Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޯލްޑް ކަޕް ސަލާމަތް

މެކްސިކޯގެ ހަމަނުޖެހުންތަކާ އެކު ވެސް، ކާމިޔާބުކަމާ އެކު ވޯލްޑް ކަޕް ބޭއްވޭނެ ކަމުގެ އިތުބާރު އިންފަންޓީނޯ އަށް އެބަ އޮތް

މެކްސިކޯގެ ޑްރަގް ކާޓެލް ލީޑަރަކު މަރާލުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގި ނަމަވެސް، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް މެޗުތައް އެ ގައުމުގައި ބޭއްވުމާ މެދު ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ ވަނީ ފުރިހަމަ އިތުބާރު އޮތްކަން ހާމަކުރައްވާފައެވެ. މި ހަމަނުޖެހުންތަކުގައި 70 އަށްވުރެ ގިނަ މީހުން މަރުވެ ސަލާމަތީ ކަންބޮޑުވުންތައް އިތުރުވެފައިވީ ނަމަވެސް، މެކްސިކޯ ސަރުކާރުން ބުނަނީ ފުޓްބޯޅަ ސަޕޯޓަރުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. އެހެންނަމަވެސް، ބައެއް ގައުމުތަކުގެ ފުޓްބޯޅަ ފެޑެރޭޝަންތަކުން ވަނީ މި ހާލަތާ ގުޅިގެން މެކްސިކޯގައި ކުޅެންޖެހޭ މެޗުތަކާ މެދު ސުވާލު އުފައްދާފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2026 | ބުރާސްފަތި 05:34
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ | ގެޓީ އިމޭޖަސް

މެކްސިކޯގެ ޑްރަގް ކާޓެލް ލީޑަރަކު މަރާލުމާ ގުޅިގެން އެ ޤައުމުގައި ހަމަ ނުޖެހުންތަކެއް ހިނގި ނަމަވެސް، މިއަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް އެ ޤައުމުގައި ބޭއްވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ. 

މިއީ މެކްސިކޯގައި ހިނގި ކަންތައްތަކަށް ފަހު އިންފަންޓީނޯ އެ މައްސަލައިގައި ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. އިންފަންޓީނޯ ވިދާޅުވީ، އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ ވޯލްޑް ކަޕްގެ މެޗުތައް، މެކްސިކޯގައި ބޭއްވުމާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށެވެ. 

އަންގާރަ ދުވަހު އޭއެފްޕީއާ ވާހަކަ ދައްކަވަމުން އިންފަންޓީނޯ ވިދާޅުވީ، ކަންކަން ކުރިއަށް ދަނީ ވަރަށް ހިތްހަމަ ޖެހޭ ގޮތަށް ކަމަށާއި، ހުރިހާ ކަމެއް ވެސް އެންމެ ރަނގަޅު ގޮތުގައި ފެންނަ ކަމަށެވެ. އަދި މިއަހަރުގެ ވޯލްޑް ކަޕަކީ، ވަރަށް ތަފާތު އަދި އެހާމެ ހައިރާން ކުރުވަނިވި މުބާރާތަކަށް ވާނެ ކަމަށް ވެސް އިންފަންޓީނޯ ވަނީ ވިދާޅުވެފަ އެވެ. 

މެކްސިކޯގެ ކާޓެލް ލީޑަރެއް ކަމަށްވާ އެލް މެންޗޯ އޮސެގުއެރޯ މަރާމުލާ ގުޅިގެން، އެ ކާޓެލްގެ މެމްބަރުން ހިންގި ހަމަ ނުޖެހުން ތަކުގެ ސަބަބުން މެކްސިކޯގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. ހަމަ ނުޖެހުން ހިންގި ސަރަހައްދު ތަކުގެ ތެރޭގައި ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވާ ގުއަޑަލަޖާރާ ސިޓީ ވެސް ހިމެނެ އެވެ. 

އިންފަންޓީނޯ ވިދާޅުވީ އެކަން ކަމުގެ ސަބަބުން ފުޓުބޯޅަ ސަޕޯޓަރުންނަށް އެއްވެސް ބިރުވެރި ކަމެއް، އަދި ނުރައްކާތެރި ކަމެއް ނެތް ކަމަށެވެ. އަދި މުބާާރާތް ކުރިއަށްދާއިރު، ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު ތަކާއި، ރައްކާތެރި ކަމުގެ ކަންކަން ޔަޤީން ކުރެވޭނެ ކަމަށް ވެސް އިންފަންޓީނޯ ވަނީ ވިދާޅުވެފަ އެވެ. 

މިއަހަރުގެ ވޯލްޑް ކަޕް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން، ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި މިއަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަަމަޖެހިފައިވާއިރު، މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ތިން ޤައުމުން ވެސް އަންނަނީ ގިނަ ކަންކަން ކުރިއަށް ގެންދަމުންނެވެ. 

ބާރު ގަދަ ޖަލިސްކޯ ނިއު ޖެނެރޭޝަން ކާޓެލްގެ ލީޑަރު މަރާލުމާ ގުޅިގެން މެކްސިކޯގެ އެކި ސަރަހައްދު ތަކުގައި ހިނގި ހަމަ ނުޖެހުންތައް މުޅި ޤައުމު ވަނީ ނުތަނަވަސް ކަމެއްގެ ތެރޭގަ އެވެ. ގުއަޑަލަޖާރާ ކައިރީގައި އޮންނަ ރާންޗެއްގައި އޭނާ ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަންގައި، ސެކިއުރިޓީ ފޯސްތަކާއި ކާޓެލް މެމްބަރުންނާ ދެެމެދު ހިނގި ކުރިމަތިލުން ތަކުގައި މަދުވެގެން 74 މީހަކު މަރުވެފައިވެ އެވެ. 

ފީފާމެކްސިކޯފީފާ ވާރލްޑް ކަޕް 2026ޖިއާނީ އިންފަންޓީނޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ބައްދަލުވުމުގައި އިންފަންޓީނޯ ބައިވެރިވުމަކީ އޮލިމްޕިކް ޗާޓަރާ ޚިލާފު ކަމެއް ނޫން: އައިއޯސީ

ޓްރަމްޕްގެ ބައްދަލުވުމުގައި އިންފަންޓީނޯ ބައިވެރިވުމަކީ އޮލިމްޕިކް ޗާޓަރާ ޚިލާފު ކަމެއް ނޫން: އައިއޯސީ

24 ފެބުރުއަރީ 2026
ފީފާ އިޖުތިމާއީ ކޮމެޓީ އަށް އެފްއޭއެމްގެ ހިންގާ ކޮމެޓީގެ މެމްބަރު ނަސްރާ އައްޔަން ކޮށްފި

ފީފާ އިޖުތިމާއީ ކޮމެޓީ އަށް އެފްއޭއެމްގެ ހިންގާ ކޮމެޓީގެ މެމްބަރު ނަސްރާ އައްޔަން ކޮށްފި

24 ފެބުރުއަރީ 2026
މެކްސިކޯގެ ބާރުގަދަ މަސްތުވާތަކެތީގެ ކާޓެލް ލީޑަރަކު މަރުވުމާ ގުޅިގެން އުފެދުނު ހަމަ ނުޖެހުންތަކާ އެކު، ފްލައިޓުތައް ކެންސަލް ކޮށްފި

މެކްސިކޯގެ ބާރުގަދަ މަސްތުވާތަކެތީގެ ކާޓެލް ލީޑަރަކު މަރުވުމާ ގުޅިގެން އުފެދުނު ހަމަ ނުޖެހުންތަކާ އެކު، ފްލައިޓުތައް ކެންސަލް ކޮށްފި

23 ފެބުރުއަރީ 2026
ޣައްޒާ ހަނގުރާމައިގައި އިންފަންޓީނޯ އާއި ޗެފެރިން ބައިވެރިވެފައިވާ ކަމަށް ބުނެ އައިސީސީ އަށް މައްސަލަ ހުށަހަޅައިފި

ޣައްޒާ ހަނގުރާމައިގައި އިންފަންޓީނޯ އާއި ޗެފެރިން ބައިވެރިވެފައިވާ ކަމަށް ބުނެ އައިސީސީ އަށް މައްސަލަ ހުށަހަޅައިފި

21 ފެބުރުއަރީ 2026
އެފްއޭއެމް އޮތީ ބާރު ގަދަ ބައެއްގެ އަތް ދަށުގައި ކަމަށް ބުނެ، ވެލެންސިއާ އިން ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށަހަޅައިފި

އެފްއޭއެމް އޮތީ ބާރު ގަދަ ބައެއްގެ އަތް ދަށުގައި ކަމަށް ބުނެ، ވެލެންސިއާ އިން ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށަހަޅައިފި

09 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު