Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

އީރާނުން ވޯލްޑް ކަޕް ނުކުޅެން ވިސްނަނީ، ޓްރަމްޕް ވިދާޅުވީ އެއީ އޭނާއާ ބެހޭ ކަމެެއް ނޫން ކަމަށް!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޕޮލިޓިކޯ ނޫހަށް ވިދާޅުވެފައި ވަނީ، އީރާން އަކީ މިހާރު ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ޤައުމެއް ކަމަށް. އެހެންކަމުން، އީރާން އިން މުބާރާތުގައި ކުޅުނަސް، ނުވަތަ ނުކުޅުނަސް އެކަމާ އޭނާ އަޅާ ނުލާނެ ކަމަށް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 މާރިޗު 2026 | ބުދަ 06:06
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

މިއަހަރު އެމެރިކާ އާއި، މެކްސިކޯ އަދި ކެނެޑާގައި އޮންނަ ފީފާ ވޯލްޑް ކަޕް ގައި ބައިވެރިވުމާ މެދު ދެ ވަނަ ވިސްނުމަކަށް ދާން އީރާން އިން ނިންމައިފި އެވެ.

އީރާނުން މިހެން ނިންމާފައި ވަނީ، މިދިޔަ ހޮނިހިރު ދުވަހު އެމެރިކާ އާއި އިޒްރޭލް އެކުވެގެން އީރާނަށް ހަަމަލާ ދޭން ފަށާފައި ވަނިކޮށެވެ. އެ ހަމަލާ ތަކުގައި އީރާންގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އާއި، އެ ޤައުމުގެ އިސް ވެރިންތަކެއް ވެސް ވަނީ އަވަހާރަ ކޮށްލައިފަ އެވެ. 

އެކަމާ ގުޅޭ ގޮތުން އީރާންގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް މަހުދީ ތާޖް ވިދާޅުވެފައި ވަނީ، އެމެރިކާ އާއި އިޒްރޭލް އިން މިހާރު ދެމުން އަންނަ ހަމަލާ ތަކަށް ފަހު، މިއަހަރު އޮންނަ ވޯލްޑް ކަޕްގައި އީރާން އިން ކުޅޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށެވެ. މީޑިއާ ތަކުގައި ބުނެފައި ވަނީ، އެކަމުގައި އީރާން އިން ފީފާގެ ލަފަޔަކަށް، ނުވަތަ އަމަލު ކުރާނެ ގޮތަކަށް ވެސް ވަނީ އެދިފަ އެވެ. 

އެއާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޕޮލިޓިކޯ ނޫހަށް ވިދާޅުވެފައި ވަނީ، އީރާން އަކީ މިހާރު ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ޤައުމެއް ކަމަށެވެ. އެހެންކަމުން، އީރާން އިން މުބާރާތުގައި ކުޅުނަސް، ނުވަތަ ނުކުޅުނަސް އެކަމާ އޭނާ އަޅާ ނުލާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޓްރަމްޕް ނެރުއްވާފައިވާ ދަތުރު ކުރުން މަނާ ކުރުމުގެ ޤަރާރުގައި ވެސް އީރާން ހިމެނެ އެވެ. 

އެކަމާ ގުޅޭ ގޮތުން، ވޯލްޑް ކަޕް ޓާސްކް ފޯހުގެ ވައިޓް ހައުސްގެ ޑިރެކްޓަރު އެންޑްރޫ ގިއުލިއާނީ ވިދާޅުވީ، ވިސާ ދިނުމުގައި އެންމެ ބޮޑަށް ބަލާނީ ސަލާމަތީ ކަންތައް ތަކަށް ކަމަށެވެ. އޭނާ ވިދާޅުވީ، އީރާންގައި މިހާރު އޮތް ޙާލަތަށް ބަލާއިރު، އެއްވެސް ބެލުމެއް ނެތި ބޯޑަރު ހުޅުވާލުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ. އެއާ އެކު އޭނާ ވިދާޅުވީ، އީރާނާ ދެކޮޅަށް ޓްރަމްޕް އަޅުއްވާފައިވާ ފިޔަވަޅަކީ ދުނިޔެ ސަލާމަތްކޮށް، ވޯލްޑް ކަޕަށް ޒިޔާރަތް ކުރާ އެތައް މިލިއަން މީހުންނަށް ރައްކާތެެރިކަން ކަށަވަރު ކޮށްދޭނެ ކަމެއް ކަމަށެވެ. 

ވޯލްޑް ކަޕްގައި އީރާންގެ ފުރަތަމަ މެޗު އޮތީ ޖޫން މަހުގެ 15 ވަނަ ދުވަހު ނިއުޒިލެންޑާ ދެކޮޅަށެވެ. އެއަށް ފަހު ޖޫން މަހުގެ 21 ވަނަ ދުވަހު ބެލްޖިއަމްއާ ދެކޮޅަށް ކުޅުމަށް ފަހު، ޖޫން މަހުގެ 26 ވަނަ ދުވަހު ނިކުންނާނީ މިޞްރާ ދެކޮޅަށެވެ. މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ނަތީޖާ ނިކުންނަ ގޮތުން، ޖުލައި ތިން ވަނަ ދުވަހު އޮންނަ ނޮކްއައުޓް މެޗެއްގައި އީރާން އާއި އެމެރިކާ ބައްދަލު ކުރުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

ފީފާ ވާރލްޑް ކަޕް 2026ފީފާއީރާންއެމެރިކާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

04 މާރިޗު 2026

އީރާންގެ އައު ލީޑަރު ކަނޑައަޅަން ޖެހޭނީ އެ ޤައުމުގެ އެތެރެއިން: ޓްރަމްޕް

04 މާރިޗު 2026
އީރާންގެ އައު ލީޑަރު ކަނޑައަޅަން ޖެހޭނީ އެ ޤައުމުގެ އެތެރެއިން: ޓްރަމްޕް
04 މާރިޗު 2026

އީރާނުގެ ސްކޫލަކަށް އިޒްރޭލާއި އެމެރިކާއިން ދިން ރަހުމުކުޑަ ހަމަލާގައި 165 ކުޑަކުދިން ޝަހީދުވުމާ ގުޅިގެން، އެ ކުދިންގެ ލޭގެ ބަދަލު ހިފާނެ ކަމަށް އެ ގައުމުގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ.

04 މާރިޗު 2026
އީރާނުގެ ސްކޫލަކަށް އިޒްރޭލާއި އެމެރިކާއިން ދިން ރަހުމުކުޑަ ހަމަލާގައި 165 ކުޑަކުދިން ޝަހީދުވުމާ ގުޅިގެން، އެ ކުދިންގެ ލޭގެ ބަދަލު ހިފާނެ ކަމަށް އެ ގައުމުގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ.
04 މާރިޗު 2026

އީރާނުން އެމެރިކާގެ "ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް" ދިފާއީ ނިޒާމަކަށް ހަމަލާދީ ފުނޑުފުނޑު ކޮށްލައިފި

04 މާރިޗު 2026
އީރާނުން އެމެރިކާގެ "ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް" ދިފާއީ ނިޒާމަކަށް ހަމަލާދީ ފުނޑުފުނޑު ކޮށްލައިފި
04 މާރިޗު 2026

ދުބާއީގައި ހުންނަ އެމެރިކާ ކޮންސިއުލޭޓަށް ހަމަލާ ދީފި، ޒަރޫރީ ނޫން މުވައްޒަފުން ޔޫއޭއީ އިން ފޭބުމަށް އެމެރިކާ އިން އަންގައިފި

04 މާރިޗު 2026
ދުބާއީގައި ހުންނަ އެމެރިކާ ކޮންސިއުލޭޓަށް ހަމަލާ ދީފި، ޒަރޫރީ ނޫން މުވައްޒަފުން ޔޫއޭއީ އިން ފޭބުމަށް އެމެރިކާ އިން އަންގައިފި
03 މާރިޗު 2026

މަޝްވަރާތަކަށްވުރެ އީރާނަށް މިހާރު މުހިންމީ ގައުމު ދިފާއު ކުރުން، އީރާނަކީ ނުބައިކަމާއި ނުލަފާ ކަމާ ދެކޮޅަށް އޮތް ހަމައެކަނި ބާރު: ބަޣާއީ

03 މާރިޗު 2026
މަޝްވަރާތަކަށްވުރެ އީރާނަށް މިހާރު މުހިންމީ ގައުމު ދިފާއު ކުރުން، އީރާނަކީ ނުބައިކަމާއި ނުލަފާ ކަމާ ދެކޮޅަށް އޮތް ހަމައެކަނި ބާރު: ބަޣާއީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު