Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާނުގެ ހަނގުރާމަ

ސުލްޙައިގެ މަޝްވަރާ ތަކަށް މަގު ފަހި ކުރުމަށް، ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު އީރާން އަށް

އަލް އަރަބިއްޔާ ނޫހަށް މައުލޫމާތު ދިން ޕާކިސްތާންގެ މަސްދަރު ތަކުން ބުނާ ގޮތުގައި، މުހުސިން ނަގްވީގެ މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ސުލްޙައިގެ ވަކި އޮނި ގަނޑަކަށް އެއްބަސްވުމަކަށް އައުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 މެއި 2026 | އާދީއްތަ 01:48
ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު މުހުސިން ނަގްވީ އީރާން އަށް ވަޑައިގެންނެވުމުން، މަރުޙަބާ ދަންނަވަނީ.

ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު މުހުސިން ނަގްވީ އީރާން އަށް ވަޑައިގެންނެވުމުން، މަރުޙަބާ ދަންނަވަނީ. | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް ގެންދިޔަ ސުލްޙައިގެ މަޝްވަރާތައް މެދު ކެނޑިފައިވާއިރު، މަޝްވަރާތައް އަލުން ފެށުމަށް މަގު ފަހި ކުރުމަށްޓަކައި، ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު މުހުސިން ނަގްވީ އީރާން އަަށް ވަޑައިގެންފި އެވެ. 

ހޮނހިރު ދުވަހު މުހުސިން ނަގްވީ ވަނީ އީރާންގެ ވެރި ރަށް ތެހެރާން އަށް ވަޑައިގެންފަ އެވެ. އީރާންގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މުހުސިން ނަގްވީ އީރާން އަށް ވަޑައިގެންނެވީ ސަރަހައްދީ ސުލްހަ ޤާއިމު ކުރުމަށް ޕާކިސްތާން އިން ކުރަމުން އަންނަ މަސައްކަތް ތަކުގެ ދަށުންނެވެ. ޕާކިސްތާން އަކީ، އެމެރިކާ އާއި އީރާންއާ ދެމެދު ސުލްޙަ ޤާއިމު ކުރުަމަށް މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ޤައުމެވެ. 

އީރާންގެ ވެރި ރަށް ތެހެރާން އިން މުހުސިން ނަގްވީ އަށް މަރުޙަބާ ދެންނެވީ، އީރާންގެ އިންޓީރިއާ މިނިސްޓަރު އެސްކަންދަރު މޯމެނީ އެވެ. މި ދަތުރުފުޅަކީ ޕާކިސްތާންގެ ނުފޫޒު ގަދަ އސްކަރީ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު އީރާން އަށް ކުރެއްވި ދަތުރުފުޅަށް ފަހ، ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ކުރެވޭ ދަތުރުފުޅެކެވެ. އަލް އަރަބިއްޔާ ނޫހަށް މައުލޫމާތު ދިން ޕާކިސްތާންގެ މަސްދަރު ތަކުން ބުނާ ގޮތުގައި، މުހުސިން ނަގްވީގެ މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ސުލްޙައިގެ ވަކި އޮނި ގަނޑަކަށް އެއްބަސްވުމަކަށް އައުމެވެ. 

އެމެރިކާ އިން ވަނީ، އެ ޤައުމުން ހުށަހަޅާފައިވާ ބައެއް ކަންކަމަށް އީރާން އިން ޖަވާބުދާރީވުމަށް އެދިފަ އެވެ. އަދި ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭ ކަންކަމުގައި ކުރިއެރުން ތަކެއް ލިބިފައިވާ ކަމަށާއި، އެމެރިކާ އާއި އީރާންއާ ދެމެދު ވަގުތީ އެއްބަސްވުމަކަށް އައުން ނޫން އެހެން ގޮތެއް މިވަގުތު ނެތް ކަމަށް ވެސް މަސްދަރު ތަކުން ބުނެ އެވެ. ޕާކިސްތާން އިން ދަނީ މި ދެ ޤައުމުގެ ދެ މެދުގައި މެދުވެރިއެއްގެ ދައުރު ވަރަށް ޙަރަކާތްތެރިކޮށް އަދާ ކުރަމުންނެވެ. އެގޮތުން މިދިޔަ މަހު ވެސް ޕާކިސްތާން އިން ވަނީ، ދެ ޤައުމުގެ މަންދޫބުންގެ މެދުގައި މުހިންމު ބައްދަލުވުމެއް ބާއްވައިފަ އެވެ. 

މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދިން ހަމަލާތަކާ ގުޅިގެން ފެށުނު ހަނގުރާމަ މެދު ކެނޑިފައި ވަނީ، އޭޕްރީލް މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ވަގުތީ ސުލްޙައިގެ އެއްބަސްވުމެއް ޤާއިމު ކުރުމުންނެވެ. އީރާާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ހުކުރު ދުވަހު ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މަޝްވަރާތައް ކުރިއަށް ގެންދަން ބޭނުންވާ ކަމުގެ މެސެޖު ތަކެއް ލިބިފައިވާ ކަމަށެވެ. 

ނަމަވެސް، އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އަދި މަޝްވަރާ ތަކުގައި އީރާންގެ ފަރާތުން އިސްކޮށް ޙަރަކާތްތެރިބވާ މުޙައްމަދު ބާގިރު ޣަލިބާފް އަންގާރަ ދުވަހު ވިދާޅުވީ، އީރާން އިން ހުށަހަޅާފައިވާ 14 ނުކުތާގެ ސުލްޙައިގެ ހުށަހެޅުމަށް އެމެރިކާ އިން އެއްބަސްވާން ޖެހޭނެ އެވެ. އީރާންގެ ރައްޔިތުންގެ ހައްގުތައް ހިމެނޭ މި ހުށަހެޅުން ޤަބޫލު ނުކޮށްފި ނަމަ، އެމެރިކާ އަށް ކުރިމަތިލާން ޖެހޭނީ ނާކާމިޔާބީއާ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވައިފަ އެވެ. މީގެ ކުރިން ޓްރަމްޕް ވަނީ އީރާން އިން ހުށަހެޅި ބައެއް ކަންކަމަށް އިންކާރު ކުރައްވައި، މިހާރު އޮތް ސުލްޙައިގެ އެއްބަސްވުން ނާޒުކު ފައްތަރަކަށް އައިސްފައިވާ ކަމަށް ވިދާޅުވެފަ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޕާކިސްތާންމޮހްސިން ނަގްވީ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް 20 އަހަރަށް މެދުކަނޑާލަން އެއްބަސްވުމުން ފުދޭނެ: ޓްރަމްޕް

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް 20 އަހަރަށް މެދުކަނޑާލަން އެއްބަސްވުމުން ފުދޭނެ: ޓްރަމްޕް

16 މެއި 2026
އެމެރިކާގެ އިޤްތިޞާދަށް ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

އެމެރިކާގެ އިޤްތިޞާދަށް ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

16 މެއި 2026
އެމެރިކާ އާއި އިޒްރޭލްގެ އަމަލުތައް ކުށްވެރި ކުރުމަށް، އީރާން އިން ބްރިކްސްގެ ޤައުމު ތަކަށް ގޮވާލައިފި

އެމެރިކާ އާއި އިޒްރޭލްގެ އަމަލުތައް ކުށްވެރި ކުރުމަށް، އީރާން އިން ބްރިކްސްގެ ޤައުމު ތަކަށް ގޮވާލައިފި

14 މެއި 2026
އީރާން ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫ ސިއްރިޔާތުގައި ޔޫއޭއީ އަށް ވަޑައިގެންނެވި ކަމަށް ހާމަ ކޮށްފި

އީރާން ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫ ސިއްރިޔާތުގައި ޔޫއޭއީ އަށް ވަޑައިގެންނެވި ކަމަށް ހާމަ ކޮށްފި

14 މެއި 2026
ޚަރަދު ކުޑަ ކުރުމުގެ ގޮތުން ބޮޑު ވަޒީރު މޯދީގެ މޮޓޯކޭޑު ކުޑަ ކުރައްވައިފި

ޚަރަދު ކުޑަ ކުރުމުގެ ގޮތުން ބޮޑު ވަޒީރު މޯދީގެ މޮޓޯކޭޑު ކުޑަ ކުރައްވައިފި

14 މެއި 2026

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު