Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެލްސީ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި

12 މާރިޗު 2026 | ބުރާސްފަތި 05:23

މެޗުގައި ޕީއެސްޖީ އިން ދެ ފަަހަރު ލީޑު ނެގިއިރު ވެސް، ޗެލްސީ އިން ނަތީޖާ ހަމަހަމަ ކުރި. އޭގެ ފަހުން ޕީއެސްޖީ އިން ވަނީ އިތުރު ތިން ލަނޑު ޖަހައިގެން މެޗުން މޮޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 މާރިޗު 2026 | ބުރާސްފަތި 05:23
މެޗުގައި ލަނޑު ޖެހުމަށް ފަހު ޕީއެސްޖީގެ ޑެމްބެލޭ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޕީއެސްޖީގެ ޑެމްބެލޭ އުފާ ފާޅު ކުރަނީ | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފި އެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-2 އިންނެވެ. މެޗުގައި ޕީއެސްޖީ އިން ދެ ފަަހަރު ލީޑު ނެގިއިރު ވެސް، ޗެލްސީ އިން ނަތީޖާ ހަމަހަމަ ކުރި އެވެ. އޭގެ ފަހުން ޕީއެސްޖީ އިން ވަނީ އިތުރު ތިން ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ ބްރާޑްލޭ ބާކޮލާ އެވެ. އޭގެ ފަހުން މެޗުގެ 28 ވަނަ މިނެޓުގައި މަލޯ ގުސްޓާ ވަނީ ޗެލްސީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، ދެ ވަނަ ފަހަރަށް ޕީއެސްޖީ އަށް ލީޑު ނަގައިދިނީ އޮސްމާން ޑެމްބެލޭ އެވެ. ނަމަވެސް، ދެ ވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒް ވަނީ ޗެލްސީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ތިން ވަނަ ފަހަރަށް ޕީއެސްޖީ އިން މެޗުގައި ލީޑު ނެގީ 74 ވަނަ މިނެޓުގައި ވިޓީނިއާ ޖެހި ލަނޑުންނެވެ. އޭގެ ފަހުން މެޗުގެ 86 ވަނަ މިނެޓުގައި ކްވިޗާ ކްވަރެޝްކޭލިއާ ވަނީ ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ކްވަރެޝްކޭލިއާ ވަނީ ޕީއެސްޖީގެ ފަސް ވަނަ ލަނޑު ޖަހައި، މެޗުން ފުރިހަމަ މޮޅެއް ހޯދައިދީފަ އެވެ.

މި މޮޅާ އެކު ޕީއެސްޖީ އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފައިވާއިރު، މި ދެ ޓީމު ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮތީ ޗެލްސީގެ އަމިއްލަ ދަނޑުގަ އެވެ. މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދުމަށް، ޗެލްސީ އަށް ޖެހޭނީ ހަތަރު ލަނޑުގެ ތަފާތުން އެ މެޗުގައި ޕީއެސްޖީ ބަލި ކުރާށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުޕީއެސްޖީޗެލްސީ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

12 މާރިޗު 2026

ލެވަކޫސަން ކައިރިން އާސެނަލް ސަލާމަތްވީ ފަހު ވަގުތު ޖެހި ޕެނަލްޓީ އިން

12 މާރިޗު 2026
ލެވަކޫސަން ކައިރިން އާސެނަލް ސަލާމަތްވީ ފަހު ވަގުތު ޖެހި ޕެނަލްޓީ އިން
11 މާރިޗު 2026

އެޓަލަންޓާ ބަލިކޮށް، ބަޔާން އިން ކުއާޓާ ފައިނަަލްގެ ފުރުސަތު ބޮޑު ކޮށްފި

11 މާރިޗު 2026
އެޓަލަންޓާ ބަލިކޮށް، ބަޔާން އިން ކުއާޓާ ފައިނަަލްގެ ފުރުސަތު ބޮޑު ކޮށްފި
11 މާރިޗު 2026

ނިއުކާސަލް އަތުން ފަހު ވަގުތު ބާސެލޯނާ ސަލާމަތް ވެއްޖެ

11 މާރިޗު 2026
ނިއުކާސަލް އަތުން ފަހު ވަގުތު ބާސެލޯނާ ސަލާމަތް ވެއްޖެ
11 މާރިޗު 2026

ގަލަތަސަރާއި އަތުން ބަލިވެ ލިވަޕޫލް ޕްރެޝަރަށް

11 މާރިޗު 2026
ގަލަތަސަރާއި އަތުން ބަލިވެ ލިވަޕޫލް ޕްރެޝަރަށް
10 މާރިޗު 2026

މިއީ ސީޒަނުގެ އެންމެ މުހިންމު ވަގުތު ކޮޅު: ފްލިކް

10 މާރިޗު 2026
މިއީ ސީޒަނުގެ އެންމެ މުހިންމު ވަގުތު ކޮޅު: ފްލިކް
10 މާރިޗު 2026

ލިވަޕޫލް އާއެކު 100 ވަނަ މެޗަށް ނިކުންނައިރު، ސްލޮޓް ހުރީ ވަރަށް ބޮޑު އުންމީދެއްގައި

10 މާރިޗު 2026
ލިވަޕޫލް އާއެކު 100 ވަނަ މެޗަށް ނިކުންނައިރު، ސްލޮޓް ހުރީ ވަރަށް ބޮޑު އުންމީދެއްގައި
08 މާރިޗު 2026

އެފްއޭ ކަޕް: އިތުރު ވަގުތު ކުޅެ މޮޅުވެގެން، ޗެލްސީ ކުއާޓާ ފައިނަލް އަށް

08 މާރިޗު 2026
އެފްއޭ ކަޕް: އިތުރު ވަގުތު ކުޅެ މޮޅުވެގެން، ޗެލްސީ ކުއާޓާ ފައިނަލް އަށް
07 މާރިޗު 2026

މޮނާކޯ އަތް ދަށުވެ، ޕީއެސްޖީ އަށް ލީޑު ފުޅާ ނުކުރެވުނު

07 މާރިޗު 2026
މޮނާކޯ އަތް ދަށުވެ، ޕީއެސްޖީ އަށް ލީޑު ފުޅާ ނުކުރެވުނު
05 މާރިޗު 2026

އެސްޓަން ވިލާ އަތުން މޮޅުވެ، ޗެލްސީ ފަސް ވަނައިގައި

05 މާރިޗު 2026
އެސްޓަން ވިލާ އަތުން މޮޅުވެ، ޗެލްސީ ފަސް ވަނައިގައި
02 މާރިޗު 2026

ޗެލްސީ ބަލިކޮށް، އާސެނަލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

02 މާރިޗު 2026
ޗެލްސީ ބަލިކޮށް، އާސެނަލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް