Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ބޮޑު ވަޒީރު ސްޓާމާގެ ސަރުކާރުން ހަތަރު މިނިސްޓަރަކު އިސްތިއުފާ ދެއްވައިފި

މި އައު މަގާމު ތަކަށް މިނިސްޓަރުން އައްޔަން ކުރެއްވީ، ސަރުކާރުން ކުއްލި ގޮތަކަށް ހަތަރު މިނިސްޓަރުކު އިސްތިއުފާ ދެއްވުމާ ގުޅިގެން. އިސްތިއުފާ ދެއްވި މިނިސްޓަރަކުންނަކީ ޒުބައިރު އަޙުމަދު، މިއައްތާ ފަހުންބުލްލެހް، ޖެސް ފިލިޕްސް އަދި އެލެކްސް ޑޭވިސް ޖޯންސް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 މެއި 2026 | ބުދަ 06:34
ޑައުނިން ސްޓްރީޓުގައި އޮތް ބައްދަލުވުމަށް ފަހު ބޮޑު ވަޒީރު ސްޓާމާގެ ސަރުކާރުގެ އިސް ބޭފުޅުން ނިކުމެ ވަޑައިގަންނަވަނީ.

ޑައުނިން ސްޓްރީޓުގައި އޮތް ބައްދަލުވުމަށް ފަހު ބޮޑު ވަޒީރު ސްޓާމާގެ ސަރުކާރުގެ އިސް ބޭފުޅުން ނިކުމެ ވަޑައިގަންނަވަނީ. | ރޮއިޓާސް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާގެ ސަރުކާރުން މިނިސްޓަރަކު އިސްތިއުފާ ދެއްވުމާ އެކު، ސަރުކާރުގެ ތެރޭގައި ނުތަނަވަސްކަން ބޮޑުވެއްޖެ އެވެ. 

ހަތަރު މިނިސްޓަރަކު މަގާމުން އިސްތިއުފާ ދެއްވާފައި މި ވަނީ، ބޮޑު ވަޒީރު ސްޓާމާ އަށް ލޭބާ ޕާޓީގެ ތެރެއިން ޕްރެޝަރު ބޮޑުވެ، އިސްތިއުފާ ދެއްވުމަށް ބައެއް މެމްބަރުން ގޮވާލަމުން އަންނަ ވަގުތެއްގަ އެވެ.

ނަމަވެސް، ބޮޑު ވަޒީރުގެ އޮފީސް، ޑައުނިން ސްޓްރީޓް އިން ވަނީ އިސްތިއުފާ ދެއްވި މިނިސްޓަރުންގެ ބަދަލުގައި އެހެން ބޭފުޅުން މަގާމަށް އައްޔަން ކުރައްވާފައިކަން އިއުލާން ކޮށްފަ އެވެ. އެގޮތުން ސަރުކާރުގެ އައު މަގާމު ތަކަށް ވަނީ ޖުމުލަ ހަތް ބޭފުޅުން އައްޔަން ކޮށްފަ އެވެ. 

ހައުސިން ކޮމިއުނިޓީޒް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ޕާލަމެންޓްރީ އަންޑަރ ސެކްރެޓެރީގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ، ނެސިލް ކަލިސްކަން އެވެ. ހޯމް އޮފީހުގެ ޕާލަމެންޓްރީ އަންޑަރ ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ނަޓަލީ ފްލީޓް އެވެ. 

ޖަސްޓިސް މިނިސްޓްރީގެ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ކެތުރިން އެޓްކިންސަން އެވެ. ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ސޯޝަލް ކެއާގެ ޕާލަމެންޓްރީ އަންޑަރ ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ޕްރީތު ކައުރު ގިލް އެވެ. 

މީގެ އިތުރުން ކޮންޓްރޯލަރ އޮފްް ހިޒް މެޖެސްޓީޒް ހައުސްހޯލްޑްގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ޖެން ކިޗަން އެވެ. ޖޫނިއާ ލޯޑް އޮފް ދަ ޓްރެޒަރީގެ މަގާމަށް ސަރުކާރުގެ ވިޕެއްގެ ގޮތުގައި އައްޔަން ކުރައްވާފައި ވަނީ ޑިއާޑްރީ ކޮސްޓިގަން އެވެ. ހަމަ އެހެންމެ ހައުސް އޮފް ކޮމަންސްގެ އެސިސްޓެންޓް ވިޕެއްގެ ގޮތުގައި އައްޔަން ކުރައްވާފައި ވަނީ ޝޯން ޑޭވިސް އެވެ. 

މި އައު މަގާމު ތަކަށް މިނިސްޓަރުން އައްޔަން ކުރެއްވީ، ސަރުކާރުން ކުއްލި ގޮތަކަށް ހަތަރު މިނިސްޓަރުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިސްތިއުފާ ދެއްވި މިނިސްޓަރަކުންނަކީ ޒުބައިރު އަޙުމަދު، މިއައްތާ ފަހުންބުލްލެހް، ޖެސް ފިލިޕްސް އަދި އެލެކްސް ޑޭޥިސް ޖޯންސް އެވެ. 

މިއީ ބޮޑު ވަޒީރު ސްޓާމާގެ ސަރުކާރަށް ގެނައި ވަރަށް މުހިންމު ބަދަލު ތަކެއް ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)ޑައުނިންގ ސްޓްރީޓް

އިތުރަށް ކިޔާލަން

13 މެއި 2026

ކުރީގެ ޑެޕިއުޓީ ބޮޑު ވަޒީރު ރޭނާ، ލޭބާ ޕާޓީގެ ލީޑަރު ކަމަށް ވާދަ ކުރައްވަން ތައްޔާރު

13 މެއި 2026
ކުރީގެ ޑެޕިއުޓީ ބޮޑު ވަޒީރު ރޭނާ، ލޭބާ ޕާޓީގެ ލީޑަރު ކަމަށް ވާދަ ކުރައްވަން ތައްޔާރު
10 މެއި 2026

ބޮޑު ވަޒީރު ސްޓާމަރއާ ދެކޮޅަށް ލޭބަރ ޕާޓީގެ މެމްބަރު ވެސްޓް ތެދުވެއްޖެ، ވިދާޅުވީ ކެބިނެޓުން އަންގާރަ ދުވަހުގެ ނިޔަލަށް ގޮތެއް ނިންމަން ޖެހޭނެ ކަމަށް

10 މެއި 2026
ބޮޑު ވަޒީރު ސްޓާމަރއާ ދެކޮޅަށް ލޭބަރ ޕާޓީގެ މެމްބަރު ވެސްޓް ތެދުވެއްޖެ، ވިދާޅުވީ ކެބިނެޓުން އަންގާރަ ދުވަހުގެ ނިޔަލަށް ގޮތެއް ނިންމަން ޖެހޭނެ ކަމަށް
09 މެއި 2026

ވެރިކަން ކުރާާ ލޭބާ ޕާޓީ އަށް ލަދުވެތި ނާ ކާމިޔާބެއް، ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ އިސްތިއުފާ ނުދެއްވާނެ ކަމަށް

09 މެއި 2026
ވެރިކަން ކުރާާ ލޭބާ ޕާޓީ އަށް ލަދުވެތި ނާ ކާމިޔާބެއް، ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ އިސްތިއުފާ ނުދެއްވާނެ ކަމަށް
02 މެއި 2026

ފަލަސްޠީނަށް ތާއީދުކޮށް ބާއްވާ އެއްވުންތައް މަނާ ކުރުމަކީ ކުރަން ޖެހޭ ކަމެއް: އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ

02 މެއި 2026
ފަލަސްޠީނަށް ތާއީދުކޮށް ބާއްވާ އެއްވުންތައް މަނާ ކުރުމަކީ ކުރަން ޖެހޭ ކަމެއް: އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ
21 އެޕްރީލު 2026

ޑިއޭގޯ ގާސިއާގައި ހުރި ސްރީލަންކާގެ ރެފިއުޖީއަކު ރާއްޖެއަށް ފޮނުވަން އިނގިރޭސި ކޯޓުން ނިންމައިފި

21 އެޕްރީލު 2026
ޑިއޭގޯ ގާސިއާގައި ހުރި ސްރީލަންކާގެ ރެފިއުޖީއަކު ރާއްޖެއަށް ފޮނުވަން އިނގިރޭސި ކޯޓުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު