Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

އެސްޓަން ވިލާ އަތުން މޮޅުވެ، ޗެލްސީ ފަސް ވަނައިގައި

5 މާރިޗު 2026 | ބުރާސްފަތި 03:16

މޮޅާ އެކު، ލީގު ތާވަލްގެ ފަސް ވަނަ މަގާމުގައި ޗެލްސީ އޮތީ، މިހާތަނަށް އެ ޓީމު ކުޅެފައިވާ 29 މެޗުން 48 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 މާރިޗު 2026 | ބުރާސްފަތި 03:16
މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޗެލްސީ އިން ލީގުގެ ތާވަލްގެ ފަސް ވަނަ މަގާމަށް ޖެހިލައިފި އެވެ. 

އެސްޓަން ވިލާގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ޗެލްސީ އިން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެސްޓަން ވިލާ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ޗެލްސީ އިން ވަނީ ފަހަތުން އަރައި ހަތަރު ލަނޑު ޖަަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި އެސްޓަން ވިލާ އަށް ލީޑު ނަގައިދިނީ ޑަގްލަސް ލުއީޒް އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ޗެލްސީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޔާއޯ ޕެޑްރޯ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕެޑްރޯ ވަނީ ދެ ވަނަ ލަނޑެއް ޖަހައި ޗެލްސީ އަށް ލީޑު ނަގައިދީފަ އެވެ. 

މެޗުގެ ދެ ވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ޗެލްސީގެ ތިން ވަނަ ލަނޑު ޖެހީ ކޯލް ޕާމާ އެވެ. އެ ލަނޑު ޖަހަން ޕާމާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޕެޑްރޯ އެވެ. އޭގެ ނުވަ މިނެޓު ފަހުން ޕެޑްރޯ ވަނީ މެޗުގައި ޗެލްސީގެ ހަތަރު ވަނަ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ހަމަ ކޮށްފަ އެވެ. 

މި މޮޅާ އެކު، ލީގު ތާވަލްގެ ފަސް ވަނަ މަގާމުގައި ޗެލްސީ އޮތީ، މިހާތަނަށް އެ ޓީމު ކުޅެފައިވާ 29 މެޗުން 48 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ހަތަރު ވަނައިގައި އެސްޓަން ވިލާ އަށް ލިބެނީ 51 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއަރ ލީގުޗެލްސީއެސްޓަން ވިލާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

04 މާރިޗު 2026

ފަހު ވަގުތު ވުލްވްސް އަތުން ލިވަޕޫލް ބަލިވެއްޖެ

04 މާރިޗު 2026
ފަހު ވަގުތު ވުލްވްސް އަތުން ލިވަޕޫލް ބަލިވެއްޖެ
02 މާރިޗު 2026

ޗެލްސީ ބަލިކޮށް، އާސެނަލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

02 މާރިޗު 2026
ޗެލްސީ ބަލިކޮށް، އާސެނަލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
02 މާރިޗު 2026

ފަހު ވަގުތު ޕެލަސް ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް

02 މާރިޗު 2026
ފަހު ވަގުތު ޕެލަސް ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް
01 މާރިޗު 2026

ލީޑްސް އާކުޅެ ހޯދި އުނދަގޫ މޮޅާ އެކު، ސިޓީ އިން ފަރަގު ކުޑަ ކޮށްފި

01 މާރިޗު 2026
ލީޑްސް އާކުޅެ ހޯދި އުނދަގޫ މޮޅާ އެކު، ސިޓީ އިން ފަރަގު ކުޑަ ކޮށްފި
01 މާރިޗު 2026

ވެސްޓް ހޭމް ބަލިކޮށް، ލިވަޕޫލަށް މުހިންމު މޮޅެއް

01 މާރިޗު 2026
ވެސްޓް ހޭމް ބަލިކޮށް، ލިވަޕޫލަށް މުހިންމު މޮޅެއް
28 ފެބުރުއަރީ 2026

ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.

28 ފެބުރުއަރީ 2026
ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.
24 ފެބުރުއަރީ 2026

އެވަޓަން ބަލިކޮށް، ޔުނައިޓެޑުން ރަނގަޅު ފޯމު ދަމަހައްޓައިފި

24 ފެބުރުއަރީ 2026
އެވަޓަން ބަލިކޮށް، ޔުނައިޓެޑުން ރަނގަޅު ފޯމު ދަމަހައްޓައިފި
23 ފެބުރުއަރީ 2026

ފަހު ވަގުތު ފޮރެސްޓް ބަލިކުރުމަށް ފަހު ލިވަޕޫލަށް ހަމަޖެހިލައިފި

23 ފެބުރުއަރީ 2026
ފަހު ވަގުތު ފޮރެސްޓް ބަލިކުރުމަށް ފަހު ލިވަޕޫލަށް ހަމަޖެހިލައިފި
23 ފެބުރުއަރީ 2026

ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން ޓޮޓެންހަމް ބަލިކޮށް، އާސެނަލް ލީޑުގައި

23 ފެބުރުއަރީ 2026
ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން ޓޮޓެންހަމް ބަލިކޮށް، އާސެނަލް ލީޑުގައި
22 ފެބުރުއަރީ 2026

ނިއުކާސަލް ބަލިކޮށް، ސިޓީ އިން ޕޮއިންޓަކަށް ފަރަގު ކުޑަ ކޮށްފި

22 ފެބުރުއަރީ 2026
ނިއުކާސަލް ބަލިކޮށް، ސިޓީ އިން ޕޮއިންޓަކަށް ފަރަގު ކުޑަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް