Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

އީރާން އިން ވޯލްޑް ކަޕްގައި ބައިވެރި ނުވާން ނިންމާފައިވާ ކަމަށް، އެ ޤައުމުގެ ކުޅިވަރު ވަޒީރު ވިދާޅުވެއްޖެ

12 މާރިޗު 2026 | ބުރާސްފަތި 05:34

އީރާންގެ ކުޅިވަރު މިނިސްޓަރު ވިދާޅުވީ، އަނިޔާވެރި އަދި ކޮރަޕްޓުވެފައިވާ ސަރުކާރަކުން އީރާންގެ އެންމެ އިސް ލީޑަރު އަވަހާރަ ކޮށްލާފައިވާ ކަމަށް. އެމެރިކާ އިން އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލި ހާދިސާ އަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، މިވަގުތު އީރާންގެ ކުޅުންތެރިންނަށް ވެސް އެންމެ ރައްކާތެރިކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 މާރިޗު 2026 | ބުރާސްފަތި 05:34
ފީފާ ވޯލްޑް ކަޕްގެ ގުރު ނެގި ރަސްމިއްޔާތުގައި އީރާންގެ ދިދަ

ފީފާ ވޯލްޑް ކަޕްގެ ގުރު ނެގި ރަސްމިއްޔާތުގައި އީރާންގެ ދިދަ | ރޮއިޓާސް

އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި މިއަހަރު އޮންނަ ފީފާ ވޯލްޑް ކަޕްގައި ބައިވެރި ނުވާާން އީރާން އިން ނިންމާފައިވާ ކަމަށް، އެ ޤައުމުގެ ކުޅިވަރު މިނިސްޓަރު އަޙުމަދު ޑޮންޔާމާލީ ވިދާޅުވެއްޖެ އެވެ.

ތިން ޤައުމު ގުޅިގެން މިއަހަރުގެ ވޯލްޑް ކަޕް ބާއްވާއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ ޖޫން މަހުގެ 11 ވަނަ ދުވަހު އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އީރާން އިން ކުޅެން ޖެހޭ ތިން މެޗު ވެސް އޮތީ އެމެރިކާގަ އެވެ. އެގޮތުން ޖޫން މަހުގެ 15 ވަނަ ދުވަހު އީރާން އިން ނިއުޒިލެންޑާ ދެކޮޅަށް ކުޅޭނެ އެވެ. އެއަށް ފަހު ޖޫން މަހުގެ 21 ވަނަ ދުވަހު ބެލްޖިއަމްއާ ދެކޮޅަށް ކުޅުމަށް ފަހު، ޖޫން މަހުގެ 26 ވަނަ ދުވަހު ކުޅޭނީ މިޞްރާ ދެކޮޅަށެވެ. 

ނަމަވެސް، އެމެރިކާާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ހަނގުރާމަ ފަށާފައިވާއިރު، އީރާން އިން މީގެ ކުރިން ވެސް ވަނީ ވޯލްޑް ކަޕްގައި ބައިވެރިވުމާ މެދު ގޮތެއް ނިންމާނެ ކަމަށް ހާމަ ކޮށްފަ އެވެ. އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުގެ ރައްދުގައި އީރާން އިން ވެސް ގެންދަނީ ވަރުގަދަ ހަމަލާ ތަކެއް ދެމުންނެވެ.

އީރާންގެ ކުޅިވަރު މިނިސްޓަރު ވިދާޅުވީ، އަނިޔާވެރި އަދި ކޮރަޕްޓުވެފައިވާ ސަރުކާރަކުން އީރާންގެ އެންމެ އިސް ލީޑަރު އަވަހާރަ ކޮށްލާފައިވާ ކަމަށެވެ. އެމެރިކާ އިން އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލި ހާދިސާ އަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، މިވަގުތު އީރާންގެ ކުޅުންތެރިންނަށް ވެސް އެންމެ ރައްކާތެރިކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމަ އަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވީ، އެ ހަނގުރާމައިގެ ސަބަބުން އީރާން އަށް އެތައްް ގެއްލުން ތަކެއް ލިބިފައިވާ ކަމަށެވެ. އަދި އީރާންގެ ރައްޔިތުންގެ ތެރެއިން އެތައް ހާސް ބަޔަކު ޝަހީދުވެފައިވާ ކަމަށާއި، ވޯލްޑް ކަޕްގައި އީރާން އިން ބައިވެރިވުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

ވޯލްޑް ކަޕްގައި ބައިވެރި ނުވާނެ ކަމަށް އީރާންގެ ކުޅިވަރު މިނިސްޓަރު ވިދާޅުވެފައި ވީ ނަމަވެސް، މިކަމުގައި ފީފާ އިން މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. އީރާން އިން މުބާރާތުގައި ބައިވެރިނުވާން ނިންމި ނިންމުން، ރަސްމީކޮށް ފީފާ އަށް އަންގާފައިވާ ކަމެއް ކަށަވަރުވެފައި ނުވެ އެވެ. 

ފީފާފީފާ ވާރލްޑް ކަޕް 2026އީރާންއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

12 މާރިޗު 2026

އިޒްރޭލުން ބެއިރޫތަށް ވަރުގަދަ ހަމަލާތަކެއް ދީފި

12 މާރިޗު 2026
އިޒްރޭލުން ބެއިރޫތަށް ވަރުގަދަ ހަމަލާތަކެއް ދީފި
12 މާރިޗު 2026

އީރާނުގެ ހަމަލާތަކުގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ 17 ތަނަކަށް ގެއްލުންދީފި: ނިއުޔޯކް ޓައިމްސް

12 މާރިޗު 2026
އީރާނުގެ ހަމަލާތަކުގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ 17 ތަނަކަށް ގެއްލުންދީފި: ނިއުޔޯކް ޓައިމްސް
12 މާރިޗު 2026

ބަހްރެއިންގެ ތެޔޮ ރައްކާކުރާ މަރުކަޒަކަށް އީރާނުން ހަމަލާދީފި

12 މާރިޗު 2026
ބަހްރެއިންގެ ތެޔޮ ރައްކާކުރާ މަރުކަޒަކަށް އީރާނުން ހަމަލާދީފި
11 މާރިޗު 2026

ޕުޓިން ގެންދަވަނީ އީރާންގެ ލީޑަރުންނާ ބަރާބަރަށް މުއާމަލާތް ކުރައްވަމުން

11 މާރިޗު 2026
ޕުޓިން ގެންދަވަނީ އީރާންގެ ލީޑަރުންނާ ބަރާބަރަށް މުއާމަލާތް ކުރައްވަމުން
11 މާރިޗު 2026

ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލްގެ އިޤްތިޞާދީ މަރުކަޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

11 މާރިޗު 2026
ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލްގެ އިޤްތިޞާދީ މަރުކަޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި
11 މާރިޗު 2026

އީރާން ހަނގުރާމަ ނިންމާނީ ޓްރަމްޕްގެ މަޤުސަދުތައް ހާސިލުވުމުން ކަމަށް ބުނެފި

11 މާރިޗު 2026
އީރާން ހަނގުރާމަ ނިންމާނީ ޓްރަމްޕްގެ މަޤުސަދުތައް ހާސިލުވުމުން ކަމަށް ބުނެފި
11 މާރިޗު 2026

ވަލީ އަހުދު މުޙައްމަދު ރިޔާސަތު ބެލެހެއްޓެވި ސައުދީގެ ކެބިނެޓުން ވެސް ނިންމީ އީރާން ކުށްވެރި ކުރާ ކަމަށް، އެމެރިކާ އާއި އިޒްރޭލްގެ ވާހަކައެއް ނެތް

11 މާރިޗު 2026
ވަލީ އަހުދު މުޙައްމަދު ރިޔާސަތު ބެލެހެއްޓެވި ސައުދީގެ ކެބިނެޓުން ވެސް ނިންމީ އީރާން ކުށްވެރި ކުރާ ކަމަށް، އެމެރިކާ އާއި އިޒްރޭލްގެ ވާހަކައެއް ނެތް
11 މާރިޗު 2026

ހޮރުމޯޒް ކަނޑު އޮޅިން ދަތުރު ކުރި މުދާ އުފުލާ ބޯޓަކަށް ހަމަލާދީ، އަލިފާން ރޯކޮށްލައިފި

11 މާރިޗު 2026
ހޮރުމޯޒް ކަނޑު އޮޅިން ދަތުރު ކުރި މުދާ އުފުލާ ބޯޓަކަށް ހަމަލާދީ، އަލިފާން ރޯކޮށްލައިފި
11 މާރިޗު 2026

އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ހުންނެވީ ގަދަވެ ސަލާމަތުން ކަމަށް ހާމަ ކުރައްވައިފި

11 މާރިޗު 2026
އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ހުންނެވީ ގަދަވެ ސަލާމަތުން ކަމަށް ހާމަ ކުރައްވައިފި
11 މާރިޗު 2026

ސަރަހައްދުގައި ތިބީ އީރާންގެ ދުޝްމަނުންނެއް ނޫން، އެކަމަކު އީރާން އަށް އެކަން ފަހުމެއް ނުވޭ: ޤަތަރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލް ޚުލައިފީ

11 މާރިޗު 2026
ސަރަހައްދުގައި ތިބީ އީރާންގެ ދުޝްމަނުންނެއް ނޫން، އެކަމަކު އީރާން އަށް އެކަން ފަހުމެއް ނުވޭ: ޤަތަރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލް ޚުލައިފީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް