Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ސިޓީ

އެއްބަސްވުން ހަމަވުމުން، ސިޓީ ދޫކޮށްލަން ސިލްވާ ވިސްނަނީ

އެގޮތުން ހިލޭ ޓްރާންސްފާ އެއްގައި ސިޓީ ދޫކޮށްލުމަށް ފަހު އެހެން ކުލަބަކަށް ބަދަލުވާން ސިލްވާ ވިސްނަމުން އަންނަ ކަމަށް ބުނެފައިވޭ. ނަމަވެސް، އެކަމާ މެދު ސިލްވާ ފައިނަލް ނިންމުމެއް ނިންމާފައި ނުވާ ކަމަށާއި، އެއްބަސްވުމުގެ ކަންތަކާ ގުޅޭ ގޮތުން އޭނާ ސިޓީ އާއެކު މަޝްވަރާ ކުރާނެ ކަމަށް ފާހަގަ ކޮށްފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 31 މާރިޗު 2026 | އަންގާރަ 07:04
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ބެނާޑޯ ސިލްވާ

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ބެނާޑޯ ސިލްވާ | ރޮއިޓާސް

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ބެނާޑޯ ސިލްވާ، އެ ކުލަބާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ކުލަބު ދޫކޮށްލަން ވިސްނަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ ސިޓީ އަށް ބަދަލުވެފައި ވަނީ 2017 ވަނަ އަހަރު އެވެ. ސިޓީ އާއެކު ސިލްވާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، މިހާތަނަށް ސިޓީގެ އެއްބަސްވުން އައު ކުރުމާ މެދު ސިލްވާ ވަކި ނިންމުމެއް ނިންމާފައި ނުވާ ކަމަށް ރިޕޯޓު ތަކުގައި ފާހަގަ ކޮށްފައިވެ އެވެ.

މީޑިއާ ތަކުގައި ބުނެފައި ވަނީ، އެއްބަސްވުމުގެ މުއްދަތު ހަމަވުމާ އެކު އެ ކުލަބު ދޫކޮށްލަން ސިލްވާ ވިސްނަމުން އަންނަ ކަމަށެވެ. އެގޮތުން ހިލޭ ޓްރާންސްފާ އެއްގައި ސިޓީ ދޫކޮށްލުމަށް ފަހު އެހެން ކުލަބަކަށް ބަދަލުވާން ސިލްވާ ވިސްނަމުން އަންނަ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް، އެކަމާ މެދު ސިލްވާ ފައިނަލް ނިންމުމެއް ނިންމާފައި ނުވާ ކަމަށާއި، އެއްބަސްވުމުގެ ކަންތަކާ ގުޅޭ ގޮތުން އޭނާ ސިޓީ އާއެކު މަޝްވަރާ ކުރާނެ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

މީގެ އިތުރުން މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ސިލްވާ ހޯދުމަށް ގިނަ ކުލަބު ތަކަކުން އޮތީ ޝައުޤުވެރި ވެގެންނެވެ. އޭގެ ތެރޭގައި ޔޫރަޕުގެ ކުލަބު ތަކުގެ އިތުރުން، ސައުދީ އަރަބިއްޔާގެ ބައެއް ކުލަބު ތަކުން ވެސް ސިލްވާ އަށް ފާރަލަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

ސިޓީ އާއެކު މިހާރު ސިލްވާ ހޭދަ ކުރަމުން ދަނީ އޭނާގެ ނުވަ ވަނަ ސީޒަން އެވެ. މިހާތަނަށް އޭނާ ވަނީ ސިޓީ އަށް ކުޅެދިން 449 މެޗުގައި 76 ލަނޑު ޖަހައިފަ އެވެ. އަދި ސިޓީ އާއެކު އޭނާ ވަނީ 19 ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު ހަ ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، ސިޓީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ސިލްވާ ވަނީ ސިޓީ އާއެކު އެފްއޭ ކަޕާއި، ކަރަބޯ ކަޕާއި، އެފްއޭ ކޮމިއުނިޓީ ޝީލްޑާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.

މެންޗެސްޓަރ ސިޓީބެނާޑޯ ސިލްވާ

ކޮމެންޓް

އިތުރަށް ކިޔާލަން

އާސެނަލް ބަލިކޮށް ސިޓީ އިން ކަރަބޯ ކަޕް ކާމިޔާބު ކޮށްފި

އާސެނަލް ބަލިކޮށް ސިޓީ އިން ކަރަބޯ ކަޕް ކާމިޔާބު ކޮށްފި

23 މާރިޗު 2026
ކަރަބޯ ކަޕް ކާމިޔާބު ކުރިޔަސް، ލީގު ލިބޭކަން ޔަޤީނެއް ނުވާނެ": ގާޑިއޯލާ

ކަރަބޯ ކަޕް ކާމިޔާބު ކުރިޔަސް، ލީގު ލިބޭކަން ޔަޤީނެއް ނުވާނެ": ގާޑިއޯލާ

22 މާރިޗު 2026
ރެއާލް ނުހުއްޓުވުނު، ދެ ވަނަ ލެގުގައި ވެސް ސިޓީ ބަލިކޮށް ކުއާޓާ ފައިނަލަށް

ރެއާލް ނުހުއްޓުވުނު، ދެ ވަނަ ލެގުގައި ވެސް ސިޓީ ބަލިކޮށް ކުއާޓާ ފައިނަލަށް

18 މާރިޗު 2026
ވެސްޓް ހޭމްއާ އެއްވަރުވެ، ސިޓީ އަށް ފަރަގު ކުޑަ ނުކުރެވުނު

ވެސްޓް ހޭމްއާ އެއްވަރުވެ، ސިޓީ އަށް ފަރަގު ކުޑަ ނުކުރެވުނު

15 މާރިޗު 2026
ރެއާލް މެޗުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ގާޑިއޯލާ ބުނީ، މިއީ ސިޓީ އަށް ފަރިތަ ކަމެއް ކަމަށް

ރެއާލް މެޗުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ގާޑިއޯލާ ބުނީ، މިއީ ސިޓީ އަށް ފަރިތަ ކަމެއް ކަމަށް

14 މާރިޗު 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު