Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް

ސްޓާމާއާ ދެކޮޅަށް ވާދަ ކުރައްވާނެކަން، ސަރުކާރުން އިސްތިއުފާ ދެއްވި ސްޓްރީޓިން އިއުލާން ކުރައްވައިފި

އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރިއަށް ދިޔަ ޙަރަކާތެއްގައި ވާހަކަ ދައްކަވަމުން ސްޓްރީޓިން ވިދާޅުވީ، އެންމެ ރަނގަޅު ކެންޑިޑޭޓުން ބައިވެރިވާ އިންތިޚާބެއް ބޭނުންވާ ކަމަށާއި، އެފަދަ އިންތިޚާބެއްގައި އޭނާ ވެސް ވާދަ ކުރައްވާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 މެއި 2026 | އާދީއްތަ 01:50
އިނގިރޭސިވިލާތުގައި އޮތް ޙަރަކާތެއްގައި ބައިވެރިވެ ވަޑައިގެން، ސްޓްރީޓިން ވާހަކަ ދައްކަވަނީ. ސަރުކާރުގެ ހެލްތު ސެކްރެޓަރީގެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ ބުރާސްފަތި ދުވަހު.

އިނގިރޭސިވިލާތުގައި އޮތް ޙަރަކާތެއްގައި ބައިވެރިވެ ވަޑައިގެން، ސްޓްރީޓިން ވާހަކަ ދައްކަވަނީ. ސަރުކާރުގެ ހެލްތު ސެކްރެޓަރީގެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ ބުރާސްފަތި ދުވަހު. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގައި ވެރިކަން ކުރާ ލޭބާ ޕާޓީގެ ލީޑަރުގެ މަގާމަށް ވާދަ ކުރައްވާނެކަން، ކުރީގެ ހެލްތު ސެކްރެޓަރީ  ސްޓްރީޓިން ވެސް އިއުލާން ކުރައްވައިފި އެވެ.

އިނގިރޭސިވިލާތުގެ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގައި ލޭބާ ޕާޓީ އަށް ލިބުނު ނާކާމިޔާބާ ގުޅިގެން ބޮޑު ވަޒީރު ސްޓާމާ އަށް އަންނަނީ ފާޑު ކިޔުން އަމާޒުވަމުންނެވެ. އެ ނުތަނަވަސްކަމުގެ ތެރޭގައި، ސްޓާމާގެ ސަރުކާރުގެ ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ސްޓްރީޓިން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭނާގެ އިތުރުން، ހަތަރު މިނިސްޓަރަކު ވެސް މަގާމުން އިސްތިއުފާ ދެއްވި އެވެ.

ބޮޑު ވަޒީރު ސްޓާމާ އަށް އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެ، ހެލްތު ސެކްރެޓަރީ ސްޓްރީޓިން އިސްތިއުފާ ދެއްވައިފި
Raajje.mv

ބޮޑު ވަޒީރު ސްޓާމާ އަށް އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެ، ހެލްތު ސެކްރެޓަރީ ސްޓްރީޓިން އިސްތިއުފާ ދެއްވައިފި

މަގާމުން އިސްތިއުފާ ދެއްވިތާ އެއް ދުވަސް ފަހުން ސްޓްރީޓިން ވަނީ، ބޮޑު ވަޒީރު ސްޓާމާއާ ދެކޮޅަށް އޭނާ ނިކުންނަވާނެކަން ރަސްމީކޮށް އިއުލާން ކުރައްވައިފަ އެވެ. އެގޮތުން ސްޓްރީޓިން ވިދާޅުވީ، ލޭބާ ޕާޓީގެ ލީޑަރުގެ މަގާމަށް އޭނާ ވާދަ ކުރައްވާނެ ކަމަށެވެ. އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރިއަށް ދިޔަ ޙަރަކާތެއްގައި ވާހަކަ ދައްކަވަމުން ސްޓްރީޓިން ވިދާޅުވީ، އެންމެ ރަނގަޅު ކެންޑިޑޭޓުން ބައިވެރިވާ އިންތިޚާބެއް ބޭނުންވާ ކަމަށާއި، އެފަދަ އިންތިޚާބެއްގައި އޭނާ ވެސް ވާދަ ކުރައްވާނެ ކަމަށެވެ. 

ހޮނިހިރު ދުވަހު ސްޓްރީޓިން މިކަން އިއުލާން ކުރައްވާފައިވާއިރު، މީގެ ދެ ދުވަސް ކުރިން ގްރޭޓާ މެންޗެސްޓަރގެ މޭޔަރު އެންޑީ ބާންހަމް ވަނީ ޤާނޫނު ހަދާ މަޖިލީހަށް ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ. އޭނާ އަކީ ވެސް ސްޓާމާއާ ދެކޮޅަށް، ލޭބާ ޕާޓީގެ ލީޑަރުގެ މަގާމަށް ވާދަ ކުރައްވާނެ ކަމަށް ބެލެވޭ ބޭފުޅެކެވެ.

ބާންހަމް އަށް ޤާނޫނު ހަދާ މަޖިލީހުގެ ބައި އިލެކްޝަން ކާމިޔާބު ވެއްޖެ ނަމަ، ލޭބާ ޕާޓީގެ ލީޑަރުގެ މަގާމަށް ވާދަ ކުރުމުގެ ފުރުސަތު އޭނާ އަށް ވެސް ލިބިގެންދާނެ އެވެ. ނަމަވެސް ސްޓާމާއާ ދެކޮޅަށް، ލޭބާ ޕާޓީގެ ލީޑަރުގެ މަގާމަށް ވާދަ ކުރައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާން ކުރެއްވި ފުރަތަމަ ބޭފުޅަކީ ސްޓްރީޓިން އެވެ. 

ބޮޑު ވަޒީރު ސްޓާމާގެ ސަރުކާރުގައި ހެލްތު ސެކްރެޓަރީގެ މަގާމު އަދާ ކުރެއްވި ސްޓްރީޓިން އަކީ އާންމުންގެ މެދުގައި ވަރަށް މަޤުބޫލު ބޭފުޅެކެވެ. ޚާއްސަކޮށް ޞިއްޙީ ދާއިރާ އަށް އޭނާ ގެނެސްދެއްވާފައިވާ ބަދަލު ތަކުގެ ސަބަބުން ގިނަ ބައެއްގެ ތާއީދު އޭނާ އަށް އޮވެ އެވެ. އޭގެ އިތުރުން ލޭބާ ޕާޓީގެ އެތެރޭގައި ވެސް ސްޓްރީޓިން އަކީ މަޤުބޫލު ބޭފުޅެކެވެ. 

މަސްދަރު: އޭއެފްޕީ

އިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)ވެސް ސްޓްރީޓިންގް

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޓްރީޓިން އިސްތިއުފާ ދެއްވުމާ އެކު، ހެލްތު ސެކްރެޓަރީ އަށް މުރޭ އައްޔަން ކުރައްވައިފި

ސްޓްރީޓިން އިސްތިއުފާ ދެއްވުމާ އެކު، ހެލްތު ސެކްރެޓަރީ އަށް މުރޭ އައްޔަން ކުރައްވައިފި

16 މެއި 2026
ސްޓާމާގެ ބަދަލުގައި ބޮޑު ވަޒީރުގެ މަގާމަށް ވަޑައިގަންނަވަން ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން، ކުރީގައި އުޅުއްވަނީ ކޮން ބޭފުޅެއް؟

ސްޓާމާގެ ބަދަލުގައި ބޮޑު ވަޒީރުގެ މަގާމަށް ވަޑައިގަންނަވަން ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން، ކުރީގައި އުޅުއްވަނީ ކޮން ބޭފުޅެއް؟

16 މެއި 2026
ބޮޑު ވަޒީރު ސްޓާމާ އަށް އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެ، ހެލްތު ސެކްރެޓަރީ ސްޓްރީޓިން އިސްތިއުފާ ދެއްވައިފި

ބޮޑު ވަޒީރު ސްޓާމާ އަށް އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެ، ހެލްތު ސެކްރެޓަރީ ސްޓްރީޓިން އިސްތިއުފާ ދެއްވައިފި

15 މެއި 2026
ވާދަވެރިންނަށް ބޮޑު ވަޒީރު ސްޓާމާގެ ވަރުގަދަ އިންޒާރެއް!

ވާދަވެރިންނަށް ބޮޑު ވަޒީރު ސްޓާމާގެ ވަރުގަދަ އިންޒާރެއް!

14 މެއި 2026
ލޭބާ ޕާޓީގެ 100 އަށް ވުރެ ގިނަ މެމްބަރުން ތިބީ، ބޮޑު ވަޒީރު ސްޓާމާއާ މެދު ވަކި ގޮތެއް ނުނިންމާ!

ލޭބާ ޕާޓީގެ 100 އަށް ވުރެ ގިނަ މެމްބަރުން ތިބީ، ބޮޑު ވަޒީރު ސްޓާމާއާ މެދު ވަކި ގޮތެއް ނުނިންމާ!

13 މެއި 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު