Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް

ވޯލްޑް ކަޕް އިން އީރާން ބޭރު ކުރުމުގެ ބާރު ޓްރަމްޕް އަށް ނެތް ކަމަށް ބުނެފި

އީރާންގެ ޤައުމީ ޓީމުން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، މުބާރާތުގައި ބައިވެރިވާ ޓީމު ތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ނުދެވޭނެ ނަމަ، އެމެރިކާ އަށް މުބާރާތް ބޭއްވުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް. ވޯލްޑް ކަޕް އަކީ ތާރީޚީ އަދި ބައިނަލްއަޤުވާމީ ޙަރަކާތެއް ކަމަށާއި، އެ މުބާރާތް ހިންގާ ބަޔަކީ ފީފާ ކަމަށް އީރާން އިން ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 މާރިޗު 2026 | ހޮނިހިރު 09:02
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އީރާން ޤައުމީ ޓީމުގެ ކުޅުންތެރިޔެއް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އީރާން ޤައުމީ ޓީމުގެ ކުޅުންތެރިޔެއް. | އޭއެފްޕީ

މިއަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި އޮންނަ ފީފާ ވޯލްޑް ކަޕް އިން އީރާން ބޭރު ކުރުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ޤައުމުން ބުނެފި އެވެ. 

އީރާން އިން މިހެން ބުނެފައި ވަނީ، މިއަހަރު އޮންނަ ވޯލްޑް ކަޕްގައި އީރާން ބައިވެރިވުމަކީ އެ ޤައުމުގެ ކުޅުންތެރިންގެ ފުރާނަ އަށާއި، ސަލާމަތަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ވިދާޅުވެ، ޓްރަމްޕް އިންޒާރެއް ދެއްވާފައި ވަނިކޮށެވެ. 

އީރާންގެ ޤައުމީ ޓީމުން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، މުބާރާތުގައި ބައިވެރިވާ ޓީމު ތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ނުދެވޭނެ ނަމަ، އެމެރިކާ އަށް މުބާރާތް ބޭއްވުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. ވޯލްޑް ކަޕް އަކީ ތާރީޚީ އަދި ބައިނަލްއަޤުވާމީ ޙަރަކާތެއް ކަމަށާއި، އެ މުބާރާތް ހިންގާ ބަޔަކީ ފީފާ ކަމަށް އީރާން އިން ބުނެފައިވެ އެވެ. އަދި އެއީ ވަކި ފަރުދަކަށް، ނުވަތަ ވަކި ޤައުމަކަށް ގޮތް ނިންމޭނެ ކަމެއް ނޫން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. 

އެމެރިކާގެ ރައީސް ޓްރަމްޕް އެހެން ވިދާޅުވެފައި ވަނީ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލު ކުރައްވައި، މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ އެކު ވެސް، އީރާންގެ ކުޅުންތެރިންނަށް މަރުޙަބާ ކިޔާނެ ކަމަށް ވިދާޅުވިތާ އެންމެ ދެ ދުވަސް ފަހުންނެވެ. ނަމަވެސް، ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ އީރާންގެ ކުޅުންތެރިންނަށް މަރުޙަބާ ކިޔާ ނަމަވެސް، އެ ޤައުމުގެ ކުޅުންތެރިންގެ ފުރާނަ އަށާއި، ސަލާމަތަށްޓަކައި އެމެރިކާގައި އޮންނަ މުބާރާތަށް އެ ޓީމު އައުމަކީ އެންމެ އެކަށީގެންވާ ކަމެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. 

އެކަމާ ގުޅޭ ގޮތުން އީރާން އިން ބުނެފައި ވަނީ، އެ ޤައުމަކީ ކުޅަދާނަ ކުޅުންތެރިންގެ ހިތްވަރާ އެކު މުބާރާތަށް ކޮލިފައިވި އެންމެ ފުރަމަ ޓީމު ތަކުގެ ތެރޭގައި ހިމެނޭ ޓީމެއް ކަމަށެވެ. އަދި އީރާން މުބާރާތުން ބޭރު ކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށް އީރާން އިން ބުންޏެވެ. އެކަން ފާހަގަކޮށް އީރާން އިން ބުނީ، މުބާރާތުން ބޭރު ކުރަން ޖެހޭނީ ބައިނަލްއަޤުވާމީ މިފަދަ ބޮޑު ޙަރަކާތެއް ބާއްވާއިރު ޓީމު ތަކަށް ސަލާމަތީ ކަންކަން ފޯރުކޮށް ނުދެވޭ، މުބާރާތް ބާއްވާ ޤައުމު ކަމަށެވެ. 

މިދިޔަ ފެބްރުވަރީ މަހު އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން، މިއަހަރުގެ ވޯލްޑް ކަޕްގައި އީރާން ބައިވެރި ނުވާނެ ކަމަށް އެ ޤައުމުގެ ސްޕޯޓްސް މިނިސްޓަރު ވެސް ވަނީ ވިދާޅުވެފަ އެވެ. އެއާ އެކު، މުބާރާތުގައި އީރާން އިން ބައިވެރިވާނެ ކަމާ މެދު މިހާރު ވަނީ ސުވާލު ތަކެއް އުފެދިފަ އެވެ. 

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ފީފާ ވާރލްޑް ކަޕް 2026އީރާންޖިއާނީ އިންފަންޓީނޯއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން ހަނގުރާމަ އިން ރަޝިޔާ އަށް ލުޔެއް ލިބޭނެ ކަމަށް ހީކުރުމަކީ ގޯހެއް: މެކްރޮން

އީރާން ހަނގުރާމަ އިން ރަޝިޔާ އަށް ލުޔެއް ލިބޭނެ ކަމަށް ހީކުރުމަކީ ގޯހެއް: މެކްރޮން

14 މާރިޗު 2026
އެމެރިކާާގެ ތެޔޮ އިންފްރާސްޓްރަކްޗާތައް ހަލާކު ކޮށްލައި، އަޅި އަށް ހަދާލާނެ ކަމުގެ އިންޒާރު އީރާން އިން ދީފި

އެމެރިކާާގެ ތެޔޮ އިންފްރާސްޓްރަކްޗާތައް ހަލާކު ކޮށްލައި، އަޅި އަށް ހަދާލާނެ ކަމުގެ އިންޒާރު އީރާން އިން ދީފި

14 މާރިޗު 2026
އަންނަ ހަފުތާގެ ތެރޭގައި އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނަން: ޓްރަމްޕް

އަންނަ ހަފުތާގެ ތެރޭގައި އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނަން: ޓްރަމްޕް

14 މާރިޗު 2026
އެމެރިކާގެ ހަމަލާ ތަކާ މެދު ބިރެއް ނެތި، އީރާންގެ ރައީސް ޕެޒެޝްކިއާން އާއި އިސްވެރިން، އާންމުންގެ ތެރެއަށް ނިކުންނަވައިފި

އެމެރިކާގެ ހަމަލާ ތަކާ މެދު ބިރެއް ނެތި، އީރާންގެ ރައީސް ޕެޒެޝްކިއާން އާއި އިސްވެރިން، އާންމުންގެ ތެރެއަށް ނިކުންނަވައިފި

14 މާރިޗު 2026
މޫނުގެ ސިފަ ގެއްލި ކާކުކަން ނޭނގޭ ވަރަށް، އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ޒަޚަމުވެފައިވާ ކަމަށް ހެގްސެތު ވިދާޅުވެއްޖެ

މޫނުގެ ސިފަ ގެއްލި ކާކުކަން ނޭނގޭ ވަރަށް، އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ޒަޚަމުވެފައިވާ ކަމަށް ހެގްސެތު ވިދާޅުވެއްޖެ

14 މާރިޗު 2026

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު