Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ވާދަވެރިންނަށް ބޮޑު ވަޒީރު ސްޓާމާގެ ވަރުގަދަ އިންޒާރެއް!

ބުދަ ދުވަހު ލޭބާ ޕާޓީގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި، މިނިސްޓަރުންނާ ބައްދަލު ކުރައްވައި ބޮޑު ވަޒީރު ސްޓާާމާ ވިދާޅުވީ، ލީޑާޝިޕްގެ ވާދަވެރި ކަމެއް ފެށި، ލޭބާ ޕާޓީ ބޮޑު ކާރިސާއެއްގެ ތެރެއަށް ވައްޓާލަން ދޫކޮށްލެވެން ނެތް ކަަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 މެއި 2026 | ބުރާސްފަތި 06:53
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އަދި ލޭބާ ޕާޓީގެ ލީޑަރު ކިއާ ސްޓާމާގެ މުސްތަޤުބަލާ މެދު ސުވާލު ތަކެއް އުފެދިފައި ވަނިކޮށް، ވާދަވެރި ފަރާތް ތަކަށް ބޮޑު ވަޒީރު ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ. 

ބުދަ ދުވަހު ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެފައި ވަނީ، ލޭބާ ޕާޓީގެ ލީޑާޝިޕްގެ ވާދަވެރި ކަމެއް މިވަގުތު ފެށިއްޖެ ނަމަ، ބޮޑު ކަންތައް ގަނޑެއް ކުރިމަތި ވާނެ ކަމަށެވެ. ބޮޑު ވަޒީރު ސްޓާމާ މިހެން ވިދާޅުވެފައިވާއިރު، އޭނާގެ ސަރުކާރުގައި ހިމެނޭ ހެލްތު ސެކްރެޓަރީ ވެސް ސްޓްރީޓިން، ލޭބާ ޕާޓީގެ ލީޑާޝިޕް އަށް ނިކުންނަވާނެ ކަމުގެ އަޑު ތަކެއް ވަނީ ފެތުރިފަ އެވެ. 

މިދިޔަ ހަފުތާގައި އިނގިރޭސިވިލާތުގެ ލޯކަލް އިންތިޚާބު ތަކާއި، ސްކޮޓްލޭންޑް އަދި ވޭލްސްގެ އިންތިޚާބު ތަކުގައި ބޮޑު ނާކާމިޔާބެއް ކުރިމަތިވެފައިވާއިރު، ބޮޑު ވަޒީރު ސްޓާމާގެ ސަރުކާރުން ހަތަރު މިނިސްޓަރަކު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަނެއްކޮޅުން، ލޭބާ ޕާޓީގެ ގިނަ މެމްބަރުން ތަކެއް އަންނަނީ ބޮޑު ވަޒީރު ސްޓާމާގެ އިސްތިއުފާ އަށް ވެސް ގޮވާލަމުންނެވެ. 

ސްޓްރީޓިން އަށް ތާއީދު ކުރާ ފަރާތް ތަކުން ބުނެފައި ވަނީ، ބޮޑު ވަޒީރު ސްޓާމާއާ ދެކޮޅަށް ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރެއްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ލޭބާ ޕާޓީގެ ޤަވާއިދުގައި ބުނެފައިވާ ގޮތުން، ލީޑާޝިޕްގެ ވާދަވެރި ކަމެއް ފެށުމަށް 81 މެމްބަރުންގެ ތާއީދު ބޭނުން ވާނެ އެވެ. ބައެއް ފަރާތް ތަކުން ބުނެފައި ވަނީ، ކުރިއަށް އޮތް ވަގުތު ތަކުގެ ތެރޭގައި ސްޓްރީޓިން އެކަން އިއުލާން ކުރައްވާނެ އެވެ. 

ނުތަނަވަސްކަން ބޮޑުވެފައި ވަނިކޮށް، ބުދަ ދުވަހު ސްޓްރީޓިން ވަނީ ބޮޑު ވަޒީރު ސްޓާމާއާ ބައްދަލު ކުރައްވައިފަ އެވެ. ބޮޑު ވަޒީރުގެ ރަސްމީ އޮފީސް، ޑައުނިން ސްޓްރީޓްގައި ކުރިއަށް ދިޔަ އެ ބައްދަލުވުމަށް ހޭދަވެފައި ވަނީ އެންމެ 19 މިނެޓެވެ. ނަމަވެސް، އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ހާމަ ކޮށްފައި ނުވެ އެވެ. 

ބޮޑު ވަޒީރުގެ ތަރުޖަމާނު ވިދާޅުވީ، ބޮޑު ވަޒީރުގެ ފުރިހަމަ އިތުބާރު ސްޓްރީޓިން އަށް އެބަ އޮތް ކަމަށެވެ. ނަމަވެސް، ބޮޑު ވަޒީރު ސްޓާމާ އާއި، ސްޓްރީޓިންގެ ބައްްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއްގެ ކޮމެންޓު ދެއްވަން ބޭނުން ނުވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

ބުދަ ދުވަހު ލޭބާ ޕާޓީގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި، މިނިސްޓަރުންނާ ބައްދަލު ކުރައްވައި ބޮޑު ވަޒީރު ސްޓާާމާ ވިދާޅުވީ، ލީޑާޝިޕްގެ ވާދަވެރި ކަމެއް ފެށި، ލޭބާ ޕާޓީ ބޮޑު ކާރިސާއެއްގެ ތެރެއަށް ވައްޓާލަން ދޫކޮށްލެވެން ނެތް ކަަމަށެވެ. ބޮޑު ވަޒީރު ވިދާޅުވީ، މިވަގުތު ވާދަވެރި ކަމެއް ފެށިއްޖެ ނަމަ، 100 އިންސައްތަ އެހެން ކަންތައް ވާނެ އެވެ. 

ބޮޑު ވަޒީރުގެ މުސްތަޤުބަލާ މެދު ގިނަ ސުވާލު ތަކެއް އުފެދިފައި ވަނިކޮށް، ބުދަ ދުވަހު ބޮޑު ވަޒީރު ވަނީ ސްޓޭޓް މިނިސްޓަރުންނާ ވަކިން ބައްދަލު ކުރައްވައިފަ އެވެ. އަދި ދަށު ދަރަޖައިގެ މިނިސްޓަރުންނާ ވެސް ވަކިން ބައްދަލު ކުރައްވާފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. އެ ބައްދަލުވުންތައް ދެމިގެން ގޮސްފައި ވަނީ 15 މިނެޓުގެ ވަގުތު ކޮޅަކަށެވެ. 

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)

އިތުރަށް ކިޔާލަން

13 މެއި 2026

ލޭބާ ޕާޓީގެ 100 އަށް ވުރެ ގިނަ މެމްބަރުން ތިބީ، ބޮޑު ވަޒީރު ސްޓާމާއާ މެދު ވަކި ގޮތެއް ނުނިންމާ!

13 މެއި 2026
ލޭބާ ޕާޓީގެ 100 އަށް ވުރެ ގިނަ މެމްބަރުން ތިބީ، ބޮޑު ވަޒީރު ސްޓާމާއާ މެދު ވަކި ގޮތެއް ނުނިންމާ!
13 މެއި 2026

ބޮޑު ވަޒީރު ސްޓާމާއާ ޗެލެންޖު ކުރެވޭ ވަރަށް ސޮއި ހަމަވާނެ އެހެން ކެންޑިޑޭޓަކު ނެތް ކަމަށް، ކެބިނެޓުގެ މިނިސްޓަރަކު ވިދާޅުވެއްޖެ

13 މެއި 2026
ބޮޑު ވަޒީރު ސްޓާމާއާ ޗެލެންޖު ކުރެވޭ ވަރަށް ސޮއި ހަމަވާނެ އެހެން ކެންޑިޑޭޓަކު ނެތް ކަމަށް، ކެބިނެޓުގެ މިނިސްޓަރަކު ވިދާޅުވެއްޖެ
13 މެއި 2026

ސްޓާމާ އޭނާގެ ވާދަވެރި ސްޓްރީޓިންއާ ބައްދަލު ކުރައްވައިފި، ހޭދަވީ އެންމެ 19 މިނެޓު

13 މެއި 2026
ސްޓާމާ އޭނާގެ ވާދަވެރި ސްޓްރީޓިންއާ ބައްދަލު ކުރައްވައިފި، ހޭދަވީ އެންމެ 19 މިނެޓު
13 މެއި 2026

އެތެރޭގެ ޕްރެޝަރު ބޮޑުވެ، ބޮޑު ވަޒީރު ސްޓާމާ އާއި ހެލްތު ސެކްރެޓަރީ ބައްދަލު ކުރައްވަނީ

13 މެއި 2026
އެތެރޭގެ ޕްރެޝަރު ބޮޑުވެ، ބޮޑު ވަޒީރު ސްޓާމާ އާއި ހެލްތު ސެކްރެޓަރީ ބައްދަލު ކުރައްވަނީ
13 މެއި 2026

ބޮޑު ވަޒީރު ސްޓާމާގެ ސަރުކާރުން ހަތަރު މިނިސްޓަރަކު އިސްތިއުފާ ދެއްވައިފި

13 މެއި 2026
ބޮޑު ވަޒީރު ސްޓާމާގެ ސަރުކާރުން ހަތަރު މިނިސްޓަރަކު އިސްތިއުފާ ދެއްވައިފި
13 މެއި 2026

ކުރީގެ ޑެޕިއުޓީ ބޮޑު ވަޒީރު ރޭނާ، ލޭބާ ޕާޓީގެ ލީޑަރު ކަމަށް ވާދަ ކުރައްވަން ތައްޔާރު

13 މެއި 2026
ކުރީގެ ޑެޕިއުޓީ ބޮޑު ވަޒީރު ރޭނާ، ލޭބާ ޕާޓީގެ ލީޑަރު ކަމަށް ވާދަ ކުރައްވަން ތައްޔާރު
10 މެއި 2026

ބޮޑު ވަޒީރު ސްޓާމަރއާ ދެކޮޅަށް ލޭބަރ ޕާޓީގެ މެމްބަރު ވެސްޓް ތެދުވެއްޖެ، ވިދާޅުވީ ކެބިނެޓުން އަންގާރަ ދުވަހުގެ ނިޔަލަށް ގޮތެއް ނިންމަން ޖެހޭނެ ކަމަށް

10 މެއި 2026
ބޮޑު ވަޒީރު ސްޓާމަރއާ ދެކޮޅަށް ލޭބަރ ޕާޓީގެ މެމްބަރު ވެސްޓް ތެދުވެއްޖެ، ވިދާޅުވީ ކެބިނެޓުން އަންގާރަ ދުވަހުގެ ނިޔަލަށް ގޮތެއް ނިންމަން ޖެހޭނެ ކަމަށް
09 މެއި 2026

ވެރިކަން ކުރާާ ލޭބާ ޕާޓީ އަށް ލަދުވެތި ނާ ކާމިޔާބެއް، ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ އިސްތިއުފާ ނުދެއްވާނެ ކަމަށް

09 މެއި 2026
ވެރިކަން ކުރާާ ލޭބާ ޕާޓީ އަށް ލަދުވެތި ނާ ކާމިޔާބެއް، ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ އިސްތިއުފާ ނުދެއްވާނެ ކަމަށް
02 މެއި 2026

ފަލަސްޠީނަށް ތާއީދުކޮށް ބާއްވާ އެއްވުންތައް މަނާ ކުރުމަކީ ކުރަން ޖެހޭ ކަމެއް: އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ

02 މެއި 2026
ފަލަސްޠީނަށް ތާއީދުކޮށް ބާއްވާ އެއްވުންތައް މަނާ ކުރުމަކީ ކުރަން ޖެހޭ ކަމެއް: އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ
21 އެޕްރީލު 2026

ޑިއޭގޯ ގާސިއާގައި ހުރި ސްރީލަންކާގެ ރެފިއުޖީއަކު ރާއްޖެއަށް ފޮނުވަން އިނގިރޭސި ކޯޓުން ނިންމައިފި

21 އެޕްރީލު 2026
ޑިއޭގޯ ގާސިއާގައި ހުރި ސްރީލަންކާގެ ރެފިއުޖީއަކު ރާއްޖެއަށް ފޮނުވަން އިނގިރޭސި ކޯޓުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު