Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެލްސީގެ ދަނޑުގައި ވެސް ކުރި ހޯދައި، ޗެމްޕިއަން ޕީއެސްޖީ ކުއާޓާ ފައިނަލަށް.

މޮޅާ އެކު ޕީއެސްޖީ އިން ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދީ އެގްރިގޭޓް ނަތީޖާ 8-2 އިން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މާރިޗު 2026 | ބުދަ 04:40
މެޗުގައި ލަނޑު ޖެހުމަށް ފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގުގައި ވެސް ޗެލްސީ ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރު ކޮށްފި އެވެ.

ޕީއެސްޖީގެ ދަނޑުގައި މި ދެ ޓީމު ބައްދަލު ކުރި ފުރަތަމަ ލެގު އެ ޓީމުން ކާމިޔާބު ކުރީ 5-2 އިންނެވެ. އެހެންވެ ދެ ވަނަ ލެގާ ކުރިމަތިލީއިރު ވެސް، ޕީއެސްޖީ އިން ވަނީ ކުއާޓާ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފަ އެވެ. ޗެލްސީގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ދަންވަރު ކުޅުނު ދެ ވަނަ ލެގު ޕީއެސްޖީ އިން ކާމިޔާބު ކުރީ 3-0 އިންނެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ޕީއެސްޖީ އަަށް ލީޑު ނަގައިދިނީ ކްވިޗާ ކްވަރެޝްކޭލިއާ އެވެ. އޭގެ ފަހުން މެޗުގެ 15 ވަނަ މިނެޓުގައި ބްރާޑްލޭ ބާކޮލާ ވަނީ ޕީއެސްޖީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ އަޝްރަފް ހަކީމީ އެވެ.

މެޗުގައި ޕީއެސްޖީ އިން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ތިން ވަނަ ލަނޑެއް ޖެހީ ދެ ވަނަ ހާފުގަ އެވެ. އެގޮތުން މެޗުގެ 62 ވަނަ މިނެޓުގައި އެ ލަނޑު ޕީއެސްޖީ އަަށް ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ސެނީ މާޔުލް އެވެ. 

މި މޮޅާ އެކު ޕީއެސްޖީ އިން ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދީ އެގްރިގޭޓް ނަތީޖާ 8-2 އިންނެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުޕީއެސްޖީޗެލްސީ

އިތުރަށް ކިޔާލަން

18 މާރިޗު 2026

ދެ ވަނަ ލެގު ކާމިޔާބުކޮށް، އާސެނަލް ކުއާޓާ ފައިނަލް އަށް

18 މާރިޗު 2026
ދެ ވަނަ ލެގު ކާމިޔާބުކޮށް، އާސެނަލް ކުއާޓާ ފައިނަލް އަށް
15 މާރިޗު 2026

އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ޗެލްސީ ބަލިވެއްޖެ

15 މާރިޗު 2026
އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ޗެލްސީ ބަލިވެއްޖެ
12 މާރިޗު 2026

ވަލްވާޑޭގެ ހެޓްރިކާ އެކު، ރެއާލް އިން ސިޓީ ބަލިކޮށްފި

12 މާރިޗު 2026
ވަލްވާޑޭގެ ހެޓްރިކާ އެކު، ރެއާލް އިން ސިޓީ ބަލިކޮށްފި
12 މާރިޗު 2026

ޗެލްސީ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި

12 މާރިޗު 2026
ޗެލްސީ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި
12 މާރިޗު 2026

ލެވަކޫސަން ކައިރިން އާސެނަލް ސަލާމަތްވީ ފަހު ވަގުތު ޖެހި ޕެނަލްޓީ އިން

12 މާރިޗު 2026
ލެވަކޫސަން ކައިރިން އާސެނަލް ސަލާމަތްވީ ފަހު ވަގުތު ޖެހި ޕެނަލްޓީ އިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު