Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ސްޓްރީޓިން އިސްތިއުފާ ދެއްވުމާ އެކު، ހެލްތު ސެކްރެޓަރީ އަށް މުރޭ އައްޔަން ކުރައްވައިފި

ހެލްތު ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރެއްވި މުރޭ އަކީ، 2019 ވަނަ އަހަރުން ފެށިގެން ޤާނޫނު ހަދާ މަޖިލީހުގައި އީލިން ނޯތު ތަމްސީލު ކުރަމުން އަންނަ މެމްބަރު. ހެލްތު ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ވެސް، މުރޭ ވަނީ ސަރުކާރުގެ މުހިންމު މަގާމުތައް އަދާ ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 މެއި 2026 | ހޮނިހިރު 11:31
އިނގިރޭސިވިލާތުގެ އައު ހެލްތު ސެކްރެޓަރީގެ މަގާމަށް ހަމަޖެއްސެވި ޖޭމްސް މުރޭ.

އިނގިރޭސިވިލާތުގެ އައު ހެލްތު ސެކްރެޓަރީގެ މަގާމަށް ހަމަޖެއްސެވި ޖޭމްސް މުރޭ. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ ވެސް ސްޓްރީޓިން މަގާމުން އިސްތިއުފާ ދެއްވުމާ އެކު، އެ މަގާމަށް ޖޭމްސް މުރޭ އައްޔަން ކުރައްވައިފި އެވެ. 

ހެލްތު ސެކްރެޓަރީގެ މަގާމުން މުރޭ އިސްތިއުފާ ދެއްވާފައި ވަނީ، ބޮޑު ވަޒީރު ކިއާ ސްޓާމާގެ ލީޑާޝިޕާ މެދު ސުވާލު ތަކެއް އުފެދިފައި ވަނިކޮށެވެ. އަދި ސްޓާާމާއާ ދެކޮޅަށް، ލޭބާ ޕާޓީގެ ލީޑާޝިޕް އަށް ސްޓްރީޓިން ވާދަ ކުރައްވާނެ ކަމުގެ އަޑުތައް ވެސް ފެތުރިފައި ވަނިކޮށެެވެ. 

ހެލްތު ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރެއްވި މުރޭ އަކީ، 2019 ވަނަ އަހަރުން ފެށިގެން ޤާނޫނު ހަދާ މަޖިލީހުގައި އީލިން ނޯތު ތަމްސީލު ކުރަމުން އަންނަ މެމްބަރެވެ. ހެލްތު ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ވެސް، މުރޭ ވަނީ ސަރުކާރުގެ މުހިންމު މަގާމުތައް އަދާ ކުރައްވައިފަ އެވެ. 

މީގެ ކުރިން މުރޭ ވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، 2026 ވަނަ އަހަރުގެ މެއި މަހުގެ 14 ވަަނަ ދުވަހުގެ ނިޔަލަށް ޓްރެޒަރީ ޗީފް ސެކްރެޓަރީގެ ގޮތުގައި ހުންނަވައިފަ އެވެ. އޭގެ ކުރިން އެކްސްޗެކާ ސެކްރެޓަރީ ޓު ދަ ޓްރެޒަރީގެ މަގާމުގައި ވެސް އޭނާ ހުންނެވި އެވެ. 

މުރޭ އަކީ ލޭބާ އަދި ކޯއޮޕަރޭޓިވް ޕާޓީގެ މެމްބަރެކެވެ. އޭނާ ވަނީ 2016 ވަނަ އަހަރުން ފެށިގެން، 2019 ވަނަ އަހަރުގެ ނިޔަލަށް ލަންޑަންގެ ޑެޕިއުޓީ މޭޔަރުގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ. އެ މަގާމުގައި ހުންނެވިއިރު އޭނާ ވަނީ، ހައުސިން އަދި ރެޒިޑެންޝަލް ޑިވެލޮޕްމަންޓްގެ މަސައްކަތްތައް ބައްލަވައިފަ އެވެ. 

ޑެޕިއުޓީ މޭޔަރުގެ މަގާމަށް ހަމަޖެއްސެވުމުގެ ކުރިން މުރޭ ވަނީ ދިހަ އަހަރު ވަންދެން ކައުންސިލަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. 2010 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަަލަށް އޭނާ ވަނީ ހައުސިން އެންޑް ޑިވެލޮޕްމަންޓްގެ އެގްޒެކެޓިވް މެމްބަރުގެ ގޮތުގައި ހަ އަހަރު ވަންދެން މަސައްކަތް ކުރައްވައިފަ އެވެ. 

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭޖޭމްސް މުރޭ

އިތުރަށް ކިޔާލަން

16 މެއި 2026

ސްޓާމާގެ ބަދަލުގައި ބޮޑު ވަޒީރުގެ މަގާމަށް ވަޑައިގަންނަވަން ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން، ކުރީގައި އުޅުއްވަނީ ކޮން ބޭފުޅެއް؟

16 މެއި 2026
ސްޓާމާގެ ބަދަލުގައި ބޮޑު ވަޒީރުގެ މަގާމަށް ވަޑައިގަންނަވަން ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން، ކުރީގައި އުޅުއްވަނީ ކޮން ބޭފުޅެއް؟
15 މެއި 2026

ބޮޑު ވަޒީރު ސްޓާމާ އަށް އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެ، ހެލްތު ސެކްރެޓަރީ ސްޓްރީޓިން އިސްތިއުފާ ދެއްވައިފި

15 މެއި 2026
ބޮޑު ވަޒީރު ސްޓާމާ އަށް އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެ، ހެލްތު ސެކްރެޓަރީ ސްޓްރީޓިން އިސްތިއުފާ ދެއްވައިފި
14 މެއި 2026

ވާދަވެރިންނަށް ބޮޑު ވަޒީރު ސްޓާމާގެ ވަރުގަދަ އިންޒާރެއް!

14 މެއި 2026
ވާދަވެރިންނަށް ބޮޑު ވަޒީރު ސްޓާމާގެ ވަރުގަދަ އިންޒާރެއް!
13 މެއި 2026

ލޭބާ ޕާޓީގެ 100 އަށް ވުރެ ގިނަ މެމްބަރުން ތިބީ، ބޮޑު ވަޒީރު ސްޓާމާއާ މެދު ވަކި ގޮތެއް ނުނިންމާ!

13 މެއި 2026
ލޭބާ ޕާޓީގެ 100 އަށް ވުރެ ގިނަ މެމްބަރުން ތިބީ، ބޮޑު ވަޒީރު ސްޓާމާއާ މެދު ވަކި ގޮތެއް ނުނިންމާ!
13 މެއި 2026

ބޮޑު ވަޒީރު ސްޓާމާއާ ޗެލެންޖު ކުރެވޭ ވަރަށް ސޮއި ހަމަވާނެ އެހެން ކެންޑިޑޭޓަކު ނެތް ކަމަށް، ކެބިނެޓުގެ މިނިސްޓަރަކު ވިދާޅުވެއްޖެ

13 މެއި 2026
ބޮޑު ވަޒީރު ސްޓާމާއާ ޗެލެންޖު ކުރެވޭ ވަރަށް ސޮއި ހަމަވާނެ އެހެން ކެންޑިޑޭޓަކު ނެތް ކަމަށް، ކެބިނެޓުގެ މިނިސްޓަރަކު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު