Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

މެދުވެރިއެއްގެ ރޯލު އަދާކުރާއިރު، އީރާނުގެ އަސްކަރީ ބޯޓުތައް ބަހައްޓަން ޕާކިސްތާނުން ފުރުސަތު ދިން

އެމެރިކާގެ ސީބީއެސް ނިއުސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޕްރީލް މަހުގެ ކުރީކޮޅު އީރާނާ އެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އިއުލާންކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އީރާނުން ވަނީ ގިނަ އަދަދެއްގެ ބޯޓުތައް ޕާކިސްތާނުގެ ނޫރު ޚާން އެއާބޭސްއަށް ފޮނުވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 މެއި 2026 | އާދީއްތަ 11:44
އީރާން އާއި ޕާކިސްތާންގެ ދިދަ.

އީރާން އާއި ޕާކިސްތާންގެ ދިދަ. | ރޮއިޓާސް

އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ އަސްކަރީ ހަމަނުޖެހުންތައް ހައްލު ކުރުމަށް ޕާކިސްތާނުން މެދުވެރިއެއްގެ ރޯލު އަދާކުރި އިރު، އީރާނުގެ އަސްކަރީ މަތިންދާ ބޯޓުތައް ޕާކިސްތާނުގެ ވައިގެ ބަނދަރު ތަކުގައި ބަހައްޓަން ހުއްދަ ދީފައިވާ ކަމަށް ބުނެ އެމެރިކާގެ އޮފިޝަލުން ތުހުމަތު ކޮށްފި އެވެ.

މިކަމުގެ ސަބަބުން، މަސްރަހު ފިނި ކުރުމަށް ޕާކިސްތާނުން ކުރި މަސައްކަތުގެ އިޚުލާސްތެރިކަމާ މެދު ސުވާލު އުފެދި، އެމެރިކާގެ ބައެއް ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އެމެރިކާގެ ސީބީއެސް ނިއުސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޕްރީލް މަހުގެ ކުރީކޮޅު އީރާނާ އެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އިއުލާންކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އީރާނުން ވަނީ ގިނަ އަދަދެއްގެ ބޯޓުތައް ޕާކިސްތާނުގެ ނޫރު ޚާން އެއާބޭސްއަށް ފޮނުވާފަ އެވެ.

އޭގެ ތެރޭގައި އީރާނުގެ ވައިގެ ސިފައިންގެ ޖާސޫސީ މަތިންދާބޯޓެއް ކަމަށްވާ 'އާރް.ސީ-130' ވެސް ހިމެނޭ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެ އެވެ. ސެޓެލައިޓް ފޮޓޯތަކުން ވެސް މި ބޯޓުތައް އެ އެއާބޭސްގައި ހުރިކަން ކަށަވަރުވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ނަމަވެސް ޕާކިސްތާނުގެ ޚާރިޖީ ވުޒާރާ އިން ވަނީ މި ތުހުމަތުތައް ދޮގު ކޮށްފަ އެވެ. އެ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނީ، އީރާނުގެ ބޯޓުތައް ޕާކިސްތާނުގައި ހުރީ ހަމައެކަނި ސުލްހައިގެ ވާހަކަތަކަށް ބޭނުންވާ ޑިޕްލޮމެޓިކް މުވައްޒަފުންނާއި ސަލާމަތީ ޓީމުތައް އުފުލުމަށް ކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި އަސްކަރީ ބޭނުމަކަށް ނުވަތަ ހަމަލާތަކުން ރައްކާތެރިވުމަށް ބަހައްޓާފައިވާ ބޯޓުތަކެއް ނޫން ކަމަށް ޕާކިސްތާނުން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން އެމެރިކާގެ ސެނެޓަރ ލިންޑްސޭ ގްރަހަމް ވިދާޅުވީ، ޕާކިސްތާނުން އީރާނުގެ އަސްކަރީ މުދާތައް ރައްކާތެރިކޮށްދޭ ނަމަ، މެދުވެރިއެއްގެ ގޮތުގައި އެ ގައުމު ބޭނުންކުރުމާ މެދު އަލުން ވިސްނަންޖެހޭ ކަމަށެވެ. އެހެންނަމަވެސް، ރައީސް ޓްރަމްޕް ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އަސްކަރީ ވެރިޔާ އާސިމް މުނީރުގެ މަސައްކަތަށް ތައުރީފު ކުރައްވާފަ އެވެ.

މި ހާދިސާއަކީ އެމެރިކާ، އީރާން އަދި ޗައިނާއާ ދެމެދު ޕާކިސްތާނުން ގެންގުޅޭ ނާޒުކު ޚާރިޖީ ސިޔާސަތަށް ކުރިމަތިވި އިތުރު ގޮންޖެހުމެއްގެ ގޮތުގައި މުހައްލިލުން ސިފަކުރެ އެވެ.

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޕާކިސްތާން

އިތުރަށް ކިޔާލަން

17 މެއި 2026

326 ދުވަހަށް ފަހު، ޔޫއެސްއެސް ޖެރަލްޑް ފޯޑް އެނބުރި އެމެރިކާ އަށް

17 މެއި 2026
326 ދުވަހަށް ފަހު، ޔޫއެސްއެސް ޖެރަލްޑް ފޯޑް އެނބުރި އެމެރިކާ އަށް
17 މެއި 2026

ހޮރްމޫޒް ކަނޑު އޮޅިން ދުޝްމަނުންގެ ހަނގުރާމައިގެ ސާމާނު ދަތުރު ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އީރާން އިން ބުނެފި

17 މެއި 2026
ހޮރްމޫޒް ކަނޑު އޮޅިން ދުޝްމަނުންގެ ހަނގުރާމައިގެ ސާމާނު ދަތުރު ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އީރާން އިން ބުނެފި
17 މެއި 2026

އީރާން ހަނގުރާމައިގެ މައްސަލައިގައި ޕުޓިން އާއި ޔޫއޭއީގެ ރައީސް މަޝްވަރާ ކުރައްވައިފި

17 މެއި 2026
އީރާން ހަނގުރާމައިގެ މައްސަލައިގައި ޕުޓިން އާއި ޔޫއޭއީގެ ރައީސް މަޝްވަރާ ކުރައްވައިފި
17 މެއި 2026

އެމެރިކާ އާއި އީރާންއާ ދެމެދު އޮތް އެއްބަސްވުމާ ގުޅޭ ގޮތުން، ޤަތަރާއި ކުވެއިތުން މަޝްވަރާ ކޮށްފި

17 މެއި 2026
އެމެރިކާ އާއި އީރާންއާ ދެމެދު އޮތް އެއްބަސްވުމާ ގުޅޭ ގޮތުން، ޤަތަރާއި ކުވެއިތުން މަޝްވަރާ ކޮށްފި
17 މެއި 2026

ސުލްޙައިގެ މަޝްވަރާ ތަކަށް މަގު ފަހި ކުރުމަށް، ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު އީރާން އަށް

17 މެއި 2026
ސުލްޙައިގެ މަޝްވަރާ ތަކަށް މަގު ފަހި ކުރުމަށް، ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު އީރާން އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު