Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް

އެތެރޭގެ ޕްރެޝަރު ބޮޑުވެ، ބޮޑު ވަޒީރު ސްޓާމާ އާއި ހެލްތު ސެކްރެޓަރީ ބައްދަލު ކުރައްވަނީ

ހެލްތު ސެކްރެޓަރީ ސްޓްރީޓިން އަކީ، ސްޓާމާއާ ދެކޮޅަށް ލޭބާ ޕާޓީގެ ލީޑަރުގެ މަގާމަށް ވާދަ ކުރައްވާނެ ކަމަށް ބެލެވޭ އެއް ބޭފުޅާ. މި ބައްދަލުވުން ބާއްވަން ބޮޑު ވަޒީރު ނިންމަވާފައިވާއިރު، ސަރުކާރުގައި ހިމެނޭ ހަތަރު މިނިސްޓަރަކު ވެސް ވަނީ އިސްތިއުފާ ދެއްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 މެއި 2026 | ބުދަ 06:55
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އާއި، ހެލްތު ސެކްރެޓަރީ ވެސް ސްޓްރީޓިން.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އާއި، ހެލްތު ސެކްރެޓަރީ ވެސް ސްޓްރީޓިން. | ރޮއިޓާސް

އިނގިރޭސިވިލާތުގައި ވެރިކަން ކުރަމުން އަންނަ ލޭބާ ޕާޓީގެ ތެރޭގައި އުފެދިފައިވާ ބޮޑު ޚިޔާލު ތަފާތުވުންތަކާ އެކު، ބޮޑު ވަޒީރު ކަމުން ކިއާ ސްޓާމާ ދުރު ކުރުމުގެ މަސައްކަތް އެ ޕާޓީގެ މެމްބަރުން ފަށާފައި ވަނިކޮށް، ހެލްތު ސެކްރެޓަރީ ވެސް ސްޓްރީޓިންއާ ބައްދަލު ކުރައްވަން ބޮޑު ވަޒީރު ނިންމަވައިފި އެވެ. 

ހެލްތު ސެކްރެޓަރީ ސްޓްރީޓިން އަކީ، ސްޓާމާއާ ދެކޮޅަށް ލޭބާ ޕާޓީގެ ލީޑަރުގެ މަގާމަށް ވާދަ ކުރައްވާނެ ކަމަށް ބެލެވޭ އެއް ބޭފުޅާ އެވެ. މި ބައްދަލުވުން ބާއްވަން ބޮޑު ވަޒީރު ނިންމަވާފައިވާއިރު، ސަރުކާރުގައި ހިމެނޭ ހަތަރު މިނިސްޓަރަކު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

މަގާމުން އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި ސޭފްގާޑިން މިނިސްޓަރު ޖެސް ފިލިޕްސް އާއި، ސްޓްރީޓިންއާ ގާތް ގުޅުމެއް އޮންނަ ޒުބައިރު އަޙުމަދު ވެސް ހިމެނިވަޑައިގަންނަވަ އެވެ. 

މީގެ އިތުރުން ލޭބާ ޕާޓީގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ތެރެއިން، 80 އަށް ވުރެ ގިނަ މެމްބަރުން ވަނީ ބޮޑު ވަޒީރު ކަމުން ސްޓާމާ އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފަ އެވެ. ނަމަވެސް، ބޮޑު ވަޒީރުގެ ދިފާއުގައި ކެބިނެޓުގެ މިނިސްޓަރުންނާއި، ޤާނޫނު ހަދާ މަޖިލީހުގެ 100 އަށް ވުރެ ގިނަ މެމްބަރުން ވަނީ ތެދުވެފަ އެވެ. މި މެމްބަރުން ބުނެފައި ވަނީ، މިވަގުތު ލީޑާޝިޕްގެ ބަދަލު ކުރުމުގެ އިންތިޚާބަކަށް ދިޔުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. 

ބޮޑު ވަޒީރު ސްޓާމާ އާއި ސްޓްރީޓިން ބައްދަލު ކުރައްވަނީ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ އައު ދައުރު ފެށުމުގެ ގޮތުން ރަސްގެފާނު އިއްވަވާ ތަޤުރީރަށް ތައްޔާރު ވަމުން އަންނަ ވަގުތެއްގަ އެވެ. ލޭބާ ޕާޓީގެ ޤަވާއިދު ބުނެފައިވާ ގޮތުން އެ ޕާޓީގެ ލީޑަރަކު މަގާމުން ދުރު ކުރެވޭނީ އެ ބޭފުޅަކު އަމިއްލަ އަށް އިސްތިއުފާ ދެއްވުމުންނެވެ. ނުވަތަ ޕާޓީގެ މެމްބަރުންގެ 20 އިންސައްތަ މެމްބަރުން ސޮއިކޮށް އިތުބާރު ނެތް ކަމަށް ހުށަހެޅުމުންނެވެ. އެއީ 81 މެމްބަރުންނެވެ. 

މަގާމުން އިސްތިއުފާ ދެއްވި ޖެސް ފިލިޕްސް ފޮނުއްވި ސިޓީގައި ވިދާޅުވީ، ސްޓާމާާ އަކީ ރަނގަޅު ބޭފުޅެއް ނަމަވެސް ޤައުމަށް ބޭނުންވާ ބަދަލުތައް ގެނައުމަށް އެކަން އެކަނި ނުފުދޭ ކަމަށެވެ. އަދި ބަހުސް ތަކުން އެއްކިބާވުމަށް ބޮޑު ވަޒީރު ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން، ޤައުމުގެ ކުރިއެރުމަށް ހުރަސް އެޅޭ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. ފިލިޕްސްގެ އިތުުން، މިއާޓާ ފާންބުލޭ، އެލެކްސް ޑޭވިސް ޖޯންސް އަދި ޒުބައިރު އަޙުމަދު ވެސް ވަނީ ސްޓާމާ އަށް އޮތް އިތުބާާރު ގެއްލިފައިވާ ކަަމަށް ވިދާޅުވެ، އިސްތިއުފާ ދެއްވައިފަ އެވެ. 

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ އަށް ޕްރެޝަރު ބޮޑުވެފައި މި ވަނީ، މިދިޔަ ހަފުތާގައި ބޭއްވި އިންތިޚާބުގައި ލޭބާ ޕާާޓީ އަށް ލިބުނު ދަށް ނަތީޖާގެ ސަބަބުންނެވެ. 

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)ވެސް ސްޓްރީޓިންގް

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑު ވަޒީރު ސްޓާމާގެ ސަރުކާރުން ހަތަރު މިނިސްޓަރަކު އިސްތިއުފާ ދެއްވައިފި

ބޮޑު ވަޒީރު ސްޓާމާގެ ސަރުކާރުން ހަތަރު މިނިސްޓަރަކު އިސްތިއުފާ ދެއްވައިފި

13 މެއި 2026
ކުރީގެ ޑެޕިއުޓީ ބޮޑު ވަޒީރު ރޭނާ، ލޭބާ ޕާޓީގެ ލީޑަރު ކަމަށް ވާދަ ކުރައްވަން ތައްޔާރު

ކުރީގެ ޑެޕިއުޓީ ބޮޑު ވަޒީރު ރޭނާ، ލޭބާ ޕާޓީގެ ލީޑަރު ކަމަށް ވާދަ ކުރައްވަން ތައްޔާރު

13 މެއި 2026
ބޮޑު ވަޒީރު ސްޓާމަރއާ ދެކޮޅަށް ލޭބަރ ޕާޓީގެ މެމްބަރު ވެސްޓް ތެދުވެއްޖެ، ވިދާޅުވީ ކެބިނެޓުން އަންގާރަ ދުވަހުގެ ނިޔަލަށް ގޮތެއް ނިންމަން ޖެހޭނެ ކަމަށް

ބޮޑު ވަޒީރު ސްޓާމަރއާ ދެކޮޅަށް ލޭބަރ ޕާޓީގެ މެމްބަރު ވެސްޓް ތެދުވެއްޖެ، ވިދާޅުވީ ކެބިނެޓުން އަންގާރަ ދުވަހުގެ ނިޔަލަށް ގޮތެއް ނިންމަން ޖެހޭނެ ކަމަށް

10 މެއި 2026
ވެރިކަން ކުރާާ ލޭބާ ޕާޓީ އަށް ލަދުވެތި ނާ ކާމިޔާބެއް، ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ އިސްތިއުފާ ނުދެއްވާނެ ކަމަށް

ވެރިކަން ކުރާާ ލޭބާ ޕާޓީ އަށް ލަދުވެތި ނާ ކާމިޔާބެއް، ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ އިސްތިއުފާ ނުދެއްވާނެ ކަމަށް

09 މެއި 2026
ފަލަސްޠީނަށް ތާއީދުކޮށް ބާއްވާ އެއްވުންތައް މަނާ ކުރުމަކީ ކުރަން ޖެހޭ ކަމެއް: އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ

ފަލަސްޠީނަށް ތާއީދުކޮށް ބާއްވާ އެއްވުންތައް މަނާ ކުރުމަކީ ކުރަން ޖެހޭ ކަމެއް: އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ

02 މެއި 2026

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު