Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް

ބޮޑު ވަޒީރު ސްޓާމާއާ ޗެލެންޖު ކުރެވޭ ވަރަށް ސޮއި ހަމަވާނެ އެހެން ކެންޑިޑޭޓަކު ނެތް ކަމަށް، ކެބިނެޓުގެ މިނިސްޓަރަކު ވިދާޅުވެއްޖެ

ތޯމަސް ސިމަންޑްސް ވިދާޅުވީ، ފާއިތުވި ދުވަސް ތަކުގައި ބޮޑު ވަޒީރު ސްޓާމާގެ ސަރުކާރަށް ދަތި ތަކެއް ކުރިމަތިވި ކަމަށް ބުނެވިދާނެ ކަމަށް. ނަމަވެސް، ސްޓާމާ ބަދަލު ކުރުމުގެ ވިސްނުން ހުރި ކަމަށް ދޭހަވާ ކަހަލަ އެއްވެސް ވާހަކައެއް ދެއްކެވި މިނިސްޓަރަކު ފާހަގަވާން ނެތް ކަަމަށް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 މެއި 2026 | ބުދަ 09:04
ސަރުކާރުގައި ހިމެނޭ ކެބިނެޓު މިނިސްޓަރު ނިކް ތޯމަސް ސިމަންޑްސް އަދި ބޮޑު ވަޒީރު ސްޓާމާ.

ސަރުކާރުގައި ހިމެނޭ ކެބިނެޓު މިނިސްޓަރު ނިކް ތޯމަސް ސިމަންޑްސް އަދި ބޮޑު ވަޒީރު ސްޓާމާ. | ރޮއިޓާސް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އަދި ލޭބާ ޕާޓީގެ ލީޑަރު ކިއާ ސްޓާމަ މަގާމުން ދުރު ކުރުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަވާނެ އެހެން ކެންޑިޑޭޓަކު އެ ޕާޓީގައި ނެތް ކަމަށް، ސްޓާމާގެ ސަރުކާރުގައި ހިމެނޭ ކެބިނެޓު މިނިސްޓަރު ނިކް ތޯމަސް ސިމަންޑްސް ވިދާޅުވެއްޖެ އެވެ. 

ބީބީސީ ރޭޑިއޯ 4 ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ތޯމަސް ސިމަންޑްސް ވިދާޅުވީ، އެއީ ތެދު ހަގީގަތެއް ކަމަށާއި، ލީޑާޝިޕްގެ ވާދަވެރި ކަމެއް ފެށުމަށް ބޭނުންވާ ސޮއި ހޯދުމުގެ ޤާބިލުކަން ލިބިފައިވާ އެހެން ކެންޑިޑޭޓަކު ނެތް ކަމަށެވެ. އޭނާ މިހެން ވިދާޅުވެފައިވާއިރު، ބޮޑު ވަޒީރު ކަމުން ސްޓާމާ ދުރު ކުރުމަށް ލޭބާ ޕާޓީގެ ތެރެއިން ވެސް އަންނަނީ މަސަައްކަތް ކުރަމުންނެވެ. 

ތޯމަސް ސިމަންޑްސް ވިދާޅުވީ، ފާއިތުވި ދުވަސް ތަކުގައި ބޮޑު ވަޒީރު ސްޓާމާގެ ސަރުކާރަށް ދަތި ތަކެއް ކުރިމަތިވި ކަމަށް ބުނެވިދާނެ ކަމަށެވެ. ނަމަވެސް، ސްޓާމާ ބަދަލު ކުރުމުގެ ވިސްނުން ހުރި ކަމަށް ދޭހަވާ ކަހަލަ އެއްވެސް ވާހަކައެއް ދެއްކެވި މިނިސްޓަރަކު ފާހަގަވާން ނެތް ކަަމަށް އޭނާ ވިދާޅުވި އެވެ. ތޯމަސް ސިމަންޑްސް މިހެން ވިދާޅުވި ނަަމަވެސް، ސްޓާމާގެ ސަރުކާރުން ހަތަރު މިނިސްޓަރަަކު ވަނީ އިސްތިއުފާ ވެސް ދެއްވައިފަ އެވެ. 

މީގެ އިތުރުން އޭނާ ވިދާޅުވީ، މިދިޔަ ހަފުތާގައި ބޭއްވި އިންތިޚާބު ތަކުގެ ނަތީޖާ އަކީ ސަރުކާރު ހަމަޖެހިލައިގެން ސަމާލުކަން ދޭން ޖެހޭ ކަމެއް ކަމަށެވެ. އަދި ރައްޔިތުންނަަށް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އިތުރަށް ބާރު އަޅަން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅޫވެފަ އެވެ. 

ސަރުކާާރުން މިހާރު ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ، އިންތިޚާބު ތަކުގެ ނަތީޖާ ތަކުން ލިބުނު މެސެޖު ތަކަށް ހިތްވަރުކޮށް، ރައްޔިތުންނަށް ވައުދުވެފައިވާ ކަންކަން ފުއްދައި ދިނުމަށް ވަރުގަދަ މަސައްކަތް ތަކެއް ކުރުން ކަމަށް ވެސް ތޯމަސް ސިމަންޑްސް ފާހަގަ ކުރެއްވި އެވެ. 

ލޭބާ ޕާޓީގެ ލީޑާޝިޕް ބަދަލު ކުރުމަށް، ނުވަތަ ލީޑާޝިޕްގެ ވާދަވެރި ކަމެއް ފެށުމަށް ބޭނުން ވަނީ އެ ޕާޓީގެ މެމްބަރުންގެ ތެރެއިން މަދުވެގެން 81 މެމްބަރުންގެ ސަޕޯޓެވެ. މި އަދަދު ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ތަޖުރިބާކާރުން ފާހަގަ ކޮށްފައިވެ އެވެ. ނަމަވެސް، ސަރުކާރާ މެެދު އޮތް ހިތްހަމަ ނުޖެހުމުގެ ތެރެއިން، މި އަދަދު ހަމަ ކުރުމަކީ ވެސް ވެދާނެ ކަމެއް ކަމަށް ބައެއް ފަރާތް ތަކުން ދެކެ އެވެ. 

ލޭބާ ޕާޓީގެ ލީޑަރުގެ މަގާމަށް ސްޓާމާ ވަޑައިގެންފައި ވަނީ 2020 ވަނަ އަހަރު އެވެ. އޭނާގެ ލީޑާޝިޕްގެ ދަށުން ލޭބާ ޕާޓީ އިން ވަނީ އާންމު އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯދައި، ސަރުކާރަށް އައިސްފަ އެވެ. ނަމަވެސް، އޭގެ ފަހުން އެކި ގޮން ޖެހުންތައް ދިމާވެ، ސްޓާމާ އަށް އަންނަނީ ޕްރެޝަރު ބޮޑުވަމުންނެވެ.

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)ނިކް ތޯމަސް ސިމަންޑްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޓާމާ އޭނާގެ ވާދަވެރި ސްޓްރީޓިންއާ ބައްދަލު ކުރައްވައިފި، ހޭދަވީ އެންމެ 19 މިނެޓު

ސްޓާމާ އޭނާގެ ވާދަވެރި ސްޓްރީޓިންއާ ބައްދަލު ކުރައްވައިފި، ހޭދަވީ އެންމެ 19 މިނެޓު

13 މެއި 2026
އެތެރޭގެ ޕްރެޝަރު ބޮޑުވެ، ބޮޑު ވަޒީރު ސްޓާމާ އާއި ހެލްތު ސެކްރެޓަރީ ބައްދަލު ކުރައްވަނީ

އެތެރޭގެ ޕްރެޝަރު ބޮޑުވެ، ބޮޑު ވަޒީރު ސްޓާމާ އާއި ހެލްތު ސެކްރެޓަރީ ބައްދަލު ކުރައްވަނީ

13 މެއި 2026
ބޮޑު ވަޒީރު ސްޓާމާގެ ސަރުކާރުން ހަތަރު މިނިސްޓަރަކު އިސްތިއުފާ ދެއްވައިފި

ބޮޑު ވަޒީރު ސްޓާމާގެ ސަރުކާރުން ހަތަރު މިނިސްޓަރަކު އިސްތިއުފާ ދެއްވައިފި

13 މެއި 2026
ކުރީގެ ޑެޕިއުޓީ ބޮޑު ވަޒީރު ރޭނާ، ލޭބާ ޕާޓީގެ ލީޑަރު ކަމަށް ވާދަ ކުރައްވަން ތައްޔާރު

ކުރީގެ ޑެޕިއުޓީ ބޮޑު ވަޒީރު ރޭނާ، ލޭބާ ޕާޓީގެ ލީޑަރު ކަމަށް ވާދަ ކުރައްވަން ތައްޔާރު

13 މެއި 2026
ބޮޑު ވަޒީރު ސްޓާމަރއާ ދެކޮޅަށް ލޭބަރ ޕާޓީގެ މެމްބަރު ވެސްޓް ތެދުވެއްޖެ، ވިދާޅުވީ ކެބިނެޓުން އަންގާރަ ދުވަހުގެ ނިޔަލަށް ގޮތެއް ނިންމަން ޖެހޭނެ ކަމަށް

ބޮޑު ވަޒީރު ސްޓާމަރއާ ދެކޮޅަށް ލޭބަރ ޕާޓީގެ މެމްބަރު ވެސްޓް ތެދުވެއްޖެ، ވިދާޅުވީ ކެބިނެޓުން އަންގާރަ ދުވަހުގެ ނިޔަލަށް ގޮތެއް ނިންމަން ޖެހޭނެ ކަމަށް

10 މެއި 2026

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު