރ ސިޓީބެނާޑޯ ސިލްވާ

ކޮމެންޓް

އިތުރަށް ކިޔާލަން

ލިވަޕޫލް ބަލިކޮށް ސިޓީ ސެމީ ފައިނަލް އަށް

ލިވަޕޫލް ބަލިކޮށް ސިޓީ ސެމީ ފައިނަލް އަށް

05 އެޕްރީލު 2026
އެއްބަސްވުން ހަމަވުމުން، ސިޓީ ދޫކޮށްލަން ސިލްވާ ވިސްނަނީ

އެއްބަސްވުން ހަމަވުމުން، ސިޓީ ދޫކޮށްލަން ސިލްވާ ވިސްނަނީ

31 މާރިޗު 2026
އާސެނަލް ބަލިކޮށް ސިޓީ އިން ކަރަބޯ ކަޕް ކާމިޔާބު ކޮށްފި

އާސެނަލް ބަލިކޮށް ސިޓީ އިން ކަރަބޯ ކަޕް ކާމިޔާބު ކޮށްފި

23 މާރިޗު 2026
ކަރަބޯ ކަޕް ކާމިޔާބު ކުރިޔަސް، ލީގު ލިބޭކަން ޔަޤީނެއް ނުވާނެ": ގާޑިއޯލާ

ކަރަބޯ ކަޕް ކާމިޔާބު ކުރިޔަސް، ލީގު ލިބޭކަން ޔަޤީނެއް ނުވާނެ": ގާޑިއޯލާ

22 މާރިޗު 2026
ރެއާލް ނުހުއްޓުވުނު، ދެ ވަނަ ލެގުގައި ވެސް ސިޓީ ބަލިކޮށް ކުއާޓާ ފައިނަލަށް

ރެއާލް ނުހުއްޓުވުނު، ދެ ވަނަ ލެގުގައި ވެސް ސިޓީ ބަލިކޮށް ކުއާޓާ ފައިނަލަށް

18 މާރިޗު 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު