Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާން ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫ ސިއްރިޔާތުގައި ޔޫއޭއީ އަށް ވަޑައިގެންނެވި ކަމަށް ހާމަ ކޮށްފި

ބޮޑު ވަޒީރުގެ އޮފީހުން ބުނެފައި ވަނީ، އިޒްރޭލް އިން އީރާންއާ ދެކޮޅަށް ހިންގި ލަޔަންސް ރޯރް އޮޕަރޭޝަންގެ ތެރޭގައި ބޮޑު ވަޒީރު ނަތަންޔާހޫ، ޔޫއޭއީ އަށް ވަޑައިގެންނެވީ ސިއްރުން ކަމަށް. އެ ދަތުރުފުޅުގައި ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒާޔިދާ ބައްދަލު ކުރެއްވި ކަމަށް ވެސް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 މެއި 2026 | ބުރާސްފަތި 10:25
އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ.

އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދިޔަ ދުވަސްވަރު، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ސިއްރިޔާތުގައި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ވަޑައިގެންނެވި ކަމަށް ހާމަ ކޮށްފި އެވެ. 

އެކަން ހާމަ ކޮށްފައި ވަނީ އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުންނެވެ. އެ އޮފީހުން ބުނެފައި ވަނީ، އީރާންގެ ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫ ޔޫއޭއީ އަށް ވަޑައިގެންނެވި ކަމަށާއި، އަދި އެ ޤައުމުގެ ރައީސްއާ ބައްދަލު ވެސް ކުރެއްވި ކަމަށެވެ. 

ބޮޑު ވަޒީރުގެ އޮފީހުން ބުނެފައި ވަނީ، އިޒްރޭލް އިން އީރާންއާ ދެކޮޅަށް ހިންގި ލަޔަންސް ރޯރް އޮޕަރޭޝަންގެ ތެރޭގައި ބޮޑު ވަޒީރު ނަތަންޔާހޫ، ޔޫއޭއީ އަށް ވަޑައިގެންނެވީ ސިއްރުން ކަމަށެވެ. އެ ދަތުރުފުޅުގައި ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒާޔިދާ ބައްދަލު ކުރެއްވި ކަމަށް ވެސް ބުނެފައިވެ އެވެ. 

ނަތަންޔާހޫގެ އެ ދަތުރުފުޅުގެ ސަބަބުން އިޒްރޭލް އާއި ޔޫއޭއީއާ ދެމެދުގައި އޮތް ގުޅުމަށް ތާރީޚީ ކުރިއެރުމެއް ލިބިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އިޒްރޭލް އާއި ޔޫއޭއީއާ ދެމެދު ރަސްމީކޮށް ގުޅުން ޤާއިމު ކޮށްފައި ވަނީ 2020 ވަނަ އަހަރު އަބްރަހަމް އެކޯޑްސް ނަމުގައި ހެދި އެއްބަސްވުމުގެ ދަށުންނެވެ. އޭގެ ފަހުން ދެ ޤައުމުގެ ދެ މެދުގައި ވިޔަފާރީގެ ގުޅުމާއި، ސިޔާސޫ ގުޅުން ވަަރަށް ބޮޑަށް ވަނީ ބަދަހިވެފަ އެވެ. 

ނަމަވެސް، ފަލަސްޠީނުގެ ޣައްޒާގައި އިޒްރޭލް އިން ހިންގަން ފެށި ހަނގުރާމައިގެ ސަބަބުން ދެ ޤައުމުގެ ދެ މެދުގައި އޮތް ގުޅުމަށް ބުރޫ އަރާފައިވާ ކަމަަށް ބުނެފައިވެ އެވެ. މި ދަތުރުފުޅަކީ އެ ފަދަ ކަންބޮޑުވުންތައް ދުރުކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކުރެވުނު މަސައްކަތެއް ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

މީގެ އިތުރުން ނަތަންޔާހޫގެ އޮފީހުން ބުނެފައި ވަނީ އެ ދަތުރުފުޅުގެ ތަފްސީލު އިތުރަށް ހާމަ ނުކުރާ ކަމަށާއި، ސަލާމަތީ ސަބަބު ތަކަށްޓަކައި އެ ދަތުރުފުޅުގެ ބައެއް މައުލޫމާތު ސިއްރު ކުރަން ނިންމާފައިވާ ކަމަށެވެ. 

ނަތަންޔާހޫގެ އޮފީހުން އެހެން ބުނި ފަހުން، ޔޫއޭއީ އިން ވަނީ އެ ވާާހަކަ ދޮގު ކޮށްފަ އެވެ. ޔޫއޭއީ އިން ބުނެފައި ވަނީ އިޒްރޭލް އާއެކު ގުޅުން ބާއްވަމުން އަންނަނީ ކަނޑައެޅިފައިވާ އެއްބަސްވުމުގެ ދަށުން ކަމަށެވެ. އޭގެ ބޭރުން އެއްވެސް ގުޅުމެއް ނުބާއްވާ ކަމަށާއި، ނަތަންޔާހޫ އެއްވެސް ސިއްރު ދަތުރުފުޅެއް ކުރައްވާފައި ނުވާ ކަމަށް ޔޫއޭއީ އިން ވަނީ ބުނެފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޔޫއޭއީބެންޖަމިން ނަތަންޔާހޫ

އިތުރަށް ކިޔާލަން

14 މެއި 2026

މަގާމުން އިސްތިއުފާ ދެއްވި ތޯރިގު ޔޫއޭއީގެ ސަފީރު ކަމަށް، އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަަށް އައްޔަން ކުރަން ހުށަހަޅައިފި

14 މެއި 2026
މަގާމުން އިސްތިއުފާ ދެއްވި ތޯރިގު ޔޫއޭއީގެ ސަފީރު ކަމަށް، އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަަށް އައްޔަން ކުރަން ހުށަހަޅައިފި
14 މެއި 2026

ޚަރަދު ކުޑަ ކުރުމުގެ ގޮތުން ބޮޑު ވަޒީރު މޯދީގެ މޮޓޯކޭޑު ކުޑަ ކުރައްވައިފި

14 މެއި 2026
ޚަރަދު ކުޑަ ކުރުމުގެ ގޮތުން ބޮޑު ވަޒީރު މޯދީގެ މޮޓޯކޭޑު ކުޑަ ކުރައްވައިފި
13 މެއި 2026

ހޮރްމޫޒް ކަނޑު އޮޅީގައި ފްރާންސް އާއި އިނގިރޭސިވިލާތުން ކުރިއަށް ގެންދާ މިޝަންގައި އޮސްޓްރޭލިއާ ބައިވެރި ވަނީ

13 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގައި ފްރާންސް އާއި އިނގިރޭސިވިލާތުން ކުރިއަށް ގެންދާ މިޝަންގައި އޮސްޓްރޭލިއާ ބައިވެރި ވަނީ
13 މެއި 2026

ޓްރަމްޕްގެ އީރާން ހަނގުރާމަ ހުއްޓުވުމަށް، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތާއީދު ކުރުމަށް ޝުމާ ގޮވާލައްވައިފި

13 މެއި 2026
ޓްރަމްޕްގެ އީރާން ހަނގުރާމަ ހުއްޓުވުމަށް، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތާއީދު ކުރުމަށް ޝުމާ ގޮވާލައްވައިފި
13 މެއި 2026

ހޮރްމޫޒް ކަނޑު އޮޅީގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ އެއްބަސްވުމަކަށް

13 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ އެއްބަސްވުމަކަށް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު