Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ނިއުކްލިއާ ޕްރޮގްރާމް

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް 20 އަހަރަށް މެދުކަނޑާލަން އެއްބަސްވުމުން ފުދޭނެ: ޓްރަމްޕް

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް 20 އަހަރުގެ މުއްދަތަށް މެދުކަނޑާލުމަށް އެއްބަސްވާނަމަ އެކަން ގަބޫލުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ. ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރާ މި މަޝްވަރާތަކުގައި، ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށާއި އީރާނަށް އަޅާފައިވާ ބައެއް ހުރަސްތައް ނައްތާލުމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި ދަނީ ވާހަކަދެކެވެމުން. ނަމަވެސް، އީރާނުގެ ނިއުކްލިއާ ގާބިލުކަން މުޅިން ނައްތާލުމަށް އިޒްރޭލުން ބާރުއަޅަމުންދާތީ، މި މައްސަލައިގައި ދާއިމީ ހައްލެއް ހޯދުމަށް އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި.

ރާއްޖެ އެމްވީ | 16 މެއި 2026 | ހޮނިހިރު 14:42
އީރާނުގެ ގަޒްވީންގައި ހުންނަ ޝަހީދު ރަޖާއީ ކޮމްބައިންޑް ސައިކަލް ގޭސް (ސީ.ސީ.ޖީ.ޓީ) ޕަވަރ ޕްލާންޓް.

އީރާނުގެ ގަޒްވީންގައި ހުންނަ ޝަހީދު ރަޖާއީ ކޮމްބައިންޑް ސައިކަލް ގޭސް (ސީ.ސީ.ޖީ.ޓީ) ޕަވަރ ޕްލާންޓް. | ގެޓީ އިމޭޖަސް

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް 20 އަހަރު ދުވަހުގެ މުއްދަތަށް މެދުކަނޑާލުމަށް އެ ގައުމުން އެއްބަސްވާނަމަ، އެކަން ގަބޫލުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. މިއީ އީރާނުގެ ނިއުކްލިއާ މަސައްކަތްތައް މުޅިން ހުއްޓާލުމަށް މީގެ ކުރިން އެމެރިކާއިން ކުރަމުން އައި ޑިމާންޑް ދޫކޮށްލައި، އެމެރިކާގެ ސިޔާސަތަށް އައި ބޮޑު ބަދަލެއްކަން ފާހަގަ ކުރެވެއެވެ.

ޓްރަމްޕް ވިދާޅުވީ އެއީ "ހަގީގީ 20 އަހަރަށް" ވާންޖެހޭނެ ކަމަށެވެ. މީގެ ކުރިން ޓްރަމްޕް ގޮވާލައްވަމުން ގެންދެވީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަރުހަލާއެއް ކަމަށްވާ ޔުރޭނިއަމް މުއްސަނދިކުރުން އީރާނުން ދާއިމީކޮށް ހުއްޓާލުމަށާއި، އެ ގައުމަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު ނުދިނުމަށެވެ.

ނަމަވެސް، ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ފެންނަން ނެތުމުން، އީރާނާ މެދު އޮތް ކެތްތެރިކަން ކޮޅުންލަމުންދާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އިޒްރޭލާއި އެމެރިކާގެ ސިފައިން ވަނީ އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށާފައެވެ. މިދިޔަ މަހުން ފެށިގެން މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލާފައިވާއިރު، ދެފަރާތުގެ ދެމެދުގައި ބައެއް ކުރިމަތިލުންތައް ހިނގި ނަމަވެސް، އާންމުގޮތެއްގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް ދަނީ އަމަލުކުރަމުންނެވެ.

މި މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުންދަނީ ޕާކިސްތާނުންނެވެ.

އެހެންނަމަވެސް، ހަނގުރާމަ ހުއްޓާލުމަށް ދެފަރާތުން އެންމެ ފަހުން ހުށަހެޅި ހުށަހެޅުންތަކަށް ދެ ގައުމުންވެސް އިންކާރުކޮށްފައިވާތީ، ދެފަރާތުގެ ދެމެދުގައި އޮތް ހިޔާލުތަފާތުވުންތައް އަދިވެސް ބޮޑުކަމަށް ފެނެއެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތެހެރާނުން ހުށަހެޅި ހުށަހެޅުމުގައި ހުރިހާ ފްރަންޓެއްގައި ކުރާ ހަނގުރާމަ ވަގުތުން ހުއްޓާލުން ހިމެނެއެވެ. މީގެ ތެރޭގައި ލުބުނާނުގައި ހަރަކާތްތެރިވާ އީރާނަށް މަދަދުވެރިވާ ހިޒްބުالله އަށް އިޒްރޭލުން ދޭ ހަމަލާތައް ހުއްޓާލުމާއި، އީރާނުގެ ބަނދަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ކުރިމަތިކޮށްފައިވާ ބްލޮކޭޑް ނުވަތަ ބަންދުކުރުންތައް ނިމުމަކަށް ގެނައުމާއި، އަދި އީރާނަށް އިތުރު ހަމަލާއެއް ނުދޭނެކަމުގެ ޔަގީންކަން ދިނުން ހިމެނެއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު ބެއިޖިންގައި ބޭއްވި ބައްދަލުވުމަށްފަހު އެއާ ފޯސް ވަންގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށާއި، އަދި މިހާރު އީރާނުން ބަންދުކޮށްފައިވާހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލަން ޖެހޭނެ ކަމަށް އެމެރިކާ އާއި ޗައިނާއިން އެއްބަސްވެފައިވާ ކަމަށެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް 20 އަހަރަށް މެދުކަނޑާލުމަކީ ފުދޭވަރުގެ ކަމެއް ނޫން ކަމަށް ނޫސްވެރިއަކު ފާހަގަކުރުމުން ޓްރަމްޕް ވިދާޅުވީ، "20 އަހަރު ފުދޭނެ" ކަމަށާއި، ނަމަވެސް އެމީހުން ދޭ ޔަގީންކަމުގެ މިންވަރު، ނުވަތަ އެއީ ހަގީގީ 20 އަހަރަށް ވާންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ޓްރަމްޕް ނުދެއްވައެވެ.

އެމެރިކާގެ މީޑިއާތަކުން އޭޕްރީލް މަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި މަޝްވަރާތަކެއްގައި، ޔުރޭނިއަމް މުއްސަނދިކުރުން ފަސް އަހަރަށް ހުއްޓާލުމަށް އީރާނުން ހުށަހެޅި ހުށަހެޅުމަކަށް ރައްދު ދެއްވަމުން، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވަނީ އެ މުއްދަތު މަދުވެގެން 20 އަހަރަށް ހަދަން ޖެހޭނެ ކަމަށް ބާރުއަޅުއްވާފައެވެ.

އެހެންނަމަވެސް، މިއީ 20 އަހަރުގެ މުއްދަތެއްގެ ވާހަކަ ޓްރަމްޕް އަމިއްލަފުޅަށް ވިދާޅުވި ފުރަތަމަ ފަހަރު ކަމަށް ބެލެވެއެވެ.

ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި، އޮބާމާގެ ސަރުކާރުން 2015 ވަނަ އަހަރު އީރާނާއެކު ގާއިމުކުރި ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަނީ ވަކިވެފައެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި އޭރު ދެއްކެވި އެއް ސަބަބަކީ، އެ އެއްބަސްވުމުގައި ހިމެނޭ "ސަންސެޓް ކްލޯސަސް" ނުވަތަ ވަކި މުއްދަތަކަށްފަހު އީރާނަށް އަޅާފައިވާ ހުރަސްތައް އުވިގެންދާ މާއްދާތަކަށް ނުރުހުން ވުމެވެ.

ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން އިޒްރޭލުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މީގެ ކުރިން ވިދާޅުވެފައިވަނީ، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިމުނު ކަމަށް ބެލެވޭނީ އެ ގައުމުގައި ހުރި ޔުރޭނިއަމް ނައްތާލުމުން ކަމަށެވެ.

ނަތަންޔާހޫ ވަނީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފައެވެ. އޭނާ އެކަމާ ދެކޮޅު ހެއްދެވި އެއް ސަބަބަކީ، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އީރާނަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު ހުޅުވިގެން ގޮސް، އިޒްރޭލަށް އޮތް ނުރައްކާ ބޮޑުވެގެންދާނެ ކަމަށް ގަބޫލުކުރެއްވުމެވެ.

އީރާން-އެމެރިކާއީރާން ނިއުކްލިއަރ ޕްރޮގްރާމްއީރާން-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ އިޤްތިޞާދަށް ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

އެމެރިކާގެ އިޤްތިޞާދަށް ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

16 މެއި 2026
އެމެރިކާ އާއި އިޒްރޭލްގެ އަމަލުތައް ކުށްވެރި ކުރުމަށް، އީރާން އިން ބްރިކްސްގެ ޤައުމު ތަކަށް ގޮވާލައިފި

އެމެރިކާ އާއި އިޒްރޭލްގެ އަމަލުތައް ކުށްވެރި ކުރުމަށް، އީރާން އިން ބްރިކްސްގެ ޤައުމު ތަކަށް ގޮވާލައިފި

14 މެއި 2026
އީރާން ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫ ސިއްރިޔާތުގައި ޔޫއޭއީ އަށް ވަޑައިގެންނެވި ކަމަށް ހާމަ ކޮށްފި

އީރާން ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫ ސިއްރިޔާތުގައި ޔޫއޭއީ އަށް ވަޑައިގެންނެވި ކަމަށް ހާމަ ކޮށްފި

14 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގައި ފްރާންސް އާއި އިނގިރޭސިވިލާތުން ކުރިއަށް ގެންދާ މިޝަންގައި އޮސްޓްރޭލިއާ ބައިވެރި ވަނީ

ހޮރްމޫޒް ކަނޑު އޮޅީގައި ފްރާންސް އާއި އިނގިރޭސިވިލާތުން ކުރިއަށް ގެންދާ މިޝަންގައި އޮސްޓްރޭލިއާ ބައިވެރި ވަނީ

13 މެއި 2026
ޓްރަމްޕްގެ އީރާން ހަނގުރާމަ ހުއްޓުވުމަށް، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތާއީދު ކުރުމަށް ޝުމާ ގޮވާލައްވައިފި

ޓްރަމްޕްގެ އީރާން ހަނގުރާމަ ހުއްޓުވުމަށް، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތާއީދު ކުރުމަށް ޝުމާ ގޮވާލައްވައިފި

13 މެއި 2026

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު