Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭ ކަޕް

އެފްއޭ ކަޕް: އިތުރު ވަގުތު ކުޅެ މޮޅުވެގެން، ޗެލްސީ ކުއާޓާ ފައިނަލް އަށް

8 މާރިޗު 2026 | އާދީއްތަ 04:31

މެޗުގައި ވްރެކްސްހެމް އިން ދެ ފަހަރެއްގެ މަތިން ލީޑު ނެގިއިރު ވެސް، ޗެލްސީ އިން ނަތީޖާ ހަމަހަމަ ކުރި. މެޗުން ޗެލްސީ މޮޅުވެފައި ވަނީ އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ދެ ހާފުގައި ލަނޑު ޖަހައިގެން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 މާރިޗު 2026 | އާދީއްތަ 04:31
މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިނގިރޭސި އެފްއޭ ކަޕްގެ ގަދަ 16 ވަނަ ބުރުގައި ވްރެކްސްހެމްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޗެލްސީ އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ޗެލްސީ އިން ކާމިޔާބު ކުރީ 4-2 އިންނެވެ. މެޗުގައި ވްރެކްސްހެމް އިން ދެ ފަހަރެއްގެ މަތިން ލީޑު ނެގިއިރު ވެސް، ޗެލްސީ އިން ނަތީޖާ ހަމަހަމަ ކުރި އެވެ. މެޗުން ޗެލްސީ މޮޅުވެފައި ވަނީ އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ދެ ހާފުގައި ލަނޑު ޖަހައިގެންނެވެ.

މެޗު ފަށައިގެން 18 ވަނަ މިނެޓުގައި ވްރެކްސްހެމް އަށް ލީޑު ނަަގައިދިނީ ސެމް ސްމިތު އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ޗެލްސީ އަށް ނަތީޖާ ހަމަހަމަވީ ވްރެކްސްހެމްގެ ގޯލު ކީޕަރު އާތުރް އޮކޮންކްވޯ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ.

މެޗުގެ ދެ ވަނަ ހާފުގެ 78 ވަނަ މިނެޓުގައި ދެ ވަނަ ފަހަރަކަށް ވްރެކްސްހެމް އަށް ލީޑު ނަގައިދިނީ ކަލުމް ޑޮއީލް އެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނެޓަށް ވެފައި ވަނިކޮށް ޗެލްސީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖޯޝުއާ އަޗީމްޕޮންގް އެވެ. 

މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން، އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފު ވަނީ ކުޅެފަ އެވެ. މެޗުން ޗެލްސީ މޮޅުވެފައި ވަނީ އެ ހާފުގައި ލަނޑު ޖަހައިގެންނެވެ. އަލެހާންދްރޯ ގާނާޗޯގެ ލަނޑުން ޗެލްސީ ލީޑު ނެގިއިރު، ލީޑު ފުޅާ ކޮށްދިނީ ޔާއޯ ޕެޑްރޯ އެވެ. 

ޗެލްސީގެ ކޯޗުކަމާ ލިއަމް ރޮސެނިއާ ހަވާލުވި ފަހުން އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާ ތަކެއް ނެރެމުންނެވެ. 

އިނގިރޭސި އެފްއޭ ކަޕްޗެލްސީ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

08 މާރިޗު 2026

އެފްއޭ ކަޕް: މެންސްފީލްޑް ޓައުން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލް އަށް

08 މާރިޗު 2026
އެފްއޭ ކަޕް: މެންސްފީލްޑް ޓައުން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލް އަށް
07 މާރިޗު 2026

އެފްއޭ ކަޕް: ވުލްވްސް އަތުން މޮޅުވެ ލިވަޕޫލް ކުއާޓާ ފައިނަލް އަށް

07 މާރިޗު 2026
އެފްއޭ ކަޕް: ވުލްވްސް އަތުން މޮޅުވެ ލިވަޕޫލް ކުއާޓާ ފައިނަލް އަށް
05 މާރިޗު 2026

އެސްޓަން ވިލާ އަތުން މޮޅުވެ، ޗެލްސީ ފަސް ވަނައިގައި

05 މާރިޗު 2026
އެސްޓަން ވިލާ އަތުން މޮޅުވެ، ޗެލްސީ ފަސް ވަނައިގައި
02 މާރިޗު 2026

ޗެލްސީ ބަލިކޮށް، އާސެނަލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

02 މާރިޗު 2026
ޗެލްސީ ބަލިކޮށް، އާސެނަލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
28 ފެބުރުއަރީ 2026

ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.

28 ފެބުރުއަރީ 2026
ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.
16 ފެބުރުއަރީ 2026

ވިގަން އެތުލެޓިކް ބަލިކޮށް، އާސެނަލް ވެސް ގަދަ 16 އަށް

16 ފެބުރުއަރީ 2026
ވިގަން އެތުލެޓިކް ބަލިކޮށް، އާސެނަލް ވެސް ގަދަ 16 އަށް
15 ފެބުރުއަރީ 2026

ޞަލާޙުގެ ލަނޑާ އެކު ބްރައިޓަން ބަލިކޮށް، ލިވަޕޫލް ގަދަ 16 އަށް

15 ފެބުރުއަރީ 2026
ޞަލާޙުގެ ލަނޑާ އެކު ބްރައިޓަން ބަލިކޮށް، ލިވަޕޫލް ގަދަ 16 އަށް
14 ފެބުރުއަރީ 2026

ޕެޑްރޯ ނެޓޯގެ ހެޓްރިކް އިން މޮޅުވެ، ޗެލްސީ އެފްއޭ ކަޕްގެ ފަސް ވަނަ ބުރަށް

14 ފެބުރުއަރީ 2026
ޕެޑްރޯ ނެޓޯގެ ހެޓްރިކް އިން މޮޅުވެ، ޗެލްސީ އެފްއޭ ކަޕްގެ ފަސް ވަނަ ބުރަށް
11 ފެބުރުއަރީ 2026

ފަހަތުން އަރައި ލީޑްސް އިން ޗެލްސީ ހުއްޓުވައިފި

11 ފެބުރުއަރީ 2026
ފަހަތުން އަރައި ލީޑްސް އިން ޗެލްސީ ހުއްޓުވައިފި
08 ފެބުރުއަރީ 2026

ޕާމާގެ ހެޓްރިކާ އެކު ވުލްވްސް ބަލިކޮށް، ޗެލްސީ ފަސް ވަނައިގައި

08 ފެބުރުއަރީ 2026
ޕާމާގެ ހެޓްރިކާ އެކު ވުލްވްސް ބަލިކޮށް، ޗެލްސީ ފަސް ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް