Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

އޮސަސޫނާ ބަލިކޮށް، ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފި

މެޗުން މޮޅުވެ ބާސެލޯނާ އެއް ވަަނައިގައި އޮތީ، 34 މެޗުން 88 ޕޮއިންޓާ އެކު. ދެ ވަނައިގައި ރެއާލް މެޑްރިޑް އޮތީ 33 މެޗުން 74 ޕޮއިންޓާ އެކު. ލީގުގައި އާދީއްތަ ދުވަހުގެ ރޭ އެސްޕަންޔޯލްގެ ދަނޑުގައި ކުޅޭ މެޗުން ރެއާލް މޮޅު ނުވެއްޖެ ނަމަ، ބާސެލޯނާ އަށް ލީގު ޗެމްޕިއަންކަން ލިބޭނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 މެއި 2026 | އާދީއްތަ 03:52
މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ސްޕެނިޝް ލީގުގައި އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ދިފާއު ކުރުމާ ގާތަށް ޖެހިލައިފި އެވެ.

އޮސަސޫނާގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ބާސެލޯނާ އިން އެ ޓީމުގެ ދެ ލަނޑު ވެސް ދެ ވަނަ ހާފުގައި ޖެހިއިރު، އޮސަސޫނާ އިން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ. 

މެޗުގެ ފުރަތަމަ ހާފުގައި ވެސް ބާސެލޯނާ އިން ވަނީ ރަނގަޅަށް ކުޅެ، ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، އެ ޓީމަށް ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. ފުރަތަމަ ހާފުގައި ބާސެލޯނާގެ ރޮބާޓް ލެވަންޑޯސްކީ އާއި ފާމިން ލޮޕޭޒް އަށް ވެސް ލަނޑު ޖަހަން ފުރުސަތު ލިބުނެވެ.

މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ލެވަންޑޯސްކީ އެވެ. އެއީ މާކަސް ރަޝްފޯޑު ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަަސް މިނެޓު ފަހުން ފެރާން ޓޮރޭސް ވަނީ ބާސެލޯނާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން ޓޮރޭސް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ލޮޕޭޒް އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، އޮސަސޫނާގެ ހަމައެކަނި ލަނޑު ޖެހީ ރައުލް ގާސިއާ އެވެ.

މެޗުން މޮޅުވެ ބާސެލޯނާ އެއް ވަަނައިގައި އޮތީ، 34 މެޗުން 88 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ރެއާލް މެޑްރިޑް އޮތީ 33 މެޗުން 74 ޕޮއިންޓާ އެކު އެވެ. ލީގުގައި އާދީއްތަ ދުވަހުގެ ރޭ އެސްޕަންޔޯލްގެ ދަނޑުގައި ކުޅޭ މެޗުން ރެއާލް މޮޅު ނުވެއްޖެ ނަމަ، ބާސެލޯނާ އަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. ރެއާލް މޮޅުވެއްޖެ ނަމަ، އަންނަ އާދީއްތަ ދުވަހުގެ ރޭ ރެއާލްއާ ދެކޮޅަށް ކުޅޭ މެޗުން ބަލި ނުވެ ބާސެލޯނާ އަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. 

ބާސެލޯނާ އިން ވަނީ މިހާތަނަށް 29 ފަހަރެއްގެ މަތިން ސްޕެނިޝް ލީގު ކާމިޔާބު ކޮށްފަ އެވެ. ރެއާލް އިން 36 ފަހަރެއްގެ މަތިން ސްޕެނިޝް ލީގު ކާމިޔާބު ކޮށްފައިވާއިރު، ރެއާލް އަކީ އެންމެ ގިނައިން ސްޕެނިޝް ލީގު ކާމިޔާބު ކޮށްފައިވާ ޓީމެވެ.

ސްޕެނިޝް ލީގުބާސެލޯނާއޮސަސޫނާ

އިތުރަށް ކިޔާލަން

02 މެއި 2026

ފޯކަސް އޮތީ މެޗަކަށް ފަހު މެޗަކަށް، ކުޅުމުގެ ފެންވަރު އެއްވަރެއްގައި ހުންނަން ޖެހޭ: ފްލިކް

02 މެއި 2026
ފޯކަސް އޮތީ މެޗަކަށް ފަހު މެޗަކަށް، ކުޅުމުގެ ފެންވަރު އެއްވަރެއްގައި ހުންނަން ޖެހޭ: ފްލިކް
14 އެޕްރީލު 2026

ޓީމާ މެދު އިތުބާރު އެބަ އޮތް، ނަތީޖާ އަނބުރާ ލެވޭނެ: ފްލިކް

14 އެޕްރީލު 2026
ޓީމާ މެދު އިތުބާރު އެބަ އޮތް، ނަތީޖާ އަނބުރާ ލެވޭނެ: ފްލިކް
09 އެޕްރީލު 2026

އަމިއްލަ ދަނޑުގައި އެތުލެޓިކޯ އަތް ދަށުވެ، ބާސެލޯނާ އަށް ހާސްކަން

09 އެޕްރީލު 2026
އަމިއްލަ ދަނޑުގައި އެތުލެޓިކޯ އަތް ދަށުވެ، ބާސެލޯނާ އަށް ހާސްކަން
05 އެޕްރީލު 2026

ފަހަތުން އަރައި އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

05 އެޕްރީލު 2026
ފަހަތުން އަރައި އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި
05 އެޕްރީލު 2026

ރެލިގޭޝަންގެ ބިރުވެރި ކަމުގައި އޮތް މަޔޯކާ އިން، ފަހު ވަގުތު ރެއާލް ބަލިކޮށްފި

05 އެޕްރީލު 2026
ރެލިގޭޝަންގެ ބިރުވެރި ކަމުގައި އޮތް މަޔޯކާ އިން، ފަހު ވަގުތު ރެއާލް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު