Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް

ބޮޑު ވަޒީރު ސްޓާމާ އަށް އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެ، ހެލްތު ސެކްރެޓަރީ ސްޓްރީޓިން އިސްތިއުފާ ދެއްވައިފި

ސްޓްރީޓިން އިސްތިއުފާ ދެއްވުމާ ގުޅިގެން، އޭގެ ޖަވާބުގައި ފޮނުވި ސިޓީގައި ސްޓާމާ ވިދާޅުވެފައި ވަނީ ސްޓްރީޓިން އިސްތިއުފާ ދެއްވުމަކީ ހިތާމަ ކުރާ ކަމެއް ކަމަށް. ނަމަވެސް، މިދިޔަ އާންމު އިންތިޚާބުގައި ރައްޔިތުން ދެކޮޅު ހެދި ކަންކަމަށް ބަދަލު ގެނެސް، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަވަން ޖެހޭނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 މެއި 2026 | ހުކުރު 09:07
އިނގިރޭސިވިލާތުގެ ސަރުކާރުން އިސްތިއުފާ ދެއްވި ސްޓްރީޓިން.

އިނގިރޭސިވިލާތުގެ ސަރުކާރުން އިސްތިއުފާ ދެއްވި ސްޓްރީޓިން. | ރޮއިޓާސް

އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ އަދި ބޮޑު ވަޒީރު ސްޓާމާއާ ވާދަވެރި ވާނެ ކަމަށް ބެލެވޭ ހެލްތު ސެކްރެޓަރީ ވެސް ސްޓްރީޓިން ސަރުކާން އިސްތިއުފާ ދެއްވައިފި އެވެ.

ބޮޑު ވަޒީރު ސްޓާމާ އަށް ފޮނުއްވި ސިޓީއެއްގައި ސްޓްރީޓިން ވިދާޅުވީ، ބޮޑު ވަޒީރުގެ ހިތްވަރު އަދި ދައުލަތް ހިންގުމުގެ ހުނަރަށް އިޙްތިރާމް ކުރި ނަމަވެސް، ޤައުމަށް ތަސައްވުރެއް ބޭނުން ވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުގެ ތެރޭގައި އޮތީ ހުސް ކަމެއް ކަމަށެވެ.

ސްޓްރީޓިން އިސްތިއުފާ ދެއްވުމާ ގުޅިގެން، އޭގެ ޖަވާބުގައި ފޮނުވި ސިޓީގައި ސްޓާމާ ވިދާޅުވެފައި ވަނީ ސްޓްރީޓިން އިސްތިއުފާ ދެއްވުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ. ނަމަވެސް، މިދިޔަ އާންމު އިންތިޚާބުގައި ރައްޔިތުން ދެކޮޅު ހެދި ކަންކަމަށް ބަދަލު ގެނެސް، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަވަން ޖެހޭނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެފައިވެ އެވެ. 

މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވަމުން ސްޓްރީޓިން ވިދާޅުވީ، ހެލްތު އެންޑް ސޯޝަލް ކެއާ މިނިސްޓަރުގެ މަގާާމާ ހަވާލުވެ ވަޑައިގަތްއިރު، ކަނޑައެޅި ހުރިހާ އަމާޒު ތަކެއް ހާސިލުވެފައިވާ ކަމަށެވެ. އެގޮތުން ޞިއްޙީ ދާއިރާގެ މުވައްޒަަފުން ހަޅުތާލު ކުރަމުން އައި ނަމަވެސް، ބަލި މީހުން ގިނަ ވަގުތު މަޑު ކޮށްގެން ތިބެން ޖެހޭ މައްސަލަ ހައްލު ކުރުމަށް ކަނޑައެޅި އަމާޒު ހާސިލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެގޮތުން މިއަހަރުގެ މާޗު މަހު އެކަނި ވެސް، ވެއިޓިން ލިސްޓުން 110،000 މީހުން މަދު ކުރެވިފައިވާ ކަމަށާއި، މިއީ 2008 ވަނަ އަހަރަށް ފަހު ކޮވިޑުގެ ދުވަސްވަރު ފިޔަވައި އެއް މަސް ދުވަހުގެ ތެރޭގައި ލިސްޓުން މިހާ ގިނަ އަދަދެއްގެ މީހުން މަދު ކުރެވުނު ފުރަތަމަ ފަހަރު ކަމަށް ސްޓްރީޓިން ފާހަގަ ކުރެއްވި އެވެ. 

ބޮޑު ވަޒީރު ސްޓާމާގެ ސަރުކާރުން ސްޓްރީޓިން އިސްތިއުފާ ދެއްވާފައިވާއިރު، ލޭބާ ޕާޓީގެ ލީޑާޝިޕް އަށް އޭނާ ވާދަ ކުރަައްވާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. ބޮޑު ވަޒީރު ސްޓާމާއާ ދެކޮޅަށް ސްޓްރީޓިން ނިކުންނަވާނެ ކަމުގެ އަޑުތަކާ އެކު، ބުދަ ދުވަހު ސްޓާމާ ވަނީ ސްޓްރީޓިންއާ ބައްދަލު ވެސް ކުރައްވައިފަ އެވެ. ނަމަވެސް، އެ ބައްދަލުވުމުގެ ތަފްސީލެއް ހާމަ ކޮށްފައި ނުވެ އެވެ. ސްޓްރީޓިން އިސްތިއުފާ ދެއްވީ އޭގެ ފަހުންނެވެ. 

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)ވެސް ސްޓްރީޓިންގް

ކޮމެންޓް

އިތުރަށް ކިޔާލަން

ވާދަވެރިންނަށް ބޮޑު ވަޒީރު ސްޓާމާގެ ވަރުގަދަ އިންޒާރެއް!

ވާދަވެރިންނަށް ބޮޑު ވަޒީރު ސްޓާމާގެ ވަރުގަދަ އިންޒާރެއް!

14 މެއި 2026
ލޭބާ ޕާޓީގެ 100 އަށް ވުރެ ގިނަ މެމްބަރުން ތިބީ، ބޮޑު ވަޒީރު ސްޓާމާއާ މެދު ވަކި ގޮތެއް ނުނިންމާ!

ލޭބާ ޕާޓީގެ 100 އަށް ވުރެ ގިނަ މެމްބަރުން ތިބީ، ބޮޑު ވަޒީރު ސްޓާމާއާ މެދު ވަކި ގޮތެއް ނުނިންމާ!

13 މެއި 2026
ބޮޑު ވަޒީރު ސްޓާމާއާ ޗެލެންޖު ކުރެވޭ ވަރަށް ސޮއި ހަމަވާނެ އެހެން ކެންޑިޑޭޓަކު ނެތް ކަމަށް، ކެބިނެޓުގެ މިނިސްޓަރަކު ވިދާޅުވެއްޖެ

ބޮޑު ވަޒީރު ސްޓާމާއާ ޗެލެންޖު ކުރެވޭ ވަރަށް ސޮއި ހަމަވާނެ އެހެން ކެންޑިޑޭޓަކު ނެތް ކަމަށް، ކެބިނެޓުގެ މިނިސްޓަރަކު ވިދާޅުވެއްޖެ

13 މެއި 2026
ސްޓާމާ އޭނާގެ ވާދަވެރި ސްޓްރީޓިންއާ ބައްދަލު ކުރައްވައިފި، ހޭދަވީ އެންމެ 19 މިނެޓު

ސްޓާމާ އޭނާގެ ވާދަވެރި ސްޓްރީޓިންއާ ބައްދަލު ކުރައްވައިފި، ހޭދަވީ އެންމެ 19 މިނެޓު

13 މެއި 2026
އެތެރޭގެ ޕްރެޝަރު ބޮޑުވެ، ބޮޑު ވަޒީރު ސްޓާމާ އާއި ހެލްތު ސެކްރެޓަރީ ބައްދަލު ކުރައްވަނީ

އެތެރޭގެ ޕްރެޝަރު ބޮޑުވެ، ބޮޑު ވަޒީރު ސްޓާމާ އާއި ހެލްތު ސެކްރެޓަރީ ބައްދަލު ކުރައްވަނީ

13 މެއި 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު