Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ޗެލްސީ ބަލިވެއްޖެ

ނިއުކާސަލް އަތުން ބަލިވެ ޗެލްސީ އޮތީ ލީގު ތާވަލްގެ ފަސް ވަނަ މަގާމުގައި. އެއީ މިހާތަނަށް ލީގުގައި ޗެލްސީ އިން ކުޅެފައިވާ 30 މެޗުން 48 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 މާރިޗު 2026 | އާދީއްތަ 04:20
މެޗުގައި ލަނޑު ޖެހުމަށް ފަހު ނިއުކާސަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ނިއުކާސަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ބަލިވެއްޖެ އެވެ. 

ޗެލްސީގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ނިއުކާާސަލް އިން ވަނީ 1-0 އިން އެ ޓީމު ބަލިކޮށްފަ އެވެ. މެޗުގައި ނިއުކާސަލް އިން ލަނޑު ޖެހީ ވެސް ފުރަތަމަ ހާފުގަ އެވެ.

މެޗު ފަށައިގެން ޗެލްސީ އަށް ލިބުނު ކޯނަރެއްގައި ވެސްލޭ ފޮފާނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އޭގެ ފަހުން ޗެލްސީގެ ކޯލް ޕާމާ އަށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބާރު ހަމަލާ ގޯލާ އަމާޒެއް ނުވި އެވެ. 

އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ނިއުކާސަލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ޗެލްސީގެ އޭރިޔާ ތެރެއިން ޖޯ ވިލޮކް ތަނަވަސްކޮށްދިން ފުރުސަތެއްގައި ނިއުކާސަލް އަށް ލީޑު ނަގައިދިނީ އެންތަނީ ގޯޑަން އެވެ.

މެޗުގައި ނިއުކާސަލް އިން ލީޑު ނެގި ފަހުން ޗެލްސީ އިން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރި ނަމަވެސް، އެއްވެސް ފުރުސަތެއްގެ ބޭނުމެއް ނުކުރެވުނެވެ. އެގޮތުން ނިއުކާސަލްގެ ގޯލު ކުރިމަތިން ލިބުނު ފުރުސަތެއްގައި ޗެލްސީގެ ލިއަމް ޑެލަޕް ފޮނުވާލި ބޯޅަ ވެސް ގޯލާ އަމާޒެއް ނުވި އެވެ.

ނިއުކާސަލް އަތުން ބަލިވެ ޗެލްސީ އޮތީ ލީގު ތާވަލްގެ ފަސް ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި ޗެލްސީ އިން ކުޅެފައިވާ 30 މެޗުން 48 ޕޮއިންޓާ އެކު އެވެ. ޗެލްސީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ހަތަރު ވަނައިގައި އެސްޓަން ވިލާ އަށް ލިބެނީ 51 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއަރ ލީގުޗެލްސީނިއުކާސަލް ޔުނައިޓެޑް

އިތުރަށް ކިޔާލަން

15 މާރިޗު 2026

އެވަޓަން ބަލިކޮށް، އާސެނަލް އަށް ނުވަ ޕޮއިންޓުގެ ލީޑެއް

15 މާރިޗު 2026
އެވަޓަން ބަލިކޮށް، އާސެނަލް އަށް ނުވަ ޕޮއިންޓުގެ ލީޑެއް
12 މާރިޗު 2026

ޗެލްސީ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި

12 މާރިޗު 2026
ޗެލްސީ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި
11 މާރިޗު 2026

ނިއުކާސަލް އަތުން ފަހު ވަގުތު ބާސެލޯނާ ސަލާމަތް ވެއްޖެ

11 މާރިޗު 2026
ނިއުކާސަލް އަތުން ފަހު ވަގުތު ބާސެލޯނާ ސަލާމަތް ވެއްޖެ
08 މާރިޗު 2026

އެފްއޭ ކަޕް: އިތުރު ވަގުތު ކުޅެ މޮޅުވެގެން، ޗެލްސީ ކުއާޓާ ފައިނަލް އަށް

08 މާރިޗު 2026
އެފްއޭ ކަޕް: އިތުރު ވަގުތު ކުޅެ މޮޅުވެގެން، ޗެލްސީ ކުއާޓާ ފައިނަލް އަށް
05 މާރިޗު 2026

ކެރިކް އިރުޝާދު ދޭން ފެށިފަހުން، ފުރަތަމަ ފަހަރަށް ޔުނައިޓެޑު ބަލިވެއްޖެ

05 މާރިޗު 2026
ކެރިކް އިރުޝާދު ދޭން ފެށިފަހުން، ފުރަތަމަ ފަހަރަށް ޔުނައިޓެޑު ބަލިވެއްޖެ
05 މާރިޗު 2026

ފޮރެސްޓާ އެއްވަރުވެ، ސިޓީ އަށް ފައިދާ ނުނެގުނު.

05 މާރިޗު 2026
ފޮރެސްޓާ އެއްވަރުވެ، ސިޓީ އަށް ފައިދާ ނުނެގުނު.
05 މާރިޗު 2026

ބްރައިޓަން ބަލިކޮށް، އާސެނަލް އަށް ހަތް ޕޮއިންޓުގެ ލީޑެއް.

05 މާރިޗު 2026
ބްރައިޓަން ބަލިކޮށް، އާސެނަލް އަށް ހަތް ޕޮއިންޓުގެ ލީޑެއް.
05 މާރިޗު 2026

އެސްޓަން ވިލާ އަތުން މޮޅުވެ، ޗެލްސީ ފަސް ވަނައިގައި

05 މާރިޗު 2026
އެސްޓަން ވިލާ އަތުން މޮޅުވެ، ޗެލްސީ ފަސް ވަނައިގައި
04 މާރިޗު 2026

ފަހު ވަގުތު ވުލްވްސް އަތުން ލިވަޕޫލް ބަލިވެއްޖެ

04 މާރިޗު 2026
ފަހު ވަގުތު ވުލްވްސް އަތުން ލިވަޕޫލް ބަލިވެއްޖެ
02 މާރިޗު 2026

ޗެލްސީ ބަލިކޮށް، އާސެނަލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

02 މާރިޗު 2026
ޗެލްސީ ބަލިކޮށް، އާސެނަލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު