Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް

ލޭބާ ޕާޓީގެ 100 އަށް ވުރެ ގިނަ މެމްބަރުން ތިބީ، ބޮޑު ވަޒީރު ސްޓާމާއާ މެދު ވަކި ގޮތެއް ނުނިންމާ!

ވެރިކަން ކުރާ ލޭބާ ޕާޓީގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 403. މި އަދަދު ތަކަށް ބަލާއިރު، ބޮޑު ވަޒީރުގެ މަގާމުގައި ސްޓާމާ ހުންނެވުމާާ މެދު ގޮތެއް ނިންމަވާފައި ނުވާ 140 އެއްހާ މެމްބަރުން އެބަ ތިބި. މިއީ ޕާޓީގެ އެތެރޭގައި ސްޓާމާ އަށް އޮތް ތާއީދު ކުޑަވަމުންދާ ކަމުގެ ނިޝާނެއްގެ ގޮތުގައި ބެލެވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 މެއި 2026 | ބުދަ 09:57
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އަދި ވެރިކަން ކުރާ ލޭބާ ޕާޓީގެ ލީޑަރު ކިއާ ސްޓާމާގެ މުސްތަޤުބަލާ މެދު ގިނަ ބަހުސް ތަކެއް ކުރެވެމުން ދާއިރު، އެ ޕާޓީގެ 100 އަށް ވުރެ ގިނަ މެމްބަރުން މިހާތަނަށް ވަކި ނިންމުމެއް ނިންމާފައި ނުވާ ކަމަށް ހާމަވެއްޖެ އެވެ.

ސިޔާސީ ދާއިރާ ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި، މިއީ ބޮޑު ވަޒީރުގެ މަގާމުގައި ސްޓާމާ ދެމި ހުންނެވުމާ މެދު ޕާޓީގެ އެތެރޭގައި އޮތް ނުތަނަވަސްކަން ހާމަކޮށްދޭ ކަމެކެވެ. 

ލޭބާ ޕާޓީގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ގިނަ އަދަދެއްގެ މެމްބަރުން އަންނަނީ ބޮޑު ވަޒީރު ސްޓާާމާ މަގާމުން ދުރަށް ވަޑައިގެންނެވުމަށް ގޮވާލައްވަމުންނެވެ. ލޭބާ ޕާޓީގެ ލީޑާޝިޕްގެ އިންތިޚާބެއް ބޭއްވުމަށް މަދުވެގެން 81 މެމްބަރުން ސޮއި ކުރަން ޖެހޭއިރު، ސްޓާމާ އަށް ފަހު ދެން އެ ޕާޓީގެ ލީޑަރުގެ މަގާމަށް ވަޑައިގަންނަވާނެ ބޭފުޅަކާ މެދު މެމްބަރުންގެ ތެރޭގައި ދެބަސްވުން އޮތް ކަމަށް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ބައެއް މަސްދަރު ތަކުން ހާމަ ކޮށްފައިވާ ގޮތުގައި، ބޮޑު ވަޒީރު ސްޓާމާ އަށް ތާއީދު ކުރާކަން ހާމަ ކުރުމަށް 100 އަށް ވުރެ ގިނަ މެމްބަރުން ވަނީ ސިޓީއެއްގައި ސޮއި ކުރައްވައިފަ އެވެ. އެހެން ނަމަވެސް، ބައެއް ފަރާތް ތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި އޭގެ ތެރެއިން ބައެއް މެމްބަރުންގެ ނަން އެ ލިސްޓުގައި ހިމަނާފައި ވަނީ އެ ބޭފުޅުންގެ ނުގަބޫލުގަ އެވެ. 

ސަރުކާރުގެ ވަޒީރުން ނުވަތަ "ޕޭރޯލް ވޯޓު"ގެ ގޮތުގައި ބެލެވޭ 70 މެމްބަރުން، ނުވަތަ 80 މެމްބަރުންނަކީ އާންމު އުސޫލުން ބޮޑު ވަޒީރަށް ތާއީދު ކުރައްވާނެ ބޭފުޅުންނެވެ. ނަމަވެސް، ފަހަކަށް އައިސް ފެނިގެން ދިޔަ ކަންތައް ތަކަށް ބަލާއިރު، ސަރުކާރުގެ ވަޒީރު ކަމުގައި ތިއްބެވި ނަމަވެސް، ބޮޑު ވަޒީރަށް ފުރިހަމަ އަށް ވަފާތެރި ވާނެ ކަމުގެ ޔަޤީންކަމެއް މިހާރު ނެތް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ބުނެ އެވެ. 

ވެރިކަން ކުރާ ލޭބާ ޕާޓީގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 403 އެވެ. މި އަދަދު ތަކަށް ބަލާއިރު، ބޮޑު ވަޒީރުގެ މަގާމުގައި ސްޓާމާ ހުންނެވުމާާ މެދު ގޮތެއް ނިންމަވާފައި ނުވާ 140 އެއްހާ މެމްބަރުން އެބަ ތިއްބެވެ. މިއީ ޕާޓީގެ އެތެރޭގައި ސްޓާމާ އަށް އޮތް ތާއީދު ކުޑަވަމުންދާ ކަމުގެ ނިޝާނެއްގެ ގޮތުގައި ބެލެވެ އެވެ. 

ސިޔާސީ ގޮތުން ބަލާއިރު، މިހާ ގިނަ އަދަދެއްގެ މެމްބަރުން ބޮޑު ވަޒީރަށް ތާއީދު ކުރުމުގައިމ ނުވަތަ ދެކޮޅު ހެދުމުގައި ވަކި ގޮތެއް ނުނިންމަވައި ތިއްބެވުމަކީ ސްޓާމާ އަށް ކުރިމަތި ވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މިއީ ބޮޑު ވަޒީރު ސްޓާމާގެ ލީޑާޝިޕް ބަލިކަށި ވަމުންދާކަން ހާމަ ކޮށްދޭ ކަމެއް ކަމަށް ބައެއް ފަރާތް ތަކުން ދެކެ އެވެ.

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑު ވަޒީރު ސްޓާމާއާ ޗެލެންޖު ކުރެވޭ ވަރަށް ސޮއި ހަމަވާނެ އެހެން ކެންޑިޑޭޓަކު ނެތް ކަމަށް، ކެބިނެޓުގެ މިނިސްޓަރަކު ވިދާޅުވެއްޖެ

ބޮޑު ވަޒީރު ސްޓާމާއާ ޗެލެންޖު ކުރެވޭ ވަރަށް ސޮއި ހަމަވާނެ އެހެން ކެންޑިޑޭޓަކު ނެތް ކަމަށް، ކެބިނެޓުގެ މިނިސްޓަރަކު ވިދާޅުވެއްޖެ

13 މެއި 2026
ސްޓާމާ އޭނާގެ ވާދަވެރި ސްޓްރީޓިންއާ ބައްދަލު ކުރައްވައިފި، ހޭދަވީ އެންމެ 19 މިނެޓު

ސްޓާމާ އޭނާގެ ވާދަވެރި ސްޓްރީޓިންއާ ބައްދަލު ކުރައްވައިފި، ހޭދަވީ އެންމެ 19 މިނެޓު

13 މެއި 2026
އެތެރޭގެ ޕްރެޝަރު ބޮޑުވެ، ބޮޑު ވަޒީރު ސްޓާމާ އާއި ހެލްތު ސެކްރެޓަރީ ބައްދަލު ކުރައްވަނީ

އެތެރޭގެ ޕްރެޝަރު ބޮޑުވެ، ބޮޑު ވަޒީރު ސްޓާމާ އާއި ހެލްތު ސެކްރެޓަރީ ބައްދަލު ކުރައްވަނީ

13 މެއި 2026
ބޮޑު ވަޒީރު ސްޓާމާގެ ސަރުކާރުން ހަތަރު މިނިސްޓަރަކު އިސްތިއުފާ ދެއްވައިފި

ބޮޑު ވަޒީރު ސްޓާމާގެ ސަރުކާރުން ހަތަރު މިނިސްޓަރަކު އިސްތިއުފާ ދެއްވައިފި

13 މެއި 2026
ކުރީގެ ޑެޕިއުޓީ ބޮޑު ވަޒީރު ރޭނާ، ލޭބާ ޕާޓީގެ ލީޑަރު ކަމަށް ވާދަ ކުރައްވަން ތައްޔާރު

ކުރީގެ ޑެޕިއުޓީ ބޮޑު ވަޒީރު ރޭނާ، ލޭބާ ޕާޓީގެ ލީޑަރު ކަމަށް ވާދަ ކުރައްވަން ތައްޔާރު

13 މެއި 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު