Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހޮރްމޫޒް ކަނޑު އޮޅިން ދުޝްމަނުންގެ ހަނގުރާމައިގެ ސާމާނު ދަތުރު ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އީރާން އިން ބުނެފި

އާރިފް ވިދާޅުވީ، ހޮރްމޫޒް ކަނޑު އޮޅިން އީރާން އަށް ލިބިދޭ ވެރިކަމުގެ ހައްގުން ކުރިން އެ ޤައުމު ދުރުވެފައިވާ ކަމަށާއި، އެހެންކަމުން އެ ޤައުމާ ދެކޮޅަށް ބޭނުން ކުރުމަށް ހުށަހެޅޭ ހަނގުރާމައިގެ ސާމާނު ކުރިން އެ ކަނޑުއޮޅިން ދަތުރު ކުރުމަށް ހުއްދަ ދީފައިވާ ކަމަށް. އެހެން ނަަމަވެސް، މިހާރު އެފަދަ ކަންކަމަށް ހުއްދަ ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 މެއި 2026 | އާދީއްތަ 06:00
އީރާންގެ ފުރަތަމަ ނައިބު ރައީސް މުޙައްމަދު ރިޟާ އާރިފް.

އީރާންގެ ފުރަތަމަ ނައިބު ރައީސް މުޙައްމަދު ރިޟާ އާރިފް. | ރޮއިޓާސް

އީރާން އިން ބަންދު ކޮށްފައިވާ ހޮރްމޫޒް ކަނޑު އޮޅިން، ދުޝްމަނުންގެ ހަތިޔާރު އުފުލަން ދަތުރު ކުރުމުގެ ފުރުސަތު ނުވަތަ ހުއްދަ ނުދެއްވާނެ ކަމަށް އީރާންގެ ފުރަތަމަ ނައިބު ރައީސް މުޙައްމަދު ރިޟާ އާރިފް ވިދާޅުވެއްޖެ އެވެ. 

އާރިފް ވިދާޅުވީ، ހޮރްމޫޒް ކަނޑު އޮޅިން އީރާން އަށް ލިބިދޭ ވެރިކަމުގެ ހައްގުން ކުރިން އެ ޤައުމު ދުރުވެފައިވާ ކަމަށާއި، އެހެންކަމުން އެ ޤައުމާ ދެކޮޅަށް ބޭނުން ކުރުމަށް ހުށަހެޅޭ ހަނގުރާމައިގެ ސާމާނު ކުރިން އެ ކަނޑުއޮޅިން ދަތުރު ކުރުމަށް ހުއްދަ ދީފައިވާ ކަމަށެވެ. އެހެން ނަަމަވެސް، މިހާރު އެފަދަ ކަންކަމަށް ހުއްދަ ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ހޮރްމޫޒް ކަނޑު އޮޅި އޮންނަނީ އީރާން އާއި އޮމާންއާ ދެމެދުގަ އެވެ. މި ކަނޑު އޮޅި ބައިނަލްއަޤުވާމީ ވިޔަފާާރީގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރާއިރު، ކަނޑު އޮޅިން ދަތުރު ކުރުމަށް ހުރަސް ތަކެއް ކުރިމަތިވުމުގެ އަސަރު ދުނިޔޭގެ އިޤްތިޞާދަށް އަންނަނީ ކުރަމުންނެވެ. ޚާއްސަކޮށް ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ކުރިއަށް ދަނީ އެ ކަނޑު އޮޅިން ކަމަށްވާއިރު، އެއީ ބައިނަލްއަޤުވާމީ ވިޔަފާރި އަށް ވެސް ވަރަށް މުހިންމު ކަނޑު އޮޅި އެކެވެ. 

އީރާންގެ ފުރަތަމަ ނައިބު ރައީސްގެ މި ބަޔާން ނެރުނީ، މެދު އިރުމަތީގެ ސަރަހައްދުގައި ނުތަނަވަސްކަން އިތުރު ވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އެމެރިކާ އާއި އިޒްރޭލް އެކުވެގެން އީރާންއާ ދެކޮޅަށް ފެށި ހަނގުރާމަ މިވަގުތު މެދު ކެނޑިފައި އޮތް ނަމަވެސް، އެ އެއްބަސްވުން މިހާރު އޮތީ ނާޒުކު ޙާލަތެއްގައި ކަަމށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންޒާރު ދެއްވައިފަ އެވެ.

އީރާންގެ މި ނިންމުމުގެ ސަބަބުން، ހޮރްމޫޒް ކަނޑު އޮޅީގެ ސަރަހައްދުގައި ނުތަނަވަސްކަން އިތުރު ވެދާނެ ކަމަށް ބައިނަލްއަޤުވާމީ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. މި ކަނޑު އޮޅީގެ މައްސަލައިގައި އިތުރު ނުތަނަވަސް ކަމެއް އުފެދިއްޖެ ނަަމަ، ދުނިޔޭގެ ތެލުގެ ވިޔަފާރީ އަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ އެވެ. 

އީރާން އިން ވަނީ މީގެ ކުރިން ވެސް ހޮރްމޫޒް ކަނޑު އޮޅި ބަންދު ކުރުމާއި، ދުޝްމަނުންނަށް ވާގިވެރިވާ ޤައުމު ތަކުގެ އުޅަނދު ތަަކަށް އެ ކަނޑޮ އޮޅިން ދަތުރު ނުކުރެވޭނެ ކަމުގެ އިންޒާރު ދީފަ އެވެ. އެހެން ނަމަވެސް، މިފަހަރު އީރާންގެ ފުރަތަމަ ނައިބު ރައީސް މި ވަނީ މި މައްސަލައިގައި ވަރަށް ވަރުގަދަ ވާހަކަ ތަކެއް ދައްކަވައިފަ އެވެ. މިކަމުން ދައްކުވައި ދެނީ އެ މައްސަލައިގައި އީރާން އިން ވަރަށް ސީރިއަސް އަދި ހަރުކަށި ގޮތްތަކެއް ގެން ގުޅޭކަން ކަމަށް ތަޖުރިބާކާރުން ފާހަގަ ކުރެ އެވެ. 

މި މައްސަލައިގައި ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހޮރްމޫޒް ކަނޑުއޮޅިއީރާންއީރާންގެ ފުރަތަމަ ނައިބު ރައީސް މުޙައްމަދު ރިޟާ އާރިފް

އިތުރަށް ކިޔާލަން

17 މެއި 2026

އީރާން ހަނގުރާމައިގެ މައްސަލައިގައި ޕުޓިން އާއި ޔޫއޭއީގެ ރައީސް މަޝްވަރާ ކުރައްވައިފި

17 މެއި 2026
އީރާން ހަނގުރާމައިގެ މައްސަލައިގައި ޕުޓިން އާއި ޔޫއޭއީގެ ރައީސް މަޝްވަރާ ކުރައްވައިފި
17 މެއި 2026

އެމެރިކާ އާއި އީރާންއާ ދެމެދު އޮތް އެއްބަސްވުމާ ގުޅޭ ގޮތުން، ޤަތަރާއި ކުވެއިތުން މަޝްވަރާ ކޮށްފި

17 މެއި 2026
އެމެރިކާ އާއި އީރާންއާ ދެމެދު އޮތް އެއްބަސްވުމާ ގުޅޭ ގޮތުން، ޤަތަރާއި ކުވެއިތުން މަޝްވަރާ ކޮށްފި
17 މެއި 2026

ސުލްޙައިގެ މަޝްވަރާ ތަކަށް މަގު ފަހި ކުރުމަށް، ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު އީރާން އަށް

17 މެއި 2026
ސުލްޙައިގެ މަޝްވަރާ ތަކަށް މަގު ފަހި ކުރުމަށް، ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު އީރާން އަށް
16 މެއި 2026

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް 20 އަހަރަށް މެދުކަނޑާލަން އެއްބަސްވުމުން ފުދޭނެ: ޓްރަމްޕް

16 މެއި 2026
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް 20 އަހަރަށް މެދުކަނޑާލަން އެއްބަސްވުމުން ފުދޭނެ: ޓްރަމްޕް
16 މެއި 2026

ވޯލްޑް ކަޕާ ގުޅޭ މަޝްވަރާތައް ކުރުމަށް، ފީފާ އިން އީރާންއާ ބައްދަލު ކުރަނީ

16 މެއި 2026
ވޯލްޑް ކަޕާ ގުޅޭ މަޝްވަރާތައް ކުރުމަށް، ފީފާ އިން އީރާންއާ ބައްދަލު ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު