Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސަންޓޯސް

އިތުރު އެއް އަހަރަށް، ސަންޓޯސްގެ އެއްބަސްވުން ނޭމާ އައު ކޮށްފި

ނޭމާގެ މުސްތަޤުބަލާ މެދު ގިނަ ސުވާލު ތަކެއް އުފެދިފައި އޮއްވާ، ސަންޓޯސް އިން ވަނީ އޭނާގެ އެއްބަސްވުން އައު ކޮށްފައިވާ ކަމަށް އިއުލާން ކޮށްފައި. އެގޮތުން ނޭމާ ވަނީ، އެއް އަހަރު ދުވަހަށް ސަންޓޯސްގެ އެއްބަސްވުން އައު ކޮށްފައި. އެހެންކަމުން، މި ފެށުނު 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނޭމާ ސަންޓޯސްގައި މަޑު ކުރާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2026 | ބުރާސްފަތި 05:09
ސަންޓޯސް އަށް ކުޅެމުން އަންނަ ބްރެޒިލްގެ ނޭމާ

ސަންޓޯސް އަށް ކުޅެމުން އަންނަ ބްރެޒިލްގެ ނޭމާ

ބްރެޒިލްގެ ސަންޓޯސް އަށް ކުޅެމުން އަންނަ، އެ ޤައުމުގެ ތަރި ނޭމާ ޖޫނިއާ، އެ ކުލަބާ އެކު ސޮއި ކޮށްފައިވާ އެއްބަަސްވުން އައު ކޮށްފި އެވެ. 

އުމުރުން 33 އަހަރުގެ ނޭމާ ސަންޓޯސް އަށް ބަދަލުވީ 2025 ވަނަ އަހަރުގެ ކުރީ ކޮޅު އެވެ. ސަންޓޯސް އަކީ ނޭމާ އޭނާ ގެ ސީނިއާ ކެރިއަރު ފެށި ކުލަބު ކަމަށްވާއިރު، ދެ ވަނަ ފަހަރަށް ސަންޓޯސް އަށް ބަދަލުވީ ހަ މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ޖޫން މަހުގެ ތެރޭގައި ސަންޓޯސް އިން ވަނީ، އެ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނޭމާގެ އެއްބަސްވުން އައު ކޮށްފަ އެވެ. 

އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން ދިޔައިރު، އޭނާ ގެ މުސްތަޤުބަލާ މެދު އޮތީ ގިނަ ސުވާލު ތަކެއް އުފެދިފަ އެވެ. އެގޮތުން ކަކުލުގެ އަނިޔާއެއްގައި ނޭމާ އުޅުނުއިރު، އޭނާ އަލުން އެނބުރި ޔޫރަޕުގެ ކުލަބަކަށް ބަދަލުވާާން އުޅުނު ކަމުގެ އަޑުތައް ވެސް އޮތީ ފެތުރިފަ އެވެ. ނޭމާ މިހާރު އަންނަނީ ކަކުލުގެ ސާޖަރީއެއް ކުރުމަށް ފަހު، މުޅިން ފިޓު ވުމަށް މަސައްކަތް ކުރަމުންނެވެ.

ނޭމާގެ މުސްތަޤުބަލާ މެދު ގިނަ ސުވާލު ތަކެއް އުފެދިފައި އޮއްވާ، ސަންޓޯސް އިން ވަނީ އޭނާ ގެ އެއްބަސްވުން އައު ކޮށްފައިވާ ކަމަށް އިއުލާން ކޮށްފަ އެވެ. އެގޮތުން ނޭމާ ވަނީ، އެއް އަހަރު ދުވަހަށް ސަންޓޯސްގެ އެއްބަސްވުން އައު ކޮށްފަ އެވެ. އެހެންކަމުން، މި ފެށުނު 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނޭމާ ސަންޓޯސްގައި މަޑު ކުރާނެ އެވެ. އެ ކުލަބުން ނޭމާގެ އެއްބަސްވުން އައު ކުރަން ބޭނުންވީ، އެ ކުލަބުގައި އޭނާ ރަނގަޅު ކުޅުމެއް ދައްކާފައިވާތީ އެވެ.

އެންމެ ފުރަތަމަ ނޭމާ ސަންޓޯސް އަށް ކުޅެފައި ވަނީ 2009 ވަނަ އަހަރުން، 2013 ވަނަ އަހަރަށެވެ. އެ މުއްދަތުގެ ތެރޭގައި ނޭމާ ވަނީ ސަންޓޯސް އަށް ކުޅެދިން 225 މެޗުގައި 136 ލަނޑު ޖަހައިފަ އެވެ. އޭގެ ފަހުން ނޭމާ ބާސެލޯނާ އަށް ބަދަލުވީއިރު، ދެން ބަދަލުވީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށެވެ. ޕީއެސްޖީ ދޫކޮށްލުމަށް ފަހު އަލް ޙިލާާލް އަށް ބަދަލުވި ނަމަވެސް، އަނިޔާގެ ސަބަބުން ނޭމާ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުނުއިރު، ދެން އޭނާ ބަދަލުވީ ސަންޓޯސް އަށެވެ.

ދެ ވަނަ ފަހަރަށް ސަންޓޯސް އަށް ބަދަލުވެ ނޭމާ ވަނީ، އެ ކުލަބަށް ކުޅެދިން 28 މެޗުގައި 11 ލަނޑު ޖަހައިފަ އެވެ. ސަންޓޯސް އާއެކު ނޭމާ ވަނީ މީގެ ކުރިން ހަ ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. މިފަހަކަށް އައިސް ނޭމާ އަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެކަމުގެ ސަބަބުން ނޭމާ އަށް އޭނާ ގެ އެކަށީގެންވާ ކުޅުން ވެސް ނުދެއްކެ އެވެ.

ސަންޓޯސްގައި މަޑު ކުރަން ނޭމާ ނިންމާފައިވާއިރު، އޭނާ ބޭނުން ވަނީ މިއަހަރު އޮންނަ ފީފާ ވޯލްޑް ކަޕްގައި ބްރެޒިލްގެ ސްކޮޑުން ޖާގަ ހޯދުމަށެވެ. ބްރެޒިލް އަށް އިރުޝާދު ދެމުން އަންނަ ކާލޯ އަންޗެލޮޓީ ވަނީ، ބްރެޒިލްގެ ޓީމުން ނޭމާ އަށް ފުރުސަތު އޮންނާނެ ކަމަށް ހާމަ ކޮށްފަ އެވެ. އެހެންކަމުން ބްރެޒިލްގެ ޓީމުގައި ހިމެނި، މިއަހަރުގެ ވޯލްޑް ކަޕް ކުޅުމަކީ ނޭމާގެ އެންމެ ބޮޑު އަމާޒު ކަމަށް ވަނީ ވެފަ އެވެ.

ސަންޓޯސްނޭމާ

ކޮމެންޓް

އިތުރަށް ކިޔާލަން

ނޭމާ، ކުރީގެ ކުލަބުން ސަންޓޯސް އަށް ބަދަލު ވަނީ

ނޭމާ، ކުރީގެ ކުލަބުން ސަންޓޯސް އަށް ބަދަލު ވަނީ

28 ޖެނުއަރީ 2025
އަލް ޙިލާލް މޮޅުވީއިރު، ނޭމާ އެނބުރި ކުޅުމުގެ ތެރެއަށް

އަލް ޙިލާލް މޮޅުވީއިރު، ނޭމާ އެނބުރި ކުޅުމުގެ ތެރެއަށް

22 އޮކްޓޯބަރު 2024
ނޭމާ ބާސެލޯނާ އަށް ދާން އުޅޭ ވާހަކަ އަކީ ދޮގެއް!

ނޭމާ ބާސެލޯނާ އަށް ދާން އުޅޭ ވާހަކަ އަކީ ދޮގެއް!

27 އޯގަސްޓު 2024
މެސީ ޙިއްސާ ކުރީ ސުއަރޭޒް އާއި ނޭމާއާ އޮންނަ ގާތް ގުޅުން!

މެސީ ޙިއްސާ ކުރީ ސުއަރޭޒް އާއި ނޭމާއާ އޮންނަ ގާތް ގުޅުން!

09 ޖޫން 2024
އަލްވޭޒަށް ކުރިން އެހީވިން، މިހާރު ހުއްޓާލައިފިން: ނޭމާގެ ބައްޕަ

އަލްވޭޒަށް ކުރިން އެހީވިން، މިހާރު ހުއްޓާލައިފިން: ނޭމާގެ ބައްޕަ

23 މާރިޗު 2024

އަހަރުތަކުން މިއަދު

25 ޖެނުއަރީ
ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!
20215 އަހަރު ކުރިން
ރާއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!
20197 އަހަރު ކުރިން
ރިޕޯޓު

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު