Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

ޗައިނާ އާއެކު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް، ޚާއްސަ މަންދޫބަކަށް ޣަލިބާފް ހަމަޖައްސަަވައިފި

ޗައިނާ އަކީ އީރާންއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމަކަށްވާއިރު، ޣަލިބާފް ފަދަ މަތީ ފަންތީގެ ބޭފުޅަކު އެ ޤައުމުގެ ޚާއްސަ މަންދޫބަކަށް އައްޔަން ކުރުމަކީ ދެ ޤައުމުގެ ދެ މެދުގައި އޮތް އިސްތިރާތީޖީ ގުޅުން އައު ހަރުފަތަކަށް ގެންދިޔުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މެއި 2026 | ހޯމަ 03:39
އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް.

އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް. | ރޮއިޓާސް

އީރާންގެ ފަރާތުން ޗައިނާާ އަށް ކަނޑައަޅުއްވާ ޚާއްސަ މަންދޫބުގެ މަގާމަށް، އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް އައްޔަން ކުރައްވައިފި އެވެ. 

އާދީއްތަ ދުވަހު މިކަން ހާމަ ކޮށްފައި ވަނީ، އީރާންގެ ދައުލަތުގެ މީޑިއާ ތަސްނީމް ނިއުސް އެޖެންސީ އިންނެވެ.

މި މަގާމަށް ޣަލިބާފް އައްޔަން ކުރައްވާފައި މި ވަނީ، މެދު އިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ސަރަހައްދީ ހަނގުރާމައެއްގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. އީރާންގެ ސިޔާސީ މަސްރަހުގައި ނުފޫޒު ގަދަ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވޭ ޣަލިބާފް އަކީ، ޗައިނާ އާއެކު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށް އީރާން އިން ކުރަމުން އަންނަ މަސައްކަތުގެ މުހިންމު ބައިވެރި އެކެވެ. 

މިފަހަކަށް އައިސް އީރާން އިން ބައިނަލްއަޤުވާމީ މައިދާނުގައި ކުރަމުން އަންނަ މަޝްވަރާ ތަކުގައި ޣަލިބާފް ވަނީ އިސް ދައުރެއް އަދާ ކުރައްވައިފަ އެވެ. ވަކިން ޚާއްސަކޮށް، އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަން ޙައްލު ކުރުމަށް ކުރިއަށް ގެންދާ މަޝްވަރާ ތަކުގައި ޣަލިބާފް ބައިވެރިވެ ވަޑައިގަންނަވަ އެވެ. ޕާކިސްތާން މެދުވެރި ވެގެން ކުރިއަށް ގެންދާ މި މަޝްވަރާ ތަކުގައި އީރާންގެ ފަރާތުން އެންމެ އިސްކޮށް ހުންނަވަނީ ޣަލިބާފް އެވެ. 

ޗައިނާ އަކީ އީރާންއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމަކަށްވާއިރު، ޣަލިބާފް ފަދަ މަތީ ފަންތީގެ ބޭފުޅަކު އެ ޤައުމުގެ ޚާއްސަ މަންދޫބަކަށް އައްޔަން ކުރުމަކީ ދެ ޤައުމުގެ ދެ މެދުގައި އޮތް އިސްތިރާތީޖީ ގުޅުން އައު ހަރުފަތަކަށް ގެންދިޔުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ. 

އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ޣަލިބާފް މި އައު މަސްއޫލިއްޔަތު އަދާ ކުރައްވަން ފެއްޓެވުމާ އެކު، ބައިނަލްއަޤުވާމީ މައިދާނުގައި އީރާންގެ އަޑު އިއްވުމަށާއި، ޚާއްސަކޮށް ހުޅަނގުގެ ޤައުމުތަކާ އެކު އޮތް ނުތަނަވަސްކަން ކުޑަ ކުރުމަށް ޗައިނާ މެދުވެރިކޮށް ކުރާ މަސައްކަތްތައް އިތުރަށް ހަލުވި ވެގެން ދާނެ ކަމަށް ބެލެވެ އެވެ.

މަސްދަރު: އޭއެފްޕީ

އީރާންއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން-ޗައިނާމުހައްމަދު ބާގިރު ގަލިބާފް

އިތުރަށް ކިޔާލަން

17 މެއި 2026

މެދުވެރިއެއްގެ ރޯލު އަދާކުރާއިރު، އީރާނުގެ އަސްކަރީ ބޯޓުތައް ބަހައްޓަން ޕާކިސްތާނުން ފުރުސަތު ދިން

17 މެއި 2026
މެދުވެރިއެއްގެ ރޯލު އަދާކުރާއިރު، އީރާނުގެ އަސްކަރީ ބޯޓުތައް ބަހައްޓަން ޕާކިސްތާނުން ފުރުސަތު ދިން
17 މެއި 2026

326 ދުވަހަށް ފަހު، ޔޫއެސްއެސް ޖެރަލްޑް ފޯޑް އެނބުރި އެމެރިކާ އަށް

17 މެއި 2026
326 ދުވަހަށް ފަހު، ޔޫއެސްއެސް ޖެރަލްޑް ފޯޑް އެނބުރި އެމެރިކާ އަށް
17 މެއި 2026

ހޮރްމޫޒް ކަނޑު އޮޅިން ދުޝްމަނުންގެ ހަނގުރާމައިގެ ސާމާނު ދަތުރު ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އީރާން އިން ބުނެފި

17 މެއި 2026
ހޮރްމޫޒް ކަނޑު އޮޅިން ދުޝްމަނުންގެ ހަނގުރާމައިގެ ސާމާނު ދަތުރު ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އީރާން އިން ބުނެފި
17 މެއި 2026

އީރާން ހަނގުރާމައިގެ މައްސަލައިގައި ޕުޓިން އާއި ޔޫއޭއީގެ ރައީސް މަޝްވަރާ ކުރައްވައިފި

17 މެއި 2026
އީރާން ހަނގުރާމައިގެ މައްސަލައިގައި ޕުޓިން އާއި ޔޫއޭއީގެ ރައީސް މަޝްވަރާ ކުރައްވައިފި
17 މެއި 2026

އެމެރިކާ އާއި އީރާންއާ ދެމެދު އޮތް އެއްބަސްވުމާ ގުޅޭ ގޮތުން، ޤަތަރާއި ކުވެއިތުން މަޝްވަރާ ކޮށްފި

17 މެއި 2026
އެމެރިކާ އާއި އީރާންއާ ދެމެދު އޮތް އެއްބަސްވުމާ ގުޅޭ ގޮތުން، ޤަތަރާއި ކުވެއިތުން މަޝްވަރާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު