Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވާރލްޑް ކަޕް 2026

ޓްރަމްޕް އަށް މެސެޖެއް ދިނުމުގެ ގޮތުން، ވާރލްޑް ކަޕް ބޮއިކޮޓް ކުރުމަށް ގެންގުޅުނު ވިސްނުން ޖަރުމަނުން ދޫކޮށްލައިފި

އެ ފެޑެރޭޝަން އިން ބުނީ، އެ ފެޑެރޭޝަންގެ ހިންގާ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު، މިއަހަރު އެމެރިކާ އާއި، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ވާރލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ޚިޔާލާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް. ޓްރަމްޕް އަށް މެސެޖެއް ދިނުމުގެ ގޮތުން ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ޚިޔާލު ހުށަހެޅީ ޖަރުމަނު ފުޓުބޯޅަ ފެޑެރޭޝަންގެ ނައިބު ރައީސް އޯކޭ ގެޓޮލިޗް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2026 | އަންގާރަ 04:44
ފީފާ ވާރލްޑް ކަޕްގެ ތަށި

ފީފާ ވާރލްޑް ކަޕްގެ ތަށި | ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް މެސެޖެއް ދިނުމުގެ ގޮތުން، ފީފާ ވާރލްޑް ކަޕް ބޮއިކޮޓް ކުރުމަށް ގެންގުޅުނު ވިސްނުން ދޫކޮށްލާފައިވާ ކަމަށް ޖަރުމަނުގެ ފުޓުބޯޅަ ފެޑެރޭޝަން އިން ބުނެފި އެވެ. 

ހުކުރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ޖަރުމަނު ފުޓުބޯޅަ ފެޑެރޭޝަން އިން ބުނެފައި ވަނީ، ކުޅިވަރުގެ އެކުވެރި ކަމުގެ ބާރާއި، ވާރލްޑް ކަޕް އިން ދުނިޔެ އަށް ލިބިދޭ އަސަރު އެ މީހުން ޤަބޫލު ކުރާ ކަމަށެވެ. އެ ބަޔާނުގައި ބުނެފައި ވަނީ، އެ މީހުންގެ މަޤުސަދަކީ މި ހެޔޮ ބާރު ވަރުގަދަ ކުރުން ކަމަށާއި، އެކަން ހުއްޓުވަން ބޭނުން ނުވާ ކަމަށެވެ.

މީގެ އިތުރުން އެ ފެޑެރޭޝަން އިން ބުނީ، އެ ފެޑެރޭޝަންގެ ހިންގާ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު، މިއަހަރު އެމެރިކާ އާއި، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ވާރލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ޚިޔާލާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ޓްރަމްޕް އަށް މެސެޖެއް ދިނުމުގެ ގޮތުން ވާރލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ޚިޔާލު ހުށަހެޅީ ޖަރުމަނު ފުޓުބޯޅަ ފެޑެރޭޝަންގެ ނައިބު ރައީސް އޯކޭ ގެޓޮލިޗް އެވެ. 

ޖަރުމަނު ލީގުގެ ކުލަބެއް ކަމަށްވާ ސެންޓް ޕައުލީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ގެޓޮލިޗް ވިދާޅުވެފައި ވަނީ، އެމެރިކާގެ ރައީސް ޓްރަމްޕްގެ އަމަލުތައް ހުންނަ ގޮތާއި، ބަސް މަގު ހުންނަ ގޮތުގެ ސަބަބުން، މިއަހަރުގެ ވާރލްޑް ކަޕް ބޮއިކޮޓް ކުރުމަށް ވިސްނާލުމުގެ ވަގުތު އައިސް ޖެހިފައިވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ޖަރުމަނުގެ ފުޓުބޯޅަ ފެޑެރޭޝަން އިން ބުނީ، ކުޅިވަރުގެ ސިޔާސަތުތަކާ ބެހޭ ބަހުސްތައް ކުރަން ވާނީ އެތެރޭގައި ކަމަށާއި، އެއީ އާންމުންގެ ތެރޭގައި ކުރަން ޖެހޭ ބަހުސެއް ނޫން ކަމަށެވެ. 

އެއާ އެކު، އެ ފެޑެރޭޝަން އިން ބުނެފައި ވަނީ މިހާރު ވާރލްޑް ކަޕް ބޮއިކޮޓް ކުރުމަކީ ވިސްނަމުންދާ ކަމެއް ނޫން ކަމަށެވެ. މިއަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން، ޖުލައި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ވާރލްޑް ކަޕް ކުޅުމަށް ހަމަޖެހިފައިވާއިރު، ޖަރުމަނުގެ ފުޓުބޯޅަ ފެޑެރޭޝަން އިން ބުނީ އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސިޔާސީ ފަރާތްތަކާއި، ސަލާމަތީ ފަރާތްތަކާއި، ވިޔަފާރީގެ ފަރާތްތައް އަދި ކުޅިވަރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. 

ވާރލްޑް ކަޕް ބާއްވާ ޤައުމު ތަކުގެ ތެރޭގައި އެމެރިކާ ހިމެނޭއިރު، އެ ޤައުމުގެ ރައީސް ޓްރަމްޕްއާ މެެދު ދުނިޔޭގެ ގިނަ ބަޔަކު ވަނީ ނުރުހުންވެފަ އެވެ. ޚާއްސަކޮށް ގްރީންލޭންޑް ހޯދުމަށް ޓްރަމްޕް ކުރަމުން އަންނަ މަސައްކަތްތަކާއި، އެކަމާ ދެކޮޅު ހެދި ޔޫރަޕުގެ ޤައުމު ތަކަށް ޓެރިފް ނަގާނެ ކަމުގެ ބިރު ދެއްކުންތަކާ އެކު، ޔޫރަޕުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. މީގެ އިތުރުން ވެނެޒުއެލާއާ ދެކޮޅަށް އެމެރިކާ އިން ހިންގި އަސްކަރީ އޮޕަރޭޝަން އާއި، އެމެރިކާގެ އެކި ސިޓީ ތަކުގައި ކުރަމުން އަންނަ މުޒާހަރާ ތަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން ވެސް ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. 

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވަނީ، މިއަހަރުގެ ވޯލްޑް ކަޕް ބަލަން ނުދިޔުމަށް ގޮވާލައްވައިފަ އެވެ. ނަމަވެސް، މީގެ ކުރިން ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު އޮތް މައްސަލައިގެ ސަބަބުން، 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ވާރލްޑް ކަޕް ބޮއިކޮޓް ކުރުމަށް ގިނަ ބަޔަކު ގޮވާލި ނަމަވެސް، ބްލެޓާ ވަނީ އެކަމާ ދެކޮޅު ހައްދަވައިފަ އެވެ. އެ ދުވަސްވަރު ބްލެޓާ ވިދާޅުވެފައި ވަނީ، އެއްވެސް ޤައުމެއްގައި ފުޓުބޯޅަ ބޮއިކޮޓް ކުރެވެން ނެތް ކަމަށެވެ. 

ފީފާފީފާ ވާރލްޑް ކަޕް 2026ޖަރުމަނުޖަރުމަނު ފުޓުބޯޅަ ފެޑެރޭޝަންއެމެރިކާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮންގްރެސް އިން ބަޖެޓް ފާސްކޮށް ނުދީގެން އެމެރިކާގެ މައި ސަރުކާރުގެ ބައެއް މަސައްކަތްތައް ހުއްޓުމަކަށް

ކޮންގްރެސް އިން ބަޖެޓް ފާސްކޮށް ނުދީގެން އެމެރިކާގެ މައި ސަރުކާރުގެ ބައެއް މަސައްކަތްތައް ހުއްޓުމަކަށް

31 ޖެނުއަރީ 2026
އިޒްރޭލަށް އޮތް ހަސަދައިގެ ސަބަބުން، ރިޔާސީ ބަހުސްގެ ތެރެއިން ބައިޑަން އަވަހާރަކޮށްލަން މަސައްކަތް ކުރި

އިޒްރޭލަށް އޮތް ހަސަދައިގެ ސަބަބުން، ރިޔާސީ ބަހުސްގެ ތެރެއިން ބައިޑަން އަވަހާރަކޮށްލަން މަސައްކަތް ކުރި

31 ޖެނުއަރީ 2026
ބައިޑަން ވިދާޅުވީ އެމެރިކާގެ އަމިއްލަ ސަރުކާރުން ރައްޔިތުންނާ ކުރިމަތިލައި، ރައްޔިތުން ޓާގެޓު ތަކަށް ހަދަނީ ކަމަށް

ބައިޑަން ވިދާޅުވީ އެމެރިކާގެ އަމިއްލަ ސަރުކާރުން ރައްޔިތުންނާ ކުރިމަތިލައި، ރައްޔިތުން ޓާގެޓު ތަކަށް ހަދަނީ ކަމަށް

31 ޖެނުއަރީ 2026
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައެއްގައި ދައުވާކޮށްފައިވާ އަގީލް ތައިލެންޑުގެ ބެންކޮކުން ހައްޔަރުކޮށްފި

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައެއްގައި ދައުވާކޮށްފައިވާ އަގީލް ތައިލެންޑުގެ ބެންކޮކުން ހައްޔަރުކޮށްފި

30 ޖެނުއަރީ 2026
އީރާނުގެ ސަރުކާރުގެ "ދުވަސްތައް މިހާރު ވަނީ ގުނަން ފެށިފައި" ކަމަށް ޖަރުމަނުގެ ޗާންސެލަރ ވިދާޅުވެއްޖެ

އީރާނުގެ ސަރުކާރުގެ "ދުވަސްތައް މިހާރު ވަނީ ގުނަން ފެށިފައި" ކަމަށް ޖަރުމަނުގެ ޗާންސެލަރ ވިދާޅުވެއްޖެ

28 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު